Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީރާނާއެކު ސޮއިކުރާ އެއްބަސްވުން ލަސްވީ އިސްރާއީލުގެ ސަބަބުން, ނަތަންޏާހޫއާ މެދު ވަރަށް ބޮޑަށް ކޯފާވި: ޓްރަމްޕު

އީރާނާއެކު ސޮއިކުރާ އެއްބަސްވުން ލަސްވީ އިސްރާއީލުގެ ސަބަބުން, ނަތަންޏާހޫއާ މެދު ވަރަށް ބޮޑަށް ކޯފާވި: ޓްރަމްޕު

އައިޝަތު ރުވާ ރިފްޢަތު
2 ގަޑިއިރު ކުރިން - 15 ޖޫން 2026 00:26
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަދި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޠާހޫ---
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަދި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޠާހޫ---
ޚުލާސާ

އީރާނުން ބަދަލުހިފާނެ ކަމުގެ އިންޒާރު ދިން ނަމަވެސް، އާދީއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފަ. ބައިރޫތަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން ބޮޑަށް ހައިރާންވި ކަމަށާއި، ނަތަންޔާހޫއާ މެދު ވަރަށް ބޮޑަށް އެ މައްސަލައިގައި ނުރުހުންވި ކަމަށްވެސް ޓްރަމްޕު ބުނި.

އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވެވޭ އެއްބަސްވުމުގައި ސޮއިކުރުން މަދު ގަޑިއިރުތަކަކަށް ލަސްވީ އިސްރާއީލުން ބައިރޫތަށް ދިން ހަމަލާގެ ސަބަބުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ މީޑިއާ އައުޓްލެޓެއް ކަމަށްވާ 'އެކްސިއޯސް' އަށް ދިން ފޯން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އިސްރާއީލުން ލުބުނާނުގެ ބައިރޫތަށް ދިން ހަމަލާގެ ސަބަބުން އެއްބަސްވުމުގެ ކަންކަމަށް ލޮޅުން އަރާފައިވާ ކަމަށެވެ. އަދި އީރާނުން ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފައިވީ ނަމަވެސް، އާދީއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ.

"އިސްރާއީލުގެ ހަމަލާގެ ސަބަބުން ކަންތައްތަކަށް ބަދަލުތަކެއް އައި. އެއްބަސްވުމުގައި ސޮއިކުރުން މަދު ގަޑިއިރުތަކަކަށް ލަސްވެގެންދިޔައީ. އަސްލު މިހާރު އޮންނަންވާނީ ސޮއިކޮށް ނިމިފައި. ނަމަވެސް މިހާރު ތާވަލުކުރެވިފައިވަނީ މީގެ މަދު ގަޑިއިރުތަކެއް ފަހުން ސޮއިކުރާ ގޮތަށް،"
އެމެރިކާގެ ރައީސް ޓްރަމްޕު

ބައިރޫތަށް އިސްރާއީލުން ދިން ހަމަލާއާ ގުޅޭގޮތުން މުޝީރުން މައުލޫމާތު ދިނުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މެދު ވަރަށް ބޮޑަށް ކޯފާވި ކަމަށް ޓްރަމްޕް ބުންޏެވެ. "މިއީ ވަރަށް ގޯސް ކަމެއް. އަހަރެންނަށް ގަބޫލެއްވެސް ނުކުރެވުނު. އެއްބަސްވުމުގައި ސޮއިކުރަން އެންމެ ގަޑިއިރަކަށް ވެފައި ވަނިކޮށް މިކަން މިވީ،" ޓްރަމްޕާ ހަވާލާދީ އެކްސިއޯސްއިން ރިޕޯޓުކޮށްފައިވެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން ޓްރަމްޕް ބުނީ އީރާނާއެކު ވެވޭ މި އެއްބަސްވުމަކީ އިސްރާއީލަށްވެސް ފައިދާހުރި އެއްބަސްވުމަކަށް ވާނެ ކަމަށެވެ. ސަބަބަކީ މި އެއްބަސްވުމުގެ ދަށުން އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކުރެވޭނެތީއާއި، ނިއުކްލިއާ މާއްދާތައް ނައްތާލަން މަޖުބޫރުވާނެތީއެވެ. އަދި އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ކުއްލި ގޮތަކަށް ބަލައި ފާސްކުރުމުގެ ފުރުސަތުވެސް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ޑޮނަލްޑް ޓްރަމްޕުއީރާންއީރާން - އެމެރިކާއީރާން ކްރައިސިސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި

6 ގަޑިއިރު ކުރިން - 20:14

އީރާނުން މިއަދު ހުރްމުޒް ނުހުޅުވުމުން އިޒުރޭލު ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އީރާނުން މިއަދު ހުރްމުޒް ނުހުޅުވުމުން އިޒުރޭލު ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

16 ގަޑިއިރު ކުރިން - 09:46

ޓްރަމްޕް ބުނީ މާދަމާ ހުރްމުޒް ހުޅުވާނަމޭ - އީރާނުން ބުނީ ނުހުޅުވާނަމޭ

ޓްރަމްޕް ބުނީ މާދަމާ ހުރްމުޒް ހުޅުވާނަމޭ - އީރާނުން ބުނީ ނުހުޅުވާނަމޭ

23 ގަޑިއިރު ކުރިން - 02:52

ވަގުތީ އެއްބަސްވުމަށް އަމަލުނުކޮށް ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެ: އީރާނު

ވަގުތީ އެއްބަސްވުމަށް އަމަލުނުކޮށް ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެ: އީރާނު

1 ދުވަސް ކުރިން - 10:59

ހުރްމުޒް ގެ މެނޭޖްމެންޓަށް ބަދަލު އަންނަނީ: އީރާން

ހުރްމުޒް ގެ މެނޭޖްމެންޓަށް ބަދަލު އަންނަނީ: އީރާން

1 ދުވަސް ކުރިން - 10:49

އީރާނުގެ ބޯޓަކަށް އެމެރިކާ އިން ހަމަލާ ދިނުމުން އޭގަތިބި އެންމެން އީރާނުން ސަލާމަތްކޮށްފި

އީރާނުގެ ބޯޓަކަށް އެމެރިކާ އިން ހަމަލާ ދިނުމުން އޭގަތިބި އެންމެން ސަލާމަތްކޮށްފި

3 ދުވަސް ކުރިން - 14:09