ލުބުނާނަށް ގަދަކަމުން އަރައި ތިބި އިޒުރޭލުގެ ސިފައިންނަށް ކުއްލި ޙަމަލާ އެއް ދީ މަދުވެގެން 8 ސިފައިން ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފިއެވެ. އިތުބާރު ކުރެވޭ މަސްދަރުން ބުނެފައިވާ ގޮތުގައި އެ މީހުންނަށް ޙަމަލާ ދިނީ ލުބުނާނުގެ ތަންތަނަށް ބޮން އަޅަން ތައްޔާރުވަމުން ދަނިކޮށް ދިން ކުއްލި ޙަމަލާއެއްގައި، ލުބުނާނުގެ ދެކުނު ސަރަޙައްދުގައެވެ.

ފާއިތުވި ހަފްތާތަކުގައި ވެސް ލުބުނާނުގައި އިޒުރޭލުގެ ސިފައިންތަކެއް މަރާލާފައި ވެއެވެ.

މިފަހަރު މި ޙަމަލާ ދީފައި ވަނީ ލުބުނާނުގެ ދެކުނު ސަރަޙައްދުގެ އިޒުރޭލު ބޯޑަރާއި ކައިރީގައިވާ ގެތައް ތަޅާލުމުގެ ބޮޑު ޕްލޭނެއް އިޒުރޭލުން ރާވާފައި ވަނިކޮށެވެ.