ތުރްކިޔޭ ފިޔަވައި މެދުއިރުމަތީގައިވާ އެމެރިކާގެ ގިނަ ތަންތަނަށް ޙަމަލާދީފި

ހުސައިން އިސްމާއިލް | 3 ގަޑިއިރު ކުރިން - 28 ފެބްރުއަރީ 2026 23:52
އީރާނުން ދުބާއީ އަށް ދިން ޙަމަލާގައި ލިބިފައިވާ ގެއްލުންތަކެއް
އީރާނުން ދުބާއީ އަށް ދިން ޙަމަލާގައި ލިބިފައިވާ ގެއްލުންތަކެއް
ޚުލާސާ

ޔޫ.އެސް. ގަތަރު، ކުވައިތު، ޔޫއޭއީ، ބަހްރެއިން، އުރުދުން، އަދި އިރާގުގައިވާ އެމެރިކާގެ ބޭސްތަކަށް އީރާނުން ވަނީ ޙަމަލާ ދީފަ

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކާއި ގުޅިގެން، ތެހެރާނުން ތުރްކިޔޭ ފިޔަވައި މެދުއިރުމަތީގައިވާ އެމެރިކާގެ ގިނަ ތަންތަނަށް ޙަމަލާ ދީފިއެވެ.

އީރާނުން އަދި ވެސް ދަނީ މިސައިލާއި ޑްރޯންގެ ގިނަ ޙަމަލާތަކެއް ދެމުންނެވެ.

އެގޮތުން، ގަތަރު، ކުވައިތު، ޔޫއޭއީ، ބަހްރެއިން، އުރުދުން، އަދި އިރާގު ގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ވަނީ ހަމަލާ ދީފައެވެ. މީގެ ތެރޭގައި ގަތަރުގެ އަލްއުދައިދު އެއާ ބޭސް އާއި ކުވައިތުގެ އަލްސަލީމް އެއާ ބޭސް އާއި ޔޫއޭއީގެ އަލް ދަފްރާ އެއާ ބޭސް އަދި ބަހްރެއިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ފްލީޓްގެ މައި މަރުކަޒު ހިމެނެއެވެ. މީގެ ތެރެއިން ގިނަ މިސައިލްތައް ދިފާއީ ނިޒާމުތަކުން ހުއްޓުވި ނަމަވެސް އެ ގައުމުތަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ތިރްކިޔޭ އކަކީ ނޭޓޯގެ މެންބަރު ޤައުމެކެވެ. އެ ޤައުމަށް ޙަމަލާ ދީފި ނަމަ މަސްރަޙު ވަރަށް ބޮޑަށް ބަދަލުވެ، ހަނގުރާމައިގެ ތެރެއަށް ނޭޓޯ އަށް ވަދެވޭނެ ދޮރު ހުޅުވޭނެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%