
މި މައްސަލާގައި ޖުމްލަ ދެމީހުން ހައްޔަރުކޮށްފައިވޭ. އެއީ މާލެއިން މަސްތުވާތަކެތި ހިފައިގެން ދިޔަ ފ. ނިލަންދޫ، ނިރު، ޙަސަން ޢަބްދުالله (40އ) އާއި، ލަންކާގައި އެތަކެއްޗާއި ހަވާލުވާން ހުރި ހ. ޕާމޭރިއާ، މުޙައްމަދު ޝާފީ ބިން އަޙްމަދު (28އ).
1 ދުވަސް ކުރިން - 01:09

ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް، އިއްޔެ އަނެއްކާވެސް އޭނާ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި.
7 ދުވަސް ކުރިން - 18:42

ހ. ގުންޒަރު، މ. ތަރިވިލާގެ، މ. އަމީރާމަންޒިލް، މއ. ސެވަން އެންޑް ހައުސް، އަދި ހ.ކަނޑުފިނިގޭގައި ހިންގަމުން ގެންދިޔަ މަސްތުވާތަކެތީގެ އައްޑާތައް ކޯޓު އަމުރުގެ ދަށުން ފުލުހުން ވަނީ ބަންދުކޮށްފަ.
10 ދުވަސް ކުރިން - 14:14

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ މައިގަނޑު މަފްހޫމަކީ، މި ވަބާގައި ޖެހިފައިވާ ޒުވާނުން އެކަމުން ސަލާމަތްކޮށް، މުޖުތަމައަށް ބޭނުންހިފޭ، އަބުރުވެރި ބަޔަކަށް އެކުދިން ހެދުން ކަމަށް ރައީސް ވިދާޅުވި. ކުށްކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އުތުރުތިލަފަޅުން ވަކި ސަރަހައްދެއް ކަނޑައަޅަން ވަނީ ނިންމާފަ.
22 ދުވަސް ކުރިން - 14:50

މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާއީ، އިގްތިސާދީ، އަހްލާގީ އަދި ގައުމީ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި. ރައީސް ހާމަކުރެއްވި ގޮތުގައި މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ ތިން ސަރަހައްދެއްގައި މުޅިން އަލަށް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ހުޅުވޭނެ.
29 ދުވަސް ކުރިން - 23:51

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކެޔޮދޫ، ސޭންޑީސައިޑް، ފައުޒާން އަހްމަދު ހުސައިން (25އ). އޭނާ ހައްޔަރުކޮށްފައިވަނީ ކަސްޓަމްސް އިން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި. ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ މައްސަލަ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި.
35 ދުވަސް ކުރިން - 16:04

މި އޮޕަރޭޝަންގައި އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 209 ރަބަރު ޕެކެޓު ފެނިފައިވޭ. ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ.
62 ދުވަސް ކުރިން - 20:42

މަސްތުވާތަކެތީގެ މައްސަލައެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކެނޑިޑޭޓް ނަޖުދާ ހައްޔަރުކޮށް، ބަންދަށް 5 ދުވަސް ޖަހައިފި. މީނާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަ ވެސް އެބައޮތް!
73 ދުވަސް ކުރިން - 16:32

މިމައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަހްމަދު އިބްރާހީމް (44އ) އާއި، އެ ރަށު ހެޕީގާޑްން، ހުސައިން އިބްރާހީމް (39އ)ގެ މައްޗަށް.
73 ދުވަސް ކުރިން - 16:23

މީގެކުރިން މިބޭހަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރާއްޖެ އެތެރެކުރުން މަނާ ބޭހެއް.
74 ދުވަސް ކުރިން - 20:27

އަބްދުﷲ ރާއިފް ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ. އަދި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ.
79 ދުވަސް ކުރިން - 21:29

އެ ތަކެތި ނައްތާލާފައިވަނީ ނޫސްވެރިންނާއި އާއްމުންގެ ކުރިމަތީގައި ދޫނިދޫގައި
88 ދުވަސް ކުރިން - 09:52

ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ، ފެޝަން، ހަސަން ފަޔާޟް (40އ). އޭނާ ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހާފަ.
90 ދުވަސް ކުރިން - 14:49