ރޭ ކުޅުނު ވޯލްޑްކަޕްގެ ފޯރި ގަދަ މެޗުގައި ގަދަފަދަ ޖަރުމަނުގެ މައްޗަށް ޕެރަގުއޭ އިން މޮޅު ހޯދީ ޕެނަލްޓީ ޖަހައިގެން. އެކަމުގެ އުފަލުގައި މިއަދަކީ އެ ޤައުމިގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ސެންޓިއާގޯ ޕެންޔާ އިއުލާން ކުރައްވައިފި.
108 ދުވަސް ކުރިން - 09:49
ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ބާއްވާ މި މުހިންމު ބައްދަލުވުން އޮންނާނީ އަންނަ އަންގާރަ ދުވަހު ދޯހާގަ. އެހެންކަމުން މިވަގުތަށް އެއްބަޔަކު އަނެއްބަޔަކަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވެފަ. މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުން.
109 ދުވަސް ކުރިން - 09:10
ކީޕަރު ފެނާންޑޯ މުސްލޭރާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން 1-0 އިން އުރުގުއާއީ ބަލިކޮށް، ސްޕޭނުން އުރުގުއާއީ ކަޓުވާލައިފި. މި ބައްޔާއެކު އުރުގުއާއީއަށް މި ފަހަރުގެ ވޯލްޑް ކަޕް ނިމުނީ އެއްވެސް މެޗަކުން މޮޅުނުވެ، އެންމެ ދެ ޕޮއިންޓާއެކު ގްރޫޕުގެ ފުލަށް ގޮސްގެން. މިފަހަރު ސްކޮޑަށް ސުއަރޭޒް ނުނަގާ.
111 ދުވަސް ކުރިން - 08:02
މި ހާދިސާގައި މަރުވި މީހާ އަކީ އިސްރާއީލުގެ ދިފާއީ ވުޒާރާ އާއެކު ކޮންޓްރެކްޓް ހަދައިގެން ޣައްޒާގައި އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަމުންދިޔަ އަމިއްލަ ކުންފުންޏެއްގެ ބުލްޑޯޒަރު އޮޕަރޭޓަރެކެވެ.
111 ދުވަސް ކުރިން - 07:37
ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 3,360 އަށް ވުރެ މައްޗަށް ގޮސްފަ
112 ދުވަސް ކުރިން - 23:46
މި ހާދިސާގައި 4,500 އަށްވުރެ ގިނަ މީހުން ޒަހަމްވެ، 49,000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. ބިންހެލުމުގެ ސަބަބުން ވެރިރަށް ކަރާކަސް އާއި އައްސޭރިފަށުގެ ރަށެއް ކަމަށްވާ ލާ ގުއައިރާގެ ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފަ.
112 ދުވަސް ކުރިން - 22:35
އޭނާގެ މައްޗަށް މި ހުކުމް ކުރި ސަރުކާރުގެ އެކި މަގާމުތަކަށް މީހުން އައްޔަންކުރުމަށާއި ވިޔަފާރީގެ އެކި ފައިދާތައް ހޯދައިދިނުމަށް ނުފޫޒު ބޭނުންކޮށް އަގުބޮޑު ހަދިޔާތަކެއް ގަބޫލުކުރި މައްސަލައިގަ
112 ދުވަސް ކުރިން - 22:22
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ފުރަތަމަ އައީ 7.2 ގެ ބިންހެލުމެކެވެ. އޭގެ އެންމެ 39 ސިކުންތު ފަހުން 7.5 ގެ މެގްނިޓިއުޑްގެ މާ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. މިއީ ފާއިތުވި 100 އަހަރުގެ ތެރޭގައި އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.
113 ދުވަސް ކުރިން - 17:25
2023 އޮކްޓޯބަރު 7ން ފެށިގެން ޣައްޒާގައި 73,041 މީހުންނވަނީ ޝަހީދުވެފަ. ޒަޚަމްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 173,402 އަށް އުފުލިފަ. ލުބުނާނު ހަނގުރާމަ ފެށިފަހުން 4,100 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 12,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ.
114 ދުވަސް ކުރިން - 22:23
ހަނގުރަމަ ހުއްޓުވަން އެމެރިކާގެ ސެނެޓާއި އަދި ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސް ކުރުމުން ޓްރަމްޕްގެ ސަރުކާރުން ބުނަނީ މި ވޯޓަކީ އެއްވެސް މާނައެއް ނެތް، ވަގުތާ ނުބައްދަލު ކަމެއް ކަމަށާއި އެމެރިކާގެ ސިފައިން އީރާނުގައި ހަރަކާތްތެރިވުން ހުއްޓާލަން ނުޖެހޭނެ ކަމަށް.
114 ދުވަސް ކުރިން - 13:05
ޣައްޒާގެ އަލް-އަހްލީ ހޮސްޕިޓަލަށް ޔަހޫދީން ދިން ނުރައްކާތެރި ޙަމަލާއާ ގުޅިގެން އިޒުރޭލުގައި ބޭއްވި ސުލްޙަވެރި މުޒާހަރާގައި “ޖާނާއި ލެއިން އަހަރެމެން ޣައްޒާ ސަލާމަތްކުރާނަން" ބުނި ކަމަށް ޓަކައި އެއީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް އިޒުރޭލުން ނިންމައި ދެމީހަކު ޖަލަށް ލައިފި.
116 ދުވަސް ކުރިން - 17:47
އެމެރިކާއިން ބާރުއަޅަމުން ދިޔައީ ސޫރިޔާ މެދުވެރިކޮށް ހިޒްބުﷲ އަށް ވާގިވެރިވާ މަގުތައް ބަންދުކޮށް، އެ ޖަމާއަތާ ދެކޮޅަށް ސޫރިޔާއިން ފިޔަވަޅު އެޅުމަށް. ނަމަވެސް، ރައީސް އަސަދު ވަނީ އެކަމަށް އިންކާރު ކުރައްވައި، ސޫރިޔާގެ ސިފައިން އެފަދަ ހަނގުރާމައެއްގެ ތެރެއަށް ނުވަންނާނެކަމުގެ ޔަގީންކަން ދެއްވާފަ.
116 ދުވަސް ކުރިން - 10:13