Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުކުރު ދުވަހު ހުރްމުޒް ހުޅުވަން އީރާނުން އެއްބަސްވެއްޖެ، ސޮއިކުރުން ޖެނީވާގަ

ހުކުރު ދުވަހު ހުރްމުޒް ހުޅުވަން އީރާނުން އެއްބަސްވެއްޖެ، ސޮއިކުރުން ޖެނީވާގަ

ހުސައިން އިސްމާއިލް
73 ދުވަސް ކުރިން - 15 ޖޫން 2026 07:02
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ޚުލާސާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މި ހަފްތާގައި ސްވިޒަލޭންޑްގައި ރަސްމީކޮށް ސޮއިކުރާނެ ކަމަށާއި ހުރިހާ އުޅަނދުތައް އަވަހަށް ހުރްމުޒް އާއި ދިމާލަށް ދަތުރުކުރުމަށް އިޢުލާން ކޮށްފަ. އީރާނުން ބުނަނީ މެމޮރެންޑަމް ތައްޔާރުވެފައިވާ ކަމަށާއި ނަމަވެސް ސޮއިކުރުމަށް ފަހު 60 ދުވަހުގެ ފޮލޯއަޕް ހަދާނެ ކަމަށް.

އެތައް ބައިވަރު މަޝްވަރާ ތަކަކަށް ފަހު، ހުރްމުޒް ކަނޑުއޮޅި ބައިނަލްއަޤްވާމީ ދުނިޔެއަށް ހުޅުވާލުމަށް ނިންމައި، ހުކުރު ދުވަހު ޖެނީވާގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އީރާނުން އިއުލާން ކޮށްފިއެވެ.

އީރާނާއި ހަވާލާދީ މަސްދަރުތައް ބުނާ ގޮތުގައި ޕާކިސްތާނާއި ގަތަރާ އެކު ތެހެރާނުން ވަނީ މިކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައެވެ. އަދި އީރާނާއި ގަތަރުގެ ވަފުދުތަކުން އާދީއްތަ ދުވަހު ތެހެރާނުގައި އެތައް ގަޑިއިރެއް ވަންދެން އެއްބަސްވުމާއި ގުޅޭ ޓެކްނިކަލް ތަފްސީލުތައް މުރާޖައާކޮށްފައި ވާއިރު، މިކަމުގައި އީރާނާއި އެކު އެންމެ ގާތުން މަސައްކަތްކުރީ ޕާކިސްތާނާއި ގަތަރުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މި ހަފްތާގައި ސްވިޒަލޭންޑްގައި ރަސްމީކޮށް ސޮއިކުރާނެ ކަމަށާއި ހުރިހާ އުޅަނދުތައް އަވަހަށް ހުރްމުޒް އާއި ދިމާލަށް ދަތުރުކުރުމަށް އިޢުލާން ކޮށްފައެވެ.

Advertisement

Advertisement 1

އެމެރިކާގެ އިން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުވެ، ސްޓްރޭޓް އޮފް ހޮރްމޫޒް އަލުން ހުޅުވައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައްސަލަތަކާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ފަށާނެއެވެ.

މީގެ ކުރިން މި އެއްބަސްވުމުގައި ސޮއިކުރަން ރާވާފައި ވަނީ އިއްޔެއެވެ. ނަމަވެސް އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެކަން ކެންސަލްކޮށް އަލުން އެއްބަސްވުމަށް ބަދަލު ގެނެސްފައެވެ.

އީރާނުން މިހާރު ބުނަނީ މެމޮރެންޑަމް ތައްޔާރުވެފައިވާ ކަމަށާއި ނަމަވެސް ސޮއިކުރުމަށް ފަހު 60 ދުވަހުގެ ފޮލޯއަޕް މުއްދަތެއްގެ ތެރޭގައި ތަންފީޒު ކުރުމުގެ ތަފްސީލުތަކާ މެދު މަޝްވަރާ ކުރެވޭނެ ކަމަށެވެ.

އީރާންއީރާން - އެމެރިކާހުރްމުޒްޕާކިސްތާންގަތަރުއެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ ބަހަށް އީރާނާއި ކުޅެލުމުން ޤަޠަރުގެ އިޤްތިޞާދުން 24 ބިލިއަން ޑޮލަރު ގެއްލިއްޖެ

އީރާނާއި ކުޅެލުމުން ޤަޠަރުގެ އިޤްތިޞާދުން 24 ބިލިއަން ޑޮލަރު ގެއްލިއްޖެ

22 ގަޑިއިރު ކުރިން - 13:12

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

1 ދުވަސް ކުރިން - 09:54

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

1 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

3 ދުވަސް ކުރިން - 11:25

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

4 ދުވަސް ކުރިން - 15:57

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

7 ދުވަސް ކުރިން - 04:34