Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރަހައްދީ ނުތަނަވަސްކަމާ ގުޅިގެން ގިނަ އެއާލައިންތަކެއްގެ ދަތުރުތައް މެދުކަނޑާލައިފި

ސަރަހައްދީ ނުތަނަވަސްކަމާ ގުޅިގެން ގިނަ އެއާލައިންތަކެއްގެ ދަތުރުތައް މެދުކަނޑާލައިފި

އައިޝަތު ރުވާ ރިފްޢަތު
182 ދުވަސް ކުރިން - 28 ފެބްރުއަރީ 2026 16:18
ކުއްލި ހަބަރު---
ކުއްލި ހަބަރު---
ޚުލާސާ

މި ބަދަލުތައް ގެންނަން ޖެހުނީ މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު ފުޅާވެ، ވައިގެ މަގުން ދަތުރުފަތުރު ކުރުމަށް ނުރައްކާތަކެއް ކުރިމަތިވެފައިވާތީ ކަމަށް އެ އެއާލައިންތަކުން ބުނޭ.

މެދުއިރުމަތީގެ މަޝްރަޙަށް އަންނަމުންދާ ބަދަލުތަކާއި، އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން އެ ސަރަޙައްދުގެ ގައުމުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލައިފިއެވެ.

މިގޮތުން ދަތުރުތަކަށް ބަދަލު ގެނައި އެއާލައިންތަކުގެ ތެރޭގައި:

އެއާ ފްރާންސް: ފްރާންސްގެ މި އެއާލައިނުން ވަނީ ހޮނިހިރު ދުވަހު އިސްރާއީލުގެ ތެލް އަވީވް އަދި ލެބަނަންގެ ބޭރޫތަށް ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް ކެންސަލްކޮށްފައެވެ.

Advertisement

Advertisement 1

ލުފްތަންސާ: ޖަރުމަނުގެ ލުފްތަންސާ އެއާލައިނުން ވަނީ މާޗު 7 ވަނަ ދުވަހުގެ ނިޔަލަށް ތެލް އަވީވް، ބޭރޫތު އަދި އޮމާނަށް ކުރާ ދަތުރުތައް ހުއްޓާލާފައެވެ. އަދި ހޮނިހިރުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ދުބާއީގެ ދަތުރުތައް މެދުކަނޑާލުމުގެ އިތުރުން، އިސްރާއީލު، ލެބަނަން، އުރުދުން، އިރާގު އަދި އީރާނުގެ ވައިގެ ސަރަޙައްދު ބޭނުންނުކުރުމަށް ވަނީ ނިންމާފަ އެވެ.

ޓާކިޝް އެއާލައިންސް: މި އެއާލައިނުން ވަނީ ހޮނިހިރު ދުވަހު ގަތަރު، ކުވައިތު، ބަހްރޭން، ޔޫއޭއީ އަދި އޮމާނަށް ކުރަން ހުރި ދަތުރުތައް ކެންސަލްކޮށްފައެވެ. އަދި މާޗު 2 ގެ ނިޔަލަށް ލެބަނަން، ސީރިއާ، އިރާގު، އީރާން އަދި އުރުދުންގެ ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ.

ގަތަރު އެއާވޭޒް: ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، އެ އެއާލައިނުން ދޯހާއަށް ކުރާ އަދި ދޯހާއިން ފުރާ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން ވަނީ ހުއްޓާލާފަ އެވެ.

ޖަޕާން އެއާލައިންސް: ޓޯކިޔޯގެ ހަނެދާ އެއާޕޯޓުން ދޯހާއަށް ހޮނިހިރު ދުވަހު ކުރަން އޮތް ދަތުރާއި، މާޗު 1 ގައި އެނބުރި އައުމަށް އޮތް ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ.

ވާޖިން އެޓްލާންޓިކް: އިރާގުގެ ވައިގެ ސަރަހައްދު ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން، ހޮނިހިރު ދުވަހު ލަންޑަން ހީތުރޯއިން ދުބާއީއަށް ކުރަން އޮތް ދަތުރު ވަނީ ކެންސަލްކޮށްފައެވެ.

އެހެނިހެން އެއާލައިންތައް: ސްޕެއިންގެ އިބީރިއާ އެކްސްޕްރެސް އިން ތެލް އަވީވްގެ ދަތުރުތައް ކެންސަލްކޮށްފައިވާއިރު، ނޯވީޖިއަން އެއާ އިން ވަނީ ދުބާއީގެ ދަތުރުތައް ހުއްޓާލާފައެވެ. ޕޮލެންޑްގެ ލޮޓް އެއާލައިންސްގެ ފްލައިޓެއް ދުބާއީއަށް ދަނިކޮށް އަނބުރާ ވާރްސޯއަށް ވަނީ ގޮސްފަ އެވެ. އަދި އިންޑިގޯ އެއާލައިނުން ބުނީ ސަރަހައްދީ މަސްރަޙު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

މި ބަދަލުތައް ގެންނަން ޖެހުނީ މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު ފުޅާވެ، ވައިގެ މަގުން ދަތުރުފަތުރު ކުރުމަށް ނުރައްކާތަކެއް ކުރިމަތިވެފައިވާތީ ކަމަށް އެ އެއާލައިންތަކުން ބުނެ އެވެ.

އީރާން - އެމެރިކާއީރާންއެމެރިކާއިސްރާއީލްހަނގުރާމައީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

19 ގަޑިއިރު ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

ކުޑަކުދިންނާއި އަންހެނުން ޤަތުލުކުރަމުންދިޔަ 70 މީހަކު ސޫދާނުން ހައްޔަރުކޮށްފި

ކުޑަކުދިންނާއި އަންހެނުން ޤަތުލުކުރަމުންދިޔަ 70 މީހަކު ސޫދާނުން ހައްޔަރުކޮށްފި

5 ދުވަސް ކުރިން - 14:14

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

7 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

7 ދުވަސް ކުރިން - 14:34