މިނިވަންކަން ހޯދައިދޭން ޓްރަމްޕު ބުނިއިރު އޭނާ ވަނީ އަޑީގައިހުރެ އިސްރާއީލް މެދުވެރިކޮށް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައި. އަދި އީރާނުގެ ސަރުކާރު ބަދަލުކުރުމަށް ޓްރަމްޕު ދަނީ މަސައްކަތްކުރަމުން.
232 ދުވަސް ކުރިން - 19:53
އީރާނުގެ މި ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާއިން ވެސް ވަނީ އެކަން ކުށްވެރިކޮށްފައި. މި ހަމަނުޖެހުން އުފެދިފައިވަނީ އެމެރިކާއާއު އިސްރާއިލް ގުޅިގެން މިއަދު އީރާނަށް ހަމަލާދިނުމުން.
232 ދުވަސް ކުރިން - 19:37
މަނާއީގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދަނީ މަސްރަހު އިތުރަށް ގޯސްކޮށް، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ މަގްސަދުގައި.
232 ދުވަސް ކުރިން - 19:18
ހަމަލާދިން ވަގުތު އެ ސްކޫލް އިމާރާތުގެ ތެރޭގައި 170 އެއްހާ ދަރިވަރުން ތިބި. މި ހަމަލާއަކީ އިސްރާއީލުން އީރާނަށް ދިން ވަރަށް ރަހުމުކުޑަ ހަމަލާއެއް.
232 ދުވަސް ކުރިން - 17:59
އެމެރިކާއިން ހަމަލާދޭން ބޭނުންވާ ތަންތަނުގެ ލިސްޓު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުރިހަމަވާނެ ކަމަށާއި، އޭގެ ފަހުން އެމެރިކާގެ ބާރު ކެނޑިގެންދާނެ ކަމަށްވެސް އޭނާ ލަފާކުރި.
232 ދުވަސް ކުރިން - 17:20
މި ހަމަލާތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މިސައިލް އުދުއްސާލުމަށް ބޭނުންކުރާ ލޯންޗަރުތަކާއި، އީރާނުގެ އަސްކަރީ މަރުކަޒުތަކަށް.
232 ދުވަސް ކުރިން - 17:08
ހުރިހާ އަސްކަރީ ހަރަކާތްތަކެއްވެސް ކުރިއަށްދަނީ އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅިގެން، ވަރަށް ބޮޑަށް ވިލަރެސްކުރެވިގެން ކަމަށް އެމެރިކާއިން ބުނޭ.
232 ދުވަސް ކުރިން - 16:57
ކިޔަވާ ކުދިން ތިބި ސްކޫލަކަށް އަމާޒުކޮށް އިސްރާއީލުން މިފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމަކީ އިންސާނިއްޔަތާ ހިލާފު، ބޮޑުވެގެންވާ ޖަރީމާއެއް.
232 ދުވަސް ކުރިން - 16:33
އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވެ، މެދުއިރުމަތީގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވަމުންދާތީ އެކަމާ އިންޑޮނޭޝިޔާ އިން ނުހަނު ހިތާމަކުރާކަމަށް އިންޑޮނޭޝިއާއިން ބުނޭ.
232 ދުވަސް ކުރިން - 16:26
މި ބަދަލުތައް ގެންނަން ޖެހުނީ މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު ފުޅާވެ، ވައިގެ މަގުން ދަތުރުފަތުރު ކުރުމަށް ނުރައްކާތަކެއް ކުރިމަތިވެފައިވާތީ ކަމަށް އެ އެއާލައިންތަކުން ބުނޭ.
232 ދުވަސް ކުރިން - 16:18
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ފަހުގެ ތާރީހެއްގައި އީރާނުން މިފަދަ އަމުރެއް ރައްޔިތުންނަށް ނެރުނު ފުރަތަމަ ފަހަރު.
232 ދުވަސް ކުރިން - 16:11
ޔޫކްރެއިނުން ބުނެފައިވަނީ، އީރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެގައުމުގެ ވެރިކަންކުރާ ނިޒާމުގެ ތެރޭގައި އޮތް އަނިޔާވެރިކަމާއި، ގާނޫނީ ގޮތުން ފިޔަވަޅު ނޭޅި ސަލާމަތްވުމުގެ ސަގާފަތުގެ ނަތީޖާ ކަމަށް.
232 ދުވަސް ކުރިން - 15:30