މިއަދު ސްވިޒަލޭންޑްގައި އެމެރިކާއާއެކު ބާއްވަން ރާވާފައިވާ ބައްދަލުވުމަށް އީރާނުން ވަފުދު ފޮނުވުމަށް ދެކޮޅު ހަދައިފިއެވެ.
އީރާނުން މި ބައްދަލުވުމުގައި ބައިވެރިވުން ފައިނަލްކޮށްފައި ނުވާއިރު، އުންމީދުކުރި ގޮތަށް އެގައުމުގެ ވަފުދު ވެސް ފޮނުވާފައެއް ނުވެ އެވެ.
އެމެރިކާގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ނިންމާފައި ވަނީ އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ލަސްވުމަކީ މަޝްވަރާތަކާ ގުޅިގެން ހައްލު ނުކުރެވި ހުރި މައްސަލަތަކާއި ސަރަހައްދީ ފިތުނަތައް އިތުރުވުމާ ގުޅުން ހުރި ކަމެއް ކަމަށް ފެނެއެވެ. ބައެއް ރިޕޯޓްތަކުން ދައްކާ ގޮތުގައި އީރާނުގެ އޮފިޝަލުން ތިބީ ލުބުނާނުގައި އިސްރާއީލުން ހިންހާ އަމަލުތަކާއި ގުޅިގެން ހިތްހަމަ ނުޖެހިފައެވެ.
މި ބައްދަލުވުން ބާއްވާނެ އާ ތާރީހެއް ދެ ފަރާތުގެ އޮފިޝަލުން އަދި ހާމައެއް ނުކުރެ އެވެ.
ކުރިން ހަމަޖެހިފައިވާ ގޮތުން ނަމަ މިއަދުގެ ބައްދަލުވުމުގައި އީރާނުގެ ފަރާތުން ބައިވެރިވާނީ މީގެ ކުރިން ވެސް އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށް ގެންދިޔަ ބައެއް މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި އައްބާސް ޢަރާޤްޗީއެވެ.



