Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރިވޮލިއުޝަނަރީ ގާޑުންގެ ދެމީހަކު މަރާލައިފި

ރިވޮލިއުޝަނަރީ ގާޑުންގެ ދެމީހަކު މަރާލައިފި

ހުސައިން އިސްމާއިލް
60 ދުވަސް ކުރިން - 30 ޖޫން 2026 12:16
އީރާން-އިރާގު ބޯޑަރު ސަރަހައްދުގައި މީހަކު ބަޑި ހިފައިގެން - ހަތިޔާރު އެޅި ކުރުދީންގެ ބަޔަކު ވަނީ މި ސަރަހައްދުގައި އިއްޔެ އީރާނުގެ ސިފައިންތަކެއް މަރާލައި ޒަހަމް ކޮށްލާފަ.
އީރާން-އިރާގު ބޯޑަރު ސަރަހައްދުގައި މީހަކު ބަޑި ހިފައިގެން - ހަތިޔާރު އެޅި ކުރުދީންގެ ބަޔަކު ވަނީ މި ސަރަހައްދުގައި އިއްޔެ އީރާނުގެ ސިފައިންތަކެއް މަރާލައި ޒަހަމް ކޮށްލާފަ.
ޚުލާސާ

ހަމަލާގައި ޒަޚަމްވި އަނެއް ދެމީހުންގެ ތެރެއިން ކަމާލް ޝަބްރަންގް ނަމަކަށް ކިޔާ އޮފިސަރެއްގެ ހާލު ސީރިއަސްވެ، މިހާރު އޮތީ ކޯމާއެއްގަ. ކުރުދީ ޖަމާއަތަކުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފަ.

އީރާނުގެ ހުޅަނގު ޕްރޮވިންސެއް ކަމަށްވާ ކަރްމާންޝާހްގެ ބޯޑަރު ސަރަހައްދެއްގައި ދިން ކުއްލި ބަޑީގެ ހަމަލާއެއްގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) ގެ ދެ މެންބަރުން މަރުވެ، އިތުރު ދެ މީހަކު ޒަޚަމްވެއްޖެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން މި ހާދިސާ ސިފަކޮށްފައިވަނީ "ޓެރަރިސްޓް" އަމަލެއްގެ ގޮތުގައެވެ.

މި ހަމަލާ ދީފައިވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި އިރާގު ބޯޑަރު ކައިރީގައެވެ. ހަތިޔާރު އަޅައިގެން ތިބި ގްރޫޕަކުން އައިއާރްޖީސީ ގެ އޮފިސަރުންނަށް ހަމަލާދިނީ އެމީހުން ދިރިއުޅޭ އިމާރާތުގެ ދޮރުމަތީގައި ތިއްބައެވެ.

ހަމަލާގައި މަރުވީ ޚާލިދު ޚާލިދީ އަދި ބުރުހާން ޚުރީސާނީ ނަމަކަށް ކިޔާ ދެ އޮފިސަރުންނެވެ. މީގެ ތެރެއިން ޚާލިދީއަކީ 2022 ވަނަ އަހަރު އީރާނުގައި ހިނގި މުޒާހަރާތައް މައިތިރިކުރުމުގައި އިސްކޮށް އުޅުނު ބަސީޖް މިލިޝިއާގެ މަޝްހޫރު ކޮމާންޑަރެކެވެ.

Advertisement

Advertisement 1

ހަމަލާގައި ޒަޚަމްވި އަނެއް ދެމީހުންގެ ތެރެއިން ކަމާލް ޝަބްރަންގް ނަމަކަށް ކިޔާ އޮފިސަރެއްގެ ހާލު ސީރިއަސްވެ، މިހާރު އޮތީ ކޯމާއެއްގައެވެ.

"ޚޮރޭ ހޭވާ" ކިޔާ މަދުބަޔަކަށް އެނގޭ ހަތިޔާރުއެޅި ކުރުދީ ޖަމާއަތަކުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ. އެޖަމާއަތުން ބުނިގޮތުގައި މިއީ 2022 ވަނަ އަހަރު މަހްސާ އަމީނީގެ މަރުގެ މުޒާހަރާތަކާ ގުޅިގެން ސަރުކާރުން ހިންގި ލޭއޮހޮރުވުންތަކުގެ ބަދަލުހިފުމެކެވެ.

އީރާނުގެ ސަލާމަތީ ބާރުތަކުން މިހާރު ދަނީ މި ހަމަލާއާ ގުޅިގެން ޚާއްސަ ތަހުގީގެއް ހިންގައި، ފިލައިގެންދިޔަ ހަތިޔާރުއެޅި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ފާއިތުވި އެއް ހަފްތާ ތެރޭގައި އީރާނުގެ ކުރުދީ ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދެވުނު ތިންވަނަ ހަމަލާއެވެ.

އީރާންއީރާގް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

18 ގަޑިއިރު ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

9 ދުވަސް ކުރިން - 04:34

އީރާނުން 15،000 ކިލޯމީޓަރަށް ދަތުރުކުރާ މިސައިލް އުފައްދަނީ ކަމަށް ބުނެފި

އީރާނުން 15،000 ކިލޯމީޓަރަށް ދަތުރުކުރާ މިސައިލް އުފައްދަނީ ކަމަށް ބުނެފި

15 ދުވަސް ކުރިން - 10:11

ވައިގެ ދިފާއީ ނިޒާމުތަކަށް އޮޅުވާލާ ޓެކްނޮލޮޖީއެއް އީރާނުން އިއުލާންކޮށްފި!

ވައިގެ ދިފާއީ ނިޒާމުތަކަށް އޮޅުވާލާ ޓެކްނޮލޮޖީއެއް އީރާނުން އިއުލާންކޮށްފި!

18 ދުވަސް ކުރިން - 11:08

ސުންނީންނާއި ޝީޢީން އެކަތިގަނޑަކަށްވެ، ޚިޔާލުތަފާތުވުންތައް ނައްތާލަން ނައްތާލަން އީރާނުން ގޮވާލައިފި

ސުންނީންނާއި ޝީޢީން އެކަތިގަނޑަކަށްވެ، ޚިޔާލުތަފާތުވުންތައް ނައްތާލަން އީރާނުން ގޮވާލައިފި

21 ދުވަސް ކުރިން - 09:26