Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލުން އީރާނަށް ދެނީ 'ރިމޯޓް' ހަމަލާތަކެއް: "ސިފައިން ނުފޮނުވައި ވެރިކަން ވައްޓާނުލެވޭނެ"

އިސްރާއީލުން އީރާނަށް ދެނީ 'ރިމޯޓް' ހަމަލާތަކެއް: "ސިފައިން ނުފޮނުވައި ވެރިކަން ވައްޓާނުލެވޭނެ"

އައިޝަތު ރުވާ ރިފްޢަތު
182 ދުވަސް ކުރިން - 28 ފެބްރުއަރީ 2026 17:20
އެންޑްރިއަސް ކްރީގް---
އެންޑްރިއަސް ކްރީގް---
ޚުލާސާ

އެމެރިކާއިން ހަމަލާދޭން ބޭނުންވާ ތަންތަނުގެ ލިސްޓު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުރިހަމަވާނެ ކަމަށާއި، އޭގެ ފަހުން އެމެރިކާގެ ބާރު ކެނޑިގެންދާނެ ކަމަށްވެސް އޭނާ ލަފާކުރި.

އިސްރާއީލުން އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، މިއީ އެއްގަމު މަގުން ސިފައިން ބޭނުންނުކޮށް، ދުރުގައި ތިބެގެން ވައިގެ މަގުން ދޭ "ރިމޯޓް ސްޓޭންޑްއޮފް" ހަމަލާތަކެއް ކަމަށާއި، މިފަދަ ހަމަލާތަކަކުން އީރާނުގެ ވެރިކަން ވައްޓާނުލެވޭނެ ކަމަށް ކިންގްސް ކޮލެޖް ލަންޑަންގެ ސެކިއުރިޓީ ސްޓަޑީޒްގެ އެސޯސިއޭޓް ޕްރޮފެސަރު އެންޑްރިއަސް ކްރީގް ބުނެފި އެވެ.

އަލްޖަޒީރާއާ ވާހަކަދައްކަވަމުން ކްރީގް ވިދާޅުވީ، އީރާނުގެ ވެރިކަން ބަދަލުކުރުމަށް އިސްރާއީލާއި އެމެރިކާއިން ގެންގުޅޭ ރޭވުންތަކުގައި ވަރަށް މުހިންމު ބައެއް މަދުވާ ކަމަށެވެ. އެއީ އެއްގަމު މަގުން ސިފައިން ފޮނުވައިގެން ބިންތައް ހިފުމެވެ. އިސްރާއީލުން ގަބޫލުކުރާ ގޮތުގައި އީރާނުގެ ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބި ރައްޔިތުން މެދުވެރިކޮށް އެ ގައުމުގެ ވެރިކަން ވައްޓާލެވިދާނެއެވެ. ނަމަވެސް، އީރާނުގައި ވަރުގަދަ އަދި ގުޅިފައިވާ އިދިކޮޅު ހަރަކާތެއް ނެތުމާއި، ރައްޔިތުންނަށް ހަތިޔާރު ލިބޭނެ މަގެއް ނެތުމުން އެއީ ވާނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ފާހަގަކުރި އެވެ.

"މިއީ އަސާސީ ގޮތެއްގައި ވައިގެ ބާރުގެ ބޭނުންކޮށްގެން ދޭ ހަމަލާތަކެއް. މީގެ ސަބަބުން އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރެވިދާނެ. އެކަމަކު ބިންތައް ހިފައި، އެ ތަންތަން ކޮންޓްރޯލް ނުކޮށް، ހަމައެކަނި މިފަދަ ހަމަލާތަކަކުން އީރާނުގެ ވެރިކަން ވެއްޓިގެން ހިނގައިދާނެ ކަމަކަށް ނުބެލެވޭ،" ކްރީގް ބުންޏެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އެމެރިކާއިން ހަމަލާދޭން ބޭނުންވާ ތަންތަނުގެ ލިސްޓު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުރިހަމަވާނެ ކަމަށާއި، އޭގެ ފަހުން އެމެރިކާގެ ބާރު ކެނޑިގެންދާނެ ކަމަށް ވެސް އޭނާ ލަފާކުރި އެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ ވެރިރަށް ތެހެރާނުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދާއިރު، އިސްރާއީލުން ދަނީ އީރާނުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާތައް ފޮނުވަމުންނެވެ. މި މަސްރަހު މިހާރު އޮތީ މުޅި މެދުއިރުމަތީގައި ހަނގުރާމައެއް ފެށިދާނެ ފަދަ ނުރައްކާތެރި ފައްތަރެއްގަ އެވެ.

އީރާން - އެމެރިކާއީރާންއެމެރިކާއިސްރާއީލްހަނގުރާމައީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

19 ގަޑިއިރު ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

ކުޑަކުދިންނާއި އަންހެނުން ޤަތުލުކުރަމުންދިޔަ 70 މީހަކު ސޫދާނުން ހައްޔަރުކޮށްފި

ކުޑަކުދިންނާއި އަންހެނުން ޤަތުލުކުރަމުންދިޔަ 70 މީހަކު ސޫދާނުން ހައްޔަރުކޮށްފި

5 ދުވަސް ކުރިން - 14:14

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

7 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

7 ދުވަސް ކުރިން - 14:34