ބައްދަލުވުމުގެ ހަވާސާގައި ޓްރަމްޕް ވަނީ ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބު އެރްދޮޣާން އާއި ބައްދަލުކުރައްވައި ދިފާއީ ބާރާއި، ވިޔަފާރިއާއި، އަދި ނޭޓޯގެ މެންބަރު ގައުމުތަކުގެ ދިފާއީ ހޭދަ އިތުރުކުރުމާއި އަދި އެމެރިކާއިން ތުރުކީއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ނިންމައި އެކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ.
100 ދުވަސް ކުރިން - 14:36
އުމުރުން 41 އަހަރުގެ ނަދީމް މަކާރިމްގެ މައްޗަށް މި ހުކުމް އައީ، 2019 އިން 2022 އަށް އިންޑޮނޭޝިޔާގެ ތައުލީމީ ދާއިރާ ޑިޖިޓަލްކުރުމަށް ހިންގި ޕްރޮގްރާމެއްގެ ދަށުން، ސްކޫލްތަކަށް ގޫގުލް ކްރޯމްބުކް ގަތުމަށް ހިންގި ބޮޑު މުއާމަލާތެއްގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން ސާބިތުވުމާ ގުޅިގެން.
103 ދުވަސް ކުރިން - 21:52
ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުށެއްނެތް އާންމުންނާއި، އަންހެނުން އަދި ކުޑަކުދިން ކަމަށްވެސް ޠާލިބާނުން ބުނޭ. މި ހަމަލާތަކާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ ދުވަހަކުވެސް ގޯސްނުވާ މިންވަރަށް ނުތަނަވަސްވެ، ބޯޑަރު ސަރަޙައްދުގައި ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެފަ.
103 ދުވަސް ކުރިން - 11:54
ޚާމަނާއީގެ ޖަނާޒާ ގައި ރަޝިއާ، ޗައިނާ، ޕާކިސްތާން، ސައޫދީ، އަފްޣާނިސްތާން އިންޑިއާ އަދި ޙަމާސް ޖަމާޢަތުގެ އިސް ވެރިން ބައިވެރިވެ. އީރާނުން ބުނީ ޖަނާޒާ ލަސްވީ މާހައުލު ތަންނުދޭތީ.
103 ދުވަސް ކުރިން - 10:02
ޒެލެންސްކީ ހާމަކުރެއްވި ގޮތުގައި މި ހަމަލާ އަމާޒުކުރި ސަރަހައްދަކީ ޔޫކްރޭންގެ ބޯޑަރާ ގާތްގަނޑަކަށް 850 ކިލޯމީޓަރު ދުރުގައި އޮތް ތަނެއް ކަމަށް. މި ހަމަލާ ދިން ޓާމިނަލަކީ އަހަރަކު 12.5 މިލިއަން ޓަނުގެ ތެޔޮ އުފެއްދުމުގެ ގާބިލުކަން ހުރި ރަޝިޔާގެ އެންމެ ބޮޑު އެއް މަރުކަޒު.
104 ދުވަސް ކުރިން - 23:10
މި ހަމަލާތަކުގައި އެކި މިންވަރަށް ޒަޚަމްވި މީހުންގެ އަދަދު 12،202 އަށް އަރާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވޭ. އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ، އެމެރިކާ މެދުވެރިވެގެން އެކުލަވާލި ހަމަލާތައް ހުއްޓާލުމުގެ އޮނިގަނޑެއްގައި މިދިޔަ ހަފުތާގައި ސޮއިކޮށްފައި ވަނިކޮށް.
104 ދުވަސް ކުރިން - 21:30
ޣައްޒާ ހަނގުރާމައި ހަމާސް ނައްތައެއް ނުލެވުނު. ފަލަސްތީނުގެ ގަޒިއްޔާ އެކަހެރިކޮށްލަން ކުރި މަސައްކަތުން ނުކުތީ ދިމާ އިދިކޮޅު ނަތީޖާއެއް. މިއަދު ފަލަސްތީނުގެ މިނިވަންކަމުގެ ރޫހު ދުނިޔޭގެ ސިޔާސީ ވިސްނުމުގައި ކުރިއަށްވުރެ މާ ބޮޑަށް ވަނީ ވަރުގަދަވެފަ.
104 ދުވަސް ކުރިން - 11:40
އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ އީރާނުގެ މަޖިލިސް ރައީސް ޣަލިބާފް އަވަހާރަކޮށްލަން އިޒުރޭލުން ނިންމާފައި އޮތީ މަޝްވަރާ އަށް ދާ މަގުމަތީގައި ކަމަށާއި، އިސްރާއީލުގެ ޓާގެޓް ލިސްޓެއްގައި ޢަލިބާފްގެ ނަން އޮތް ކަން ޓްރަމްޕުގެ ސަރުކާރަށް އެނގުމުން އޭނާ އަށް އަމާޒު ނުކުރުމަށް ނަތަންޔާހޫގެ ސަރުކާރުގައި ވޮޝިންޓަނުން އެދިފައިވާ ކަމަށް.
104 ދުވަސް ކުރިން - 11:15
އީރާނު ހަނގުރާމަ ހުއްޓުވައި މެދުއިރުމަތިގައި ޞުލްޙަ ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގައި ޕާކިސްތާނުން ބުނީ މިހާތަނަށް ދެ ފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުން އެމްއޯޔޫގެ އެކި މާއްދާތަކާއި ގުޅޭގޮތުން އުންމީދީ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް.
106 ދުވަސް ކުރިން - 12:18
6-3 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި މިނިންމުމާއެކު 150 އަހަރުވީ ގާނޫނީ އުސޫލު ވަނީ ދަމަހައްޓާފަ. ޓްރަމްޕް މި ނިންމުމަށް ފާޑުކިޔަމުންދިޔަ ނަމަވެސް، މިއީ އޭނާގެ ދެވަނަ ދައުރުގައި ކުރިމަތިވި އެންމެ ބޮޑު ގާނޫނީ ނާކާމިޔާބީ. ޑިމޮކްރެޓުންނާއި ހިޖުރަވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މި ހުކުމަށް ވަނީ މަރުހަބާ ކިޔާފަ.
107 ދުވަސް ކުރިން - 06:54
ސައްހަ ލިޔެކިޔުން ނެތް ބިދޭސީން އަންގާރަ ދުވަހުގެ ކުރިން ގައުމުން ބޭރުވުމަށް "މުހުލަތެއް" ދީފަ. އެ މުއްދަތުގައި ގައުމުން ބޭރުނުވާ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓްކުރާނެ ކަމަށް ބުނެ އެ ފަރާތްތަކުން ދަނީ ދޮގު މައުލޫމާތު ފަތުރަމުން. މުޒާހަރާތައް ހޫނުވެ އާންމުންގެ ތަކެއްޗަށް ދަނީ ގެއްލުން ދެމުން.
108 ދުވަސް ކުރިން - 22:53
ހަމަލާގައި ޒަޚަމްވި އަނެއް ދެމީހުންގެ ތެރެއިން ކަމާލް ޝަބްރަންގް ނަމަކަށް ކިޔާ އޮފިސަރެއްގެ ހާލު ސީރިއަސްވެ، މިހާރު އޮތީ ކޯމާއެއްގަ. ކުރުދީ ޖަމާއަތަކުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފަ.
108 ދުވަސް ކުރިން - 12:16