ގަތަރާއި ޔޫއޭއީގެ ވެރިން އީރާނުގެ މިސައިލް ހަމަލާތައް ކުށްވެރިކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 7 ގަޑިއިރު ކުރިން - 28 ފެބްރުއަރީ 2026 19:37
ޔޫއޭއީގެ ބައެއް ވެރިން---
ޔޫއޭއީގެ ބައެއް ވެރިން---
ޚުލާސާ

އީރާނުގެ މި ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާއިން ވެސް ވަނީ އެކަން ކުށްވެރިކޮށްފައި. މި ހަމަނުޖެހުން އުފެދިފައިވަނީ އެމެރިކާއާއު އިސްރާއިލް ގުޅިގެން މިއަދު އީރާނަށް ހަމަލާދިނުމުން.

އީރާނުން ދިން މިސައިލް ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގައި، ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އައްޘާނީ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އައްނަހްޔާން އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ގަތަރުގެ އަމީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ދެ ބޭފުޅުން ފޯނުން ގުޅުއްވައި ކުރެއްވި މި މަޝްވަރާތަކުގައި، އީރާނުން ގަތަރާއި، ޔޫއޭއީގެ އިތުރުން އަރަބި އެހެން ޤައުމުތަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މިފަދަ އުދުވާނީ ހަމަލާތަކާ ކުރިމަތިލާންޖެހިފައިވާ އަރަބި އަހުވަންތަ ހުރިހާ ގައުމުތަކާއެކު ސާބިތުކަމާއެކު ތިއްބެވިކަން ހާމަކުރައްވާފަ އެވެ. އަދި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ރައްޔިތުންގެ ކަރާމާތް ހިމާޔަތްކުރުމަށްޓަކައި ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.

އީރާނުގެ މި ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާއިން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ. ސައޫދީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ.

މި ހަމަލާތަކަކީ އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ދިން ހަމަލާތަކެކެވެ. އަރަބި ގައުމުތަކުން ދަނީ މި ހަމަލާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%