
މިހާތަނަށް 35 މީހުން ޒަހަމް ވެފައި ވާއިރު އިރާގުގެ ސަލާމަތީ އިދާރާތަކުން ބުނި ގޮތުގައި، އިންޖީނުގެއިން ފެށުނު އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، އެ ސަރަހައްދުގެ ކައިރީގައި ހުރި އާންމުންގެ ގެތަކާއި ހަމަޔަށް ވަނީ ފޯރާފަ.
12 ގަޑިއިރު ކުރިން - 13:52
އިރާގު ހުޅަނގު ބޯޑަރު ގުޅެނީ ސައޫދީ އާއި ޖޯޑަން އަދި ސީރިޔާ. އިރާގުން އިތުރ7 ސިފައިންނާ ހަތިޔާރު އެތަނަށް ޖަމާކުރަނީ ސަރަހައްދީ ހަނގުރާމައިގެ ނުރައްކާ އިރާގުގެ ބޯޑަރުތަކަށް ފޯރާފާނެ ކަމުގެ ބިރު އޮތުމުން. އިރާގު ސަރުކާރުން ބޭނުންވަނީ އެއްވެސް ބޭރުގެ ބާރަކަށް އިރާގުގެ ސަރަހައްދަށް ނުވަދެވޭނެހެން ދިފާއު ވަރުގަދަކުރުމަށް.
15 ދުވަސް ކުރިން - 10:46
އެމެރިކާއާއި އީރާނުގެ މަސްރަޙު ގޯސްވެ، އެއް ޤައުމުން އަނެއް ޤައުމަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ގިނަ ޤައުމުތަކަކަށް އޭގެ ނޭދެވޭ އަސަރު ދަނީ ފޯރަމުން. ޢިރާޤަކީ ޖިއޮގްރަފީ ގޮތުން މި ދެ ބާރުގެ ދެމެދުގައިވާ ޤައުމަކަށް ވުމުން، ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ އެއްގައުމު.
36 ދުވަސް ކުރިން - 14:30