Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިންޑޮނޭޝިޔާގެ "ގޯޖެކް" ގެ ބާނީ އަދި ކުރީގެ މިނިސްޓަރު ނަދީމް މަކާރިމް 10 އަހަރަށް ޖަލަށް!

އިންޑޮނޭޝިޔާގެ "ގޯޖެކް" ގެ ބާނީ އަދި ކުރީގެ މިނިސްޓަރު ނަދީމް މަކާރިމް 10 އަހަރަށް ޖަލަށް!

އައިޝަތު ރުވާ ރިފްޢަތު
1 ގަޑިއިރު ކުރިން - 5 ޖުލައި 2026 21:52
އިންޑޮނޭޝިޔާގެ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އަދި މަޝްހޫރު "ގޯޖެކް" ކުންފުނީގެ ބާނީ ނަދީމް މަކާރިމް---
އިންޑޮނޭޝިޔާގެ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އަދި މަޝްހޫރު "ގޯޖެކް" ކުންފުނީގެ ބާނީ ނަދީމް މަކާރިމް---
ޚުލާސާ

އުމުރުން 41 އަހަރުގެ ނަދީމް މަކާރިމްގެ މައްޗަށް މި ހުކުމް އައީ، 2019 އިން 2022 އަށް އިންޑޮނޭޝިޔާގެ ތައުލީމީ ދާއިރާ ޑިޖިޓަލްކުރުމަށް ހިންގި ޕްރޮގްރާމެއްގެ ދަށުން، ސްކޫލްތަކަށް ގޫގުލް ކްރޯމްބުކް ގަތުމަށް ހިންގި ބޮޑު މުއާމަލާތެއްގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން ސާބިތުވުމާ ގުޅިގެން.

އިންޑޮނޭޝިޔާގެ ކޯޓަކުން، އެގައުމުގެ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އަދި މަޝްހޫރު "ގޯޖެކް" ކުންފުނީގެ އެއް ބާނީ ނަދީމް މަކާރިމްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށްލުމަށް އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ.

އުމުރުން 41 އަހަރުގެ ނަދީމް މަކާރިމްގެ މައްޗަށް މި ހުކުމް އައީ، 2019 އިން 2022 އަށް އިންޑޮނޭޝިޔާގެ ތައުލީމީ ދާއިރާ ޑިޖިޓަލްކުރުމަށް ހިންގި ޕްރޮގްރާމެއްގެ ދަށުން، ސްކޫލްތަކަށް ގޫގުލް ކްރޯމްބުކް ގަތުމަށް ހިންގި ބޮޑު މުއާމަލާތެއްގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން ސާބިތުވުމާ ގުޅިގެންނެވެ.

10 އަހަރުގެ ޖަލު ހުކުމުގެ އިތުރުން، 1 ބިލިއަން އިންޑޮނޭޝިއަން ރުފިޔާ (ގާތްގަނޑަކަށް 55,870 ޑޮލަރު) އިން އޭނާ ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 809.6 ބިލިއަން ރުފިޔާ ދެއްކުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި ފައިސާ ނުދައްކައިފިނަމަ، އިތުރު 5 އަހަރުގެ ޖަލު ހުކުމެއް އޭނާ ތަންފީޒުކުރަން ޖެހޭނެ އެވެ. ނަދީމް ވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

Advertisement

Advertisement 1

މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި، ކްރޯމްބުކްތައް ގަނެފައިވަނީ އެ ތަކެތި ބޭނުންކުރުމަށް އިންޓަނެޓް ކަނެކްޝަން ބޭނުންވާނެތީ، އިންޓަނެޓްގެ ހިދުމަތް ލިބުން ދަތި އިންޑޮނޭޝިޔާގެ ރަށްފުށުގެ ސަރަހައްދުތަކަށް އެއީ އެކަށީގެންވާ އެއްޗެއް ނޫން ކަމަށް 2018 ވަނަ އަހަރު މިނިސްޓްރީން ނިންމާފައި ވަނިކޮށެވެ. ނަމަވެސް 2020 ވަނަ އަހަރު ނަދީމް ގޫގުލްގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށްފަހު، އެ ތަކެތި ގަތުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް ދައުވާގައި ވެއެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި، ގޯޖެކްގައި އިންވެސްޓްކޮށްފައިވާ ގޫގުލް ކުންފުންޏަށް ނަދީމް ވަނީ ނާޖާއިޒު ފައިދާ ހޯދައިދީފަ އެވެ. އަދި އިންޑޮނޭޝިޔާގެ ތައުލީމީ ނިޒާމުގެ ފުރިހަމަ ކޮންޓްރޯލް ގޫގުލްއަށް ލިބޭނެ ގޮތަށް ޓެންޑަރުގެ ޝަރުތުތައް ބަދަލުކުރި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަދީމް މިނިސްޓަރުކަމުގައި ހުންނެވި އިރުވެސް ގޯޖެކްގެ ހިއްސާދާރެއްގެ ގޮތުގައި ދެމިހުންނެވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ނިންމެވި ގޮތުގައި، ނަދީމް އަމިއްލައަށް ނާޖާއިޒު މުއްސަދިކަން ހޯދާފައިވާކަން ސާބިތެއް ނުވި ނަމަވެސް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ އަމަލު ހިންގާފައިވާކަން ސާބިތުވާ ކަމަށް ފަނޑިޔާރުން ފާހަގަކުރި އެވެ.

ނަދީމް 2019 ވަނަ އަހަރު ގޯޖެކް ކުންފުނިން ވަކިވެވީ ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯގެ ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރުކަމާ ހަވާލުވުމުންނެވެ.

ހުކުމް އިއްވުމުގެ ކުރިން ނަދީމަށް ތާއީދުކުރާ ގިނަ ބަޔަކު، އޭގެ ތެރޭގައި ގޯޖެކްގެ ޑްރައިވަރުން ވެސް ހިމެނޭ ގޮތަށް، ކޯޓު ސަރަހައްދަށް އެއްވެ އޭނާ މިނިވަންކުރުމަށް ގޮވާލާފައިވެ އެވެ. ހުކުމް އިއްވި ވަގުތު ނަދީމަށް ވަރަށް ބޮޑަށް އަސަރުކޮށް، ކޯޓު ތެރޭގައި ރޮވުނު އިރު، ބޭރުގައި ތިބި މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. މި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ނަދީމް ވަނީ ބުނެފަ އެވެ.

މި ހުކުމް އައިސްފައިވަނީ އިންޑޮނޭޝިޔާގެ އިގްތިސާދީ ހާލަތު ދަށްވެ، ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ޒުވާނުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ނަދީމްގެ މައްޗަށް މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އެކަށީގެންވާ ހެކި ނެތި، ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކެމްޕޭނެއްގެ ދަށުންނެވެ.

ކޮރަޕްޝަންއިންޑޮނޭޝިއާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

2 ދުވަސް ކުރިން - 14:29

އީ-ވޯޓިންގ އެއް ނުގެންނާނަން؛ "މޯލްޑިވްސް 2.0" ގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

"އީ-ވޯޓިންގ އެއް ނުގެންނާނަން؛ 2.0 ގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން"

8 ދުވަސް ކުރިން - 13:37

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

10 ދުވަސް ކުރިން - 11:10

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

25 ދުވަސް ކުރިން - 11:09

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ

އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސްފި

94 ދުވަސް ކުރިން - 12:34

އޮޅުވާލައިގެން ބިން ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި

އޮޅުވާލައިގެން ބިން ހޯދަން އުޅުނު ބަޔަކަށް ދައުވާކުރަނީ

126 ދުވަސް ކުރިން - 16:02