ޓްރަމްޕް: "އަހަރެން ބޭނުންވަނީ ރައްޔިތުންނަށް މިނިވަންކަން ހޯދައިދޭން"

އައިޝަތު ރުވާ ރިފްޢަތު | 7 ގަޑިއިރު ކުރިން - 28 ފެބްރުއަރީ 2026 19:53
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު---
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު---
ޚުލާސާ

މިނިވަންކަން ހޯދައިދޭން ޓްރަމްޕު ބުނިއިރު އޭނާ ވަނީ އަޑީގައިހުރެ އިސްރާއީލް މެދުވެރިކޮށް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައި. އަދި އީރާނުގެ ސަރުކާރު ބަދަލުކުރުމަށް ޓްރަމްޕު ދަނީ މަސައްކަތްކުރަމުން.

އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޮޝިންޓަން ޕޯސްޓަށް ދެއްވި ކުރު ބަސްދީގަތުމެއްގައި، އޭނާ ބޭނުންވަނީ ރައްޔިތުންނަށް މިނިވަންކަން ހޯދައިދޭން ކަމަށް އޭނާ ބުނެފި އެވެ.

މިއީ މިއަދު ކުރިން އާންމުކުރި ވީޑިއޯ މެސެޖަށްފަހު، މި މައުޟޫއުގައި ޓްރަމްޕް ދެއްވި ފުރަތަމަ ބަހެވެ. ޓްރަމްޕް ބުނީ، އޭނާ ބޭނުންވަނީ ރައްކާތެރި ގައުމެއް ކަމަށާއި، އެކަން އެމެރިކާއަށް ހާސިލުވާނެ ކަމަށެވެ. "އަހަރެން ބޭނުންވަނީ ރައްޔިތުންނަށް މިނިވަންކަން،" ޓްރަމްޕް ބުންޏެވެ.

މީގެ އިތުރުން، ރޭގެ ވަގުތެއްގައި 'ޓްރުތް ސޯޝަލް' ގައި އާންމުކުރި ވީޑިއޯއެއްގައި ޓްރަމްޕް ވަނީ އީރާނުގެ ސަރުކާރު ބަދަލުކުރުމަށް އެ ގައުމުގެ ރައްޔިތުންނަށް ބާރުއަޅުއްވާފަ އެވެ. އޭނާ ބުނި ގޮތުގައި މިއީ ކުރިއަށް އޮތް އެތައް ޖީލަކަށް ލިބޭނެ ހަމައެކަނި ފުރުސަތަށް ވެދާނެ އެވެ.

މި ހަމަލާތަކުގެ ނުރައްކާތެރިކަން ބޮޑުވެފައިވާއިރު، އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ދެކުނުގައި އޮންނަ ހޯރްމުޒްގާން ޕްރޮވިންސްގެ މިނާބް ސިޓީގައި ހުންނަ އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަކަށް ދިން ހަމަލާއެއްގައި 50 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

Ad

އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަށް، ހާއްސަކޮށް ތެހެރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، މުޅި ސަރަހައްދުގެ މަސްރަހު ވަނީ ނުތަނަވަސްވެފަ އެވެ. އެމެރިކާގެ ރައީސްގެ މި ވާހަކަތަކުން ދޭހަވަނީ އީރާނުގެ މިހާރުގެ ސަރުކާރާ މެދު އެމެރިކާއިން ގެންގުޅޭ ހަރުކަށި ސިޔާސަތެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%