އީރާނު ހަނގުރާމައިގައި އިޓަލީން އެމެެރިކާއަށް އެހީތެރި ނުވުމުން ދެޤައުމުގެ ގުޅުން ގޯސްވެފައި ވަނިކޮށް ޓްރަމްޕް ވިދާޅުވީ ޖީ7 ސަމިޓުގައި މަގުބޫލު ވާންވެގެން ތިމަންނާ އާއި އެކު ފޮޓޯއެއް ނެގުމަށް މެލޯނީ "އާދޭސްކުރި" ކަމަށް. މެލޯނީ ވިދާޅުވީ ޓްރަމްޕް ހައްދަވަނީ ކަނޑައެޅިގެން "ދޮގު" ކަމަށް.
116 ދުވަސް ކުރިން - 10:09
އެމެރިކާގެ ވަފުދުން ޖަވާބު ދިނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދީ، ތެހެރާނާއެކު ގުޅުން ރަނގަޅުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ވޮޝިންޓަން ތައްޔާރަށް އޮތް ނަމަވެސް އީރާނުން ނިއުކްލިއާ ހަރަކާތްތައް ހުއްޓާލުމުގެ ޔަޤީންކަން ނުދެނީސް ލުއިތައް ދޭން ބޭނުން ނުވާކަމަށް.
117 ދުވަސް ކުރިން - 20:22
އިސްރާއީލުން ދެކުނު ލުބުނާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 32 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނޭ. މި ހަނގުމާ ހުއްޓާލުމުގެ އެއްބަސްވުމަކީ 14 ނުކުތެއްގެ މައްޗަށް އެކުލެވިގެންވާ އެއްބަސްވުމެއް. އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ.
118 ދުވަސް ކުރިން - 21:28
މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މަންދޫބަކު ސުލްހައިގެ މަޝްވަރާތަކަށް ސްވިޒަލޭންޑަށް ދަތުރުކުރައްވަމުން ގެންދަވަނިކޮށް. މީގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެ، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ. މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.
118 ދުވަސް ކުރިން - 21:21
ނޯވޭއިން ވަނީ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި ނިއުޒީލެންޑާ ގުޅިގެން، ފަލަސްތީނު މީހުންނަށް އަނިޔާކުރާ ހަރުކަށި ޔަހޫދީންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފަ. ވިޔަފާރި ގުޅުން ކަނޑާލުމާ ގުޅޭގޮތުން އާންމުންގެ ހިޔާލުނެގުމުގެ ވޯޓެއް ވެސް ނަގަން ވަނީ ނިންމާފަ.
118 ދުވަސް ކުރިން - 14:46
އެމެރިކާގެ ޖާސޫސީ އިދާރާތަކުން މިފަދަ އިންޒާރެއް ދީފައި މިވަނީ، އީރާނުގެ ނިއުކްލިއަރ މައްސަލައާއި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން ހުޅަނގުގެ ގައުމުތަކާއި އީރާނާ ދެމެދު މަޝްވަރާތައް ބާއްވަމުންދާ ދަނޑިވަޅެއްގަ.
118 ދުވަސް ކުރިން - 09:00
ޓްރަމްޕު ބުނީ އެމެރިކާއިން އޮތީ ފުރިހަމައަށް ސުލްހައަށް ބާރު އަޅަން ތައްޔާރަށް ކަމަށާއި އަދި މެދުއިރުމަތީ ހުރިހާ ގައުމުތައް ވެސް އެގޮތަށް ކުރިއަށް ދިއުމަށް ގޮވާލާ ކަމަށް. ނަމަވެސް އިސްރާއީލުން މިކަމަށް ފަރުވާލެއް ނެތި ހަނގުރާމަ ކުރިއަށްދާތީ ޓްރަމްޕަށް ވަނީ ޕްރެޝަރާ ކުރިމަތިލާން ޖެހިފައި.
119 ދުވަސް ކުރިން - 01:22
މަސްދަރުތަކުން އެމެރިކާގެ އިސް އޮފިޝަލަކާއި ޙަވާލާދީ ބުނީ ލުބުނާނުގެ ގަޑިން ހަވީރު 4 ޖެހިއިރު (ރާއްޖެއަށް މިއަދު އިރު އޮއްސެނިކޮށް) ހަމަލާތައް ދިނުން ހުއްޓާލާފައިވާ ކަމަށާއި، ޙަމަލާތައް ހުއްޓައިލީ، އިސްރާއީލާއި ލުބުނާނުގެ ބޯޑަރު ހަމައަކަށް އެޅުވުމަށާއި ހަމަނުޖެހުން އިތުރަށް ފުޅާވުން ހުއްޓުވުމަށް އެމެރިކާ އިސްނަގައިގެން ކުރި މަސައްކަތުން.
119 ދުވަސް ކުރިން - 18:49
މި ހަމަލާތައް އަމާޒުކޮށްފައިވަނީ ލުބުނާނުގެ ދެކުނުގައިވާ ނަބަޓިއޭ ސަރަހައްދަށާއި އެހެނިހެން ބައެއް ސަރަހައްދުތަކަށް. ލުބުނާނުގެ ބިގާ ވެލީ ސަރަހައްދުގައި ހުރި ހިޒްބުاللهގެ ދެ ކޮމާންޑް ސެންޓަރަކަށްވެސް ދާދި ފަހުން ހަމަލާދީފައިވާނެ ކަމަށް ވެސް އިޒްރޭލުން ވަނީ ކަށަވަރުކޮށްދީފަ.
119 ދުވަސް ކުރިން - 18:39
ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވީ މި ބޯޓުގައި ޖަޕާނުގެ ތިން ފަޅުވެރިން ކަމަށް. މި ބޯޓު ކަނޑުއޮޅި ހުރަސްކުރުމާއެކު، ޖަޕާނުގެ ފަޅުވެރިން ތިބި ޖަޕާނާ ގުޅުންހުރި ހުރިހާ އުޅަނދެއް މިހާރު ގަލްފު ސަރަހައްދުން ބޭރުވެފައި.
119 ދުވަސް ކުރިން - 17:34
އެމެރިކާ އާއި އެކު ސޮއިކުރި އެއްބަސްވުމުގައިވާ ބައެއް ކަންކަމަށް އީރާނުގެ ސުޕްރީމް ލީޑަރު ވަނީ ރުހުން ދެއްވާފަ. އެގޮތުން 60 ދުވަހަށް ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ނަގާ ފީ އީރާނުން ވަނީ ނުނަގަން ނިންމާފަ.
119 ދުވަސް ކުރިން - 16:29
އެމެރިކާ އާއި އީރާނާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައި އެއްބަސްވުމެއްގައި ރަސްމީކޮށް ސޮއިކުރަން އޮތީ ޖެނީވާގައި މިއަދަށް ތާވަލުކޮށްފަ. މީގެ ކުރިން ސޮއިކޮށްފައި ވަނީ ޑްރާފްޓް އެމްއޯޔޫއެއްގައި އޮންލައިންކޮށް.
119 ދުވަސް ކުރިން - 10:16