ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު 83 ޑޮލަރަށް ވެއްޓިއްޖެއެވެ.
ތެލުގެ އަގު ދަށަށް ދިޔައީ އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލާނެ ކަމުގެ ފެހި ސިގުނަލް ދީފި ކަމަށް ރިޕޯޓު ކުރުމުން. އީރާނުން ސޮއި ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގައެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ކައިރި މުސްތަގުބަލެއްގައި މި އަގު 67 ޑޮލަރަށް ވެއްޓުން އެކަށީގެން ވެއެވެ. ނަމަވެސް އެއީ އީރާނުން އެއްބަސްވާ ގޮތަކުންނެވެ.
ގަލްފުގައި ފަހަކަށް އައިސް އުފެދުނު ފިތުނަތަކުގެ ތެރޭގައި، ހާއްސަކޮށް އީރާނުން ހުރްމުޒް ބަންދުކުރުމުގެ ސަބަބުން ސާފުނުކުރާ ފީފާއަކަށް 120 އަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހުނު ފަހަރު ވެސް ދިޔައެވެ.









