Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމެރިކާއާއި އީރާނުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން އިންޑޮނޭޝިޔާ ތައްޔާރު

އެމެރިކާއާއި އީރާނުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން އިންޑޮނޭޝިޔާ ތައްޔާރު

އައިޝަތު ރުވާ ރިފްޢަތު
102 ދުވަސް ކުރިން - 28 ފެބްރުއަރީ 2026 16:26
އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ---
އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ---
ޚުލާސާ

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވެ، މެދުއިރުމަތީގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވަމުންދާތީ އެކަމާ އިންޑޮނޭޝިޔާ އިން ނުހަނު ހިތާމަކުރާކަމަށް އިންޑޮނޭޝިއާއިން ބުނޭ.

އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މަޝްވަރާގެ މަގުން މައްސަލަ ހައްލުކުރުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަން ތައްޔާރަށް ހުންނެވި ކަމަށް އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވިދާޅުވެއްޖެ އެވެ.

އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވެ، މެދުއިރުމަތީގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވަމުންދާތީ އެކަމާ އިންޑޮނޭޝިޔާ އިން ނުހަނު ހިތާމަކުރާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަކުން ވެސް ކެތްތެރިކަން އިސްކޮށް، މަޝްވަރާއާއި ޑިޕްލޮމަސީގެ މަގަށް އިސްކަންދިނުމަށް އެ ގައުމުން ވަނީ ގޮވާލާފަ އެވެ.

Advertisement

Advertisement 1

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އަލުން ގާއިމުކުރުމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި ވާހަކަދެއްކުންތައް ފެސިލިޓޭޓް ކޮށްދިނުމަށް އިންޑޮނޭޝިޔާގެ ސަރުކާރާއި ރައީސް ތައްޔާރަށް ތިއްބެވި ކަމަށެވެ. އަދި ދެ ގައުމުން އެއްބަސްވާނަމަ، މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަށް ރައީސް ޕްރަބޯވޯ ސުބިއަންތޯ އީރާނުގެ ތެހެރާނަށް ދަތުރުފުޅެއް ކުރެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް އެ ގައުމުން ހާމަކޮށްފައިވެއެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ހަމަޖެހުމާއި، ދުނިޔޭގެ ސުލްހައާއި އަމާންކަމަށް ބުރޫއަރައިފާނެ ކަމުގެ ބިރު އޮތްކަން ވެސް އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

އިންޑޮނޭޝިއާއިސްރާއީލްއީރާން - އެމެރިކާއެމެރިކާއީރާންހަނގުރާމައީރާން ކްރައިސިސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

22 ގަޑިއިރު ކުރިން - 13:13

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

1 ދުވަސް ކުރިން - 11:26

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

1 ދުވަސް ކުރިން - 11:23

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

2 ދުވަސް ކުރިން - 10:24

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

2 ދުވަސް ކުރިން - 17:27

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

އިސްރާއީލުން އީރާނަށް ހަމަލާދޭން ކެރުނީ 8 ގަޑިއިރު ފަހުން

2 ދުވަސް ކުރިން - 12:57