Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ދުނިޔެ

އެމެރިކާގެ އިސްވެރިންނާއި ބައްދަލުކުރަން އީރާނުން ދެކޮޅު ހަދައި، މަޝްވަރާތައް ލަސްވެއްޖެ

އެމެރިކާގެ އިސްވެރިންނާއި ބައްދަލުކުރަން އީރާނުން ދެކޮޅު ހަދައި، މަޝްވަރާތައް ލަސްވެއްޖެ

މިއަދު ރާވާފައިވާ ސްވިޒަލޭންޑް ބައްދަލުވުމުގައި ބައިވެރިވުމަށް އީރާނުން ދެކޮޅު ހަދައި، މެދުއިރުމަތީގައި ޞުލްޙަ ޤާއިމްކުރުމުގެ މަޝްވަރާތައް ލަސްވެއްޖެ. މީޑިއޭޓަރުން ޖެނީވާގައި ތިބިއިރު އީރާނުން އެއްވެސް ބޭފުޅަކު ވަޑައެއް ނުގަނޭ. އެމެރިކާގެ ފަރާތުން ބައިވެ

119 ދުވަސް ކުރިން - 10:01

އެމެރިކާއިން ބުންޏަސް ލުބުނާނަށް ދޭ ހަމަލާތައް ނުހުއްޓާނަން: ބެން ގްވީރު

އެމެރިކާއިން ބުންޏަސް ލުބުނާނަށް ދޭ ހަމަލާތައް ނުހުއްޓާނަން: ބެން ގްވީރު

ބެން ގްވީރް ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ކަމުގައި ވިޔަސް ލުބުނާނުގެ ދެކުނު ސަރަހައްދުގައިވާ ގެތައް އިސްރާއީލުން ތަޅާނެ ކަމަށާއި، އިޒުރޭލަކީ މިނިވަން ދައުލަތެއް ކަމަށް.

120 ދުވަސް ކުރިން - 09:36

ލުބުނާނުގައި ކުއްލި ހަމަލާއެއްދީ ގިނައަދަދެއްގެ އިޒުރޭލު ސިފައިންތަކެއް ޒަހަމްކޮށްލައިފި

ލުބުނާނުގައި ކުއްލި ހަމަލާއެއްދީ ގިނައަދަދެއްގެ އިޒުރޭލު ސިފައިންތަކެއް ޒަހަމްކޮށްލައިފި

މި ހަމަލާގައި އެކަކު މަރުވެ އިތ8ރު ބަޔަކަށް ވަރަށް ބޮޑެތި ޒަޚަމަތައް ލިބިފައިވާއިރު އެމީހުންގެ ކޮމާންޑަރަށް ވެސް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް މަސްދަރުތަކުން ބުނޭ.

120 ދުވަސް ކުރިން - 09:35

އިޒުރޭލަށް ގެންދިޔަ އަސްކަރީ ސާމާނުތައް އަނބުރާ އެމެރިކާއަށް ގެންދަނީ

އިޒުރޭލަށް ގެންދިޔަ އަސްކަރީ ސާމާނުތައް އަނބުރާ އެމެރިކާއަށް ގެންދަނީ

މެދުއިރުމަތީގައި އިޒުރޭލަށް އޮތް ނުރައްކާ ކުޑަވެ، ޓެލްއާވީވްގައި ހުރި އެމެރިކާގެ ހަތިޔާރުތަކާއި ފުލައިޓްތައް އަނބުރާ އެމެރިކާ އަށް ގެންދަން ނިންމައިފި. މީގެ ތެރޭގައި މަތިންދާބޯޓުތައް ވެސް ހިމެނޭ.

121 ދުވަސް ކުރިން - 17:03

އެމެރިކާގެ ކެލިފޯނިއާގައި އަސްކަރީ ބޯޓެއް ވެއްޓި އަށް މީހަކު މަރުވެއްޖެ

އެމެރިކާގެ ކެލިފޯނިއާގައި އަސްކަރީ ބޯޓެއް ވެއްޓި އަށް މީހަކު މަރުވެއްޖެ

މި ބޯޓު ވެއްޓެން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެވިފައިނުވާއިރު، މިއީ އެމެރިކާގެ ވައިގެ ސިފައިން ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ، ދުރު ރާސްތާއަށް ބޮން އެޅުމުގެ ގާބިލުކަން ލިބިފައިވާ ބިޔަ ބޯޓެއް.

122 ދުވަސް ކުރިން - 18:27

އީރާނާއެކު އެމެރިކާއިން އެކުލަވާލި އެއްބަސްވުން ނަތަންޔާހޫއަށް ސިޔާސީ ބިރުވެރި ހުވަފެނަކަށް!

އީރާނާއެކު އެމެރިކާއިން އެކުލަވާލި އެއްބަސްވުން ނަތަންޔާހޫއަށް ސިޔާސީ ބިރުވެރި ހުވަފެނަކަށް!

މި އެއްބަސްވުމުގެ ސަބަބުން ނަތަންޏާހޫގެ ސަލާމަތީ ސިޔާސަތުތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެ، އެމެރިކާއާ ގުޅުން ހީނަރުވެފައިވާއިރު، އިދިކޮޅު ފަރާތްތަކާއި އަމިއްލަ ކޯލިޝަނުން ދަނީ އޭނާއަށް ޕްރެޝަރު ކުރަމުން. މިއީ ކުރިއަށް އޮތް އިންތިހާބުގައި ނަތަންޔާހޫއަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް.

122 ދުވަސް ކުރިން - 17:17

ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގައި ބައްދަލުކުރައްވަނީ: އީރާނާއި ޔޫކްރޭންގެ މައްސަލަ އެޖެންޑާގައި

ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގައި ބައްދަލުކުރައްވަނީ: އީރާނާއި ޔޫކްރޭންގެ މައްސަލަ އެޖެންޑާގައި

ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެނީ އީރާނާއެކު ވެވޭ އެއްބަސްވުމަކީ ސީރިއަސް އަދި ވަރުގަދަ އެއްބަސްވުމަކަށް ހެދުމަށް ކަމަށް. އަދި ހޯމުޒް ކަނޑުއޮޅި އަލުން ހުޅުވުމުގެ މަޝްވަރާ ކުރިއަށްދާނެ ކަމަށް. ޖީ7 ގެ ގައުމުތަކުގެ އިތުރުން ޔޫއޭއީ، ގަތަރު އަދި މިސްރުންވެސް ބައިވެރިވާނެ.

122 ދުވަސް ކުރިން - 15:10

އެމެރިކާ ރުއްސައިފި ނަމަ އީރާނަށް 300 ބިލިއަން ޑޮލަރު ދޭން ނިންމައިފި

އެމެރިކާ ރުއްސައިފި ނަމަ އީރާނަށް 300 ބިލިއަން ޑޮލަރު ދޭން ނިންމައިފި

އީރާނަށް ފައިސާ ލިބޭނީ ޔުރޭނިއަމާއި ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ދޫކޮށްލައި ހުރްމުޒް އެކީއެކަށް ހުޅުވާލައި އަދި އިޒުރޭލަށް އީރާނާއި ގުޅުން އޮންނަ މިލިޝިއާތަކުން ލިބޭ ގެއްލުންތައް ވެސް ހުއްޓުވައިގެން.

122 ދުވަސް ކުރިން - 10:23

ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު 80 ޑޮލަރަށް ވެއްޓިއްޖެ

ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު 80 ޑޮލަރަށް ވެއްޓިއްޖެ

ތެލުގެ އަގު ދަށަށް ދިޔައީ އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލާނެ ކަމުގެ ފެހި ސިގުނަލް ދީފި ކަމަށް ރިޕޯޓު ކުރުމުން. އީރާނުން ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު.

123 ދުވަސް ކުރިން - 09:06

ހުކުރު ދުވަހު ހުރްމުޒް ހުޅުވަން އީރާނުން އެއްބަސްވެއްޖެ، ސޮއިކުރުން ޖެނީވާގަ

ހުކުރު ދުވަހު ހުރްމުޒް ހުޅުވަން އީރާނުން އެއްބަސްވެއްޖެ، ސޮއިކުރުން ޖެނީވާގަ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މި ހަފްތާގައި ސްވިޒަލޭންޑްގައި ރަސްމީކޮށް ސޮއިކުރާނެ ކަމަށާއި ހުރިހާ އުޅަނދުތައް އަވަހަށް ހުރްމުޒް އާއި ދިމާލަށް ދަތުރުކުރުމަށް އިޢުލާން ކޮށްފަ. އީރާނުން ބުނަނީ މެމޮރެންޑަމް ތައްޔާރުވެފައިވާ ކަމަށާއި ނަމަވެސް ސޮއިކުރުމަށް ފަހު 60 ދުވަހުގެ ފޮލޯއަޕް ހަދާނެ ކަމަށް.

124 ދުވަސް ކުރިން - 07:02

އީރާނާއެކު ސޮއިކުރާ އެއްބަސްވުން ލަސްވީ އިސްރާއީލުގެ ސަބަބުން: ޓްރަމްޕު

އީރާނާއެކު ސޮއިކުރާ އެއްބަސްވުން ލަސްވީ އިސްރާއީލުގެ ސަބަބުން: ޓްރަމްޕު

އީރާނުން ބަދަލުހިފާނެ ކަމުގެ އިންޒާރު ދިން ނަމަވެސް، އާދީއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފަ. ބައިރޫތަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން ބޮޑަށް ހައިރާންވި ކަމަށާއި، ނަތަންޔާހޫއާ މެދު ވަރަށް ބޮޑަށް އެ މައްސަލައިގައި ނުރުހުންވި ކަމަށްވެސް ޓްރަމްޕު ބުނި.

124 ދުވަސް ކުރިން - 00:26

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

ހުރްމުޒް ކަނޑުއޮޅި ނުހުޅުބިގެ އުޅޭ މި ދަނޑިވަޅުގައި ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި. ޓްރަމްޕް ގެންދަނީ ނަތަންޔާހޫ އާއި މަޝްވަރާކޮށް ހަމަލާތައް ހުއްޓުވޭތޯ މަސައްކަތް ކުރަމުން ކަމަށް ހަބަރު ލިބޭ

124 ދުވަސް ކުރިން - 20:14

Previous12345Next