17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ތުރްކިޔޭގެ ވެރިރަށް އަންކާރާ އަށް ވަޑައިގަތީ އެ ސިޓީގައި މިހާރު ކުރިޔަށްދާ ނޭޓޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ބައްދަލުވުމުގެ ހަވާސާގައި ޓްރަމްޕް ވަނީ ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބު އެރްދޮޣާން އާއި ބައްދަލުކުރައްވައި ދިފާއީ ބާރާއި، ވިޔަފާރިއާއި، އަދި ނޭޓޯގެ މެންބަރު ގައުމުތަކުގެ ދިފާއީ ހޭދަ އިތުރުކުރުމާއި އަދި އެމެރިކާއިން ތުރުކީއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ނިންމައި އެކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މީގެ އިތުރުން، ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމާއި އީރާނުގެ މަސްރަހާ ބެހޭގޮތުންވެސް ދެ ބޭފުޅުން ފުޅާދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.
މި ސަމިޓުގައި ބައިވެރިވުމަށް ނޭޓޯގެ މެންބަރު ހުރިހާ ގައުމުތަކެއް ހިމެނޭގޮތަށް ޖުމްލަ 32 ގައުމެއްގެ އިސްވެރިންނާއި ރައީސުން މިހާރު ތިއްބެވީ އަންކާރާގައެވެ.
މީގެ އިތުރުން ނޭޓޯގައި ނުހިމެނޭ ގައުމުތަކުގެ ތެރެއިން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަދި ސައުތު ކޮރެއާގެ ރައީސް ލީ ޖައީ-މިއުންގް ވެސް ޚާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަތެވެ.
ދުނިޔޭގެ ސަމާލުކަން މިވަގުތު ތުރުކީއަށް ހުއްޓިފައިވާއިރު، މި ބައްދަލުވުންތަކުގެ ސަބަބުން އެމެރިކާއާއި ތުރުކީގެ ގުޅުން އިތުރަށް ބަދަހިވެ، ބައިނަލްއަގުވާމީ މަސްރަހަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ.









