ދުނިޔޭގެ އިގްތިސާދީ އަދި ވިޔަފާރީގެ މުހިންމު މަގަކަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކުން ނަގަމުންދާ "ޓްރާންސިޓް ފީ" ކުރިއަށް އޮތް 60 ދުވަހުގެ މުއްދަތަށް ނުނަގާ ގޮތަށް އީރާނުން ނިންމައިފިއެވެ.
އީރާނުގެ ސަރުކާރުން މިކަން އިއުލާނުކޮށްފައިވަނީ އެމެރިކާއާއެކު ވެވުނު އާ އެއްބަސްވުމެއްގެ ދަށުންނެވެ.
އީރާނުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީ ވިދާޅުވީ، ބައެއް ކަންކަމުގައި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އެމެރިކާއާއެކު ވެވުނު މި އެއްބަސްވުމަށް ރުހުން ދެއްވާފައިވާ ކަމަށެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް އުފުލާ މުހިންމު ސަރަހައްދަކަށް ވުމާއެކު، މި ފީ މެދުކަނޑާލުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.









