Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން މަސްރަހު ގޯސްވެ، ސަލާމަތީ ބާރުތައް ނެރެފި

ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން މަސްރަހު ގޯސްވެ، ސަލާމަތީ ބާރުތައް ނެރެފި

އައިޝަތު ރުވާ ރިފްޢަތު
2 ދުވަސް ކުރިން - 30 ޖޫން 2026 22:53
ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން---
ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން---
ޚުލާސާ

ސައްހަ ލިޔެކިޔުން ނެތް ބިދޭސީން އަންގާރަ ދުވަހުގެ ކުރިން ގައުމުން ބޭރުވުމަށް "މުހުލަތެއް" ދީފަ. އެ މުއްދަތުގައި ގައުމުން ބޭރުނުވާ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓްކުރާނެ ކަމަށް ބުނެ އެ ފަރާތްތަކުން ދަނީ ދޮގު މައުލޫމާތު ފަތުރަމުން. މުޒާހަރާތައް ހޫނުވެ އާންމުންގެ ތަކެއްޗަށް ދަނީ ގެއްލުން ދެމުން.

ދެކުނު އެފްރިކާގެ އެކި ސިޓީތަކުގައި ބިދޭސީންނާ ދެކޮޅަށް ފަށާފައިވާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ ވިޔަފާރިތައް ބަންދުކޮށް، މަސްރަހު ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން މަގުތަކަށް ނެރެފިއެވެ.

މި މުޒާހަރާތައް ކުރިއަށްގެންދާ ގްރޫޕްތަކުން ވަނީ، ސައްހަ ލިޔެކިޔުން ނެތް ބިދޭސީން އަންގާރަ ދުވަހުގެ ކުރިން ގައުމުން ބޭރުވުމަށް "މުހުލަތެއް" ދީފައެވެ. އަދި އެ މުއްދަތުގައި ގައުމުން ބޭރުނުވާ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓްކުރާނެ ކަމަށް ބުނެ އެ ފަރާތްތަކުން ދަނީ ދޮގު މައުލޫމާތު ފަތުރަމުންނެވެ. ދެކުނު އެފްރިކާގެ ސަރުކާރުން މި ވާހަކަތައް ދޮގުކުރި ނަމަވެސް، ބިރުވެރިކަން ބޮޑުވެ، އެތައް ހާސް ބިދޭސީންނެއް ދަނީ ގައުމު ދޫކޮށް ދިއުމަށް މަސައްކަތް ކުރަމުންނެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ސައިރިލް ރާމަފޯސާ ވިދާޅުވީ، މުޒާހަރާ ކުރުމުގެ ހައްގަކީ އެހެން މީހުންނަށް ބިރުދެއްކުމާއި، މުދަލަށް ގެއްލުންދިނުން ނުވަތަ އަނިޔާވެރި އަމަލުތައް ހިންގަން އޮތް ހުއްދައެއް ނޫން ކަމަށެވެ. އަދި ގާނޫނު އަތްމައްޗަށް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

ޖޯހަނަސްބާގުން ރިޕޯޓްކުރާ ގޮތުގައި، މި މުޒާހަރާތަކުގައި އެކި ފަންތީގެ މީހުން ބައިވެރިވަމުންދާއިރު، އެމީހުންގެ މައިގަނޑު ޝަކުވާއަކީ ގައުމުގައި ތިބި ސައްހަ ލިޔެކިޔުން ނެތް ބިދޭސީންގެ މައްސަލައިގައި ސަރުކާރުން އެދެވޭ ފިޔަވަޅެއް ނޭޅުމެވެ. ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވުމާއި، އިގްތިސާދީ ދަތިތަކުގެ ޒިންމާ މުޒާހަރާގެ ބައިވެރިން އަޅުވަނީ ބިދޭސީންގެ އިސްތަށިފުލުގައެވެ.

މުޒާހަރާތައް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާނެ ކަމަށް ބުނި ނަމަވެސް، ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގައި، އިމާރާތްތަކުގެ ބިއްލޫރި ތަޅައި، މުދަލަށް ދަނީ ގެއްލުން ދެމުންނެވެ. މިގޮތުން ބައެއް ސަރަހައްދުތަކުގައި ރޯކޮށް، މަގުތައް ބަންދުކުރުމަށްވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ވޭތުވެދިޔަ ހަފުތާތަކުގައި ހިންގި ބިދޭސީންނާ ދެކޮޅު ހަމަނުޖެހުންތަކުގައި މިހާތަނަށް މޮޒަމްބީކް، އިތިއޯޕިއާ އަދި މަލާވީގެ ބައެއް ރައްޔިތުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބިދޭސީން ދަނީ އެމީހުންގެ ގައުމުތަކުގެ ކޮންސިއުލޭޓްތަކުގައާއި ރައްކާތެރި ހިޔާވަހިކަންދޭ ތަންތަނުގައި ބޯހިޔާވަހިކަން ހޯދަމުންނެވެ. ބައެއް ގައުމުތަކުން މިހާރު ވަނީ އެ ގައުމުތަކުގެ ރައްޔިތުން އަނބުރާ ގެންދިއުމަށް ބަސްތަކާއި މަތިންދާބޯޓުތައް ފޮނުވަން ފަށާފައެވެ.

އަންނަ ނޮވެމްބަރު މަހު ބާއްވާ އިންތިޚާބާ ދިމާކޮށް ބައެއް ސިޔާސީ ފަރާތްތަކުން ބިދޭސީންނާ ދެކޮޅު ޝުއޫރުތައް ފަތުރަމުންދާއިރު، މިއީ ދެކުނު އެފްރިކާގައި ބިދޭސީންނަށް އަމާޒުކޮށް މިފަދަ ހަމަލާތަކެއް ދެވޭ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2008، 2015، އަދި 2019 ވަނަ އަހަރުވެސް މިފަދަ ނުރައްކާތެރި ހަމަލާތަކެއްގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ދެކުނު އެފްރިކާބިދޭސީން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެކުނު އެފްރިކާގައި ހިންގާ އެޗް.އައި.ވީ ޕްރޮގްރާމްތަކަށް އެމެރިކާއިން ދެމުން އައި އެހީ ހުއްޓާލައިފި

ދެކުނު އެފްރިކާގައި ހިންގާ އެޗް.އައި.ވީ ޕްރޮގްރާމްތަކަށް އެމެރިކާއިން ދެމުންއައި އެހީ ހުއްޓާލައިފި

12 ދުވަސް ކުރިން - 12:52

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

33 ދުވަސް ކުރިން - 20:48

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

50 ދުވަސް ކުރިން - 09:33

އޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންގެ ހައްގު ހިމާޔަތްކުރާ އޮޕަރޭޝަނެއް: ރައީސް

އޮޕަރޭޝަން ކުރަނގިން ހިމާޔަތްކުރަނީ ބިދޭސީންގެ ހައްގު: ރައީސް

52 ދުވަސް ކުރިން - 12:43

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް: އިހުސާން

"ބިދޭސީންގެ މައްސަލައިގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް"

54 ދުވަސް ކުރިން - 17:21

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ 98 އިންސައްތަ މީހުން ބަޔޯމެޓްރިކް ރަޖިސްޓްރީކޮށް ނިމިއްޖެ، ދެން އޮތީ ފޮނުވާލުން: ރައީސް

"ބިދޭސީންގެ %98 މީހުން ބަޔޯމެޓްރިކް ރަޖިސްޓްރީކޮށް ނިމިއްޖެ"

54 ދުވަސް ކުރިން - 16:29