Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ހުސައިން އިސްމާއިލް
11 ގަޑިއިރު ކުރިން - 4 ޖުލައި 2026 11:40
ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ މަންޒަރެއް.
ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ މަންޒަރެއް.
ޚުލާސާ

ޣައްޒާ ހަނގުރާމައި ހަމާސް ނައްތައެއް ނުލެވުނު. ފަލަސްތީނުގެ ގަޒިއްޔާ އެކަހެރިކޮށްލަން ކުރި މަސައްކަތުން ނުކުތީ ދިމާ އިދިކޮޅު ނަތީޖާއެއް. މިއަދު ފަލަސްތީނުގެ މިނިވަންކަމުގެ ރޫހު ދުނިޔޭގެ ސިޔާސީ ވިސްނުމުގައި ކުރިއަށްވުރެ މާ ބޮޑަށް ވަނީ ވަރުގަދަވެފަ.

ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖުމްލަ އަދަދު ވަނީ 73,074 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި 21,500 އަށްވުރެ ގިނަ ކުޑަކުދިންނާއި 12,500 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. މި ހަމަލާތަކުގައި 173,537 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް 1،000 ދުވަސް ފުރުނުއިރު، އަސްކަރީ ގޮތުން ބޮޑެތި ބާރުތަކެއް ބޭނުންކުރި ނަމަވެސް އިސްރާއީލުގެ މައިގަނޑު ސިޔާސީ މަގްސަދުތައް ހާސިލެއް ނުވެއެވެ.

މި ހަނގުރާމައިގައި މުޅި ޣައްޒާ ސިޓީތައް ސުންނާފަތިކޮށް، އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިކުރުވައި، އެތައް ހާސް ކުދިންނާއި މައުސޫމް ރައްޔިތުން ޝަހީދުކޮށްލި ނަމަވެސް، ފަލަސްތީނުގައި ތިބި މުޖާހިދުން ނައްތައެއް ނުލެވުނެވެ. ތާރީޚުން ސާބިތުވާ ގޮތުގައި ހަމައެކަނި އަސްކަރީ ބާރަކުން، އަމިއްލަ ވަޒަނާއި އައިޑެންޓިޓީއަށްޓަކައި ޖިހާދުކުރާ ބައެއްގެ އަޒުމެއް ގުޑުވައެއް ނުލެވޭނެއެވެ.

Advertisement

Advertisement 1

މި ދިގުލައިގެންދިޔަ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އަސްކަރިއްޔާގެ ގާބިލުކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ގަރުނުތަކެއް ވަންދެން ޓެކްނޮލޮޖީއާއި ހަތިޔާރުގެ ކުރިއެރުން އެއީ އިސްރާއީލުގެ ސަލާމަތުގެ ރައްކާތެރިކަން ކަމަށް ދެކެމުން އައި ނަމަވެސް، ހަމާސް ފަދަ މުޖާހިދުންނާއި އިޒުރޭލާއި ދެކޮޅު އިތުރު ގްރޫޕްތައް އުފެދި، އިޒުރޭލުގެ ސްޓްރެޓެޖީ ވަނީ ނާކާމިޔާބުވެފައެވެ. އަސްކަރީ ކުރިއެރުން ހުރި ނަމަވެސް، އެ ބާރު ދާއިމީ ސިޔާސީ ކާމިޔާބީއަކަށް ބަދަލުކުރުމަށް އިސްރާއީލު ވަނީ ނުކުޅެދިފައެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލަށް އޮތް ތާއީދާއި ޝަރަފު ވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވަރސިޓީތަކާއި، ޖަމްއިއްޔާތަކާއި، އާންމު ރައްޔިތުން ދަނީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުންނެވެ. ފަލަސްތީނުގެ ދިދައަކީ މިއަދު އިސްތިއުމާރާ ދެކޮޅަށް ކުރާ މަސައްކަތުގެ ބައިނަލްއަގުވާމީ ރަމްޒަކަށް ވެއްޖެއެވެ. ބައިނަލްއަގުވާމީ ކޯޓުތަކުގައި ހިނގަމުންދާ ގާނޫނީ މައްސަލަތަކުން ހާމަވަނީ، އިސްރާއީލަށް ކުރިން ލިބެމުންދިޔަ ބައެއް އިސްތިސްނާ ހައްގުތައް މިހާރު ނިމުމަކަށް އަންނަމުންދާ ކަމެވެ.

މި ހަނގުރާމައިގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމައަށްފަހު އުފެދުނު ބައިނަލްއަގުވާމީ ނިޒާމުގެ ނުކުޅެދުންތެރިކަން ވެސް ވަނީ ފާޅުވެފައެވެ. ބޮޑެތި ބާރުތަކުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިނަލްއަގުވާމީ މުއައްސަސާތަކުން އިންސާފު ގާއިމުކުރުމުގައި ފޭލްވެފައިވާކަން ދުނިޔެއަށް އެނގިއްޖެއެވެ. ނަމަވެސް، ފަލަސްތީނުގެ ގަޒިއްޔާ އެކަހެރިކޮށްލަން ކުރި މަސައްކަތުން ނުކުތީ ދިމާ އިދިކޮޅު ނަތީޖާއެކެވެ. މިއަދު ފަލަސްތީނުގެ މިނިވަންކަމުގެ ރޫހު ދުނިޔޭގެ ސިޔާސީ ވިސްނުމުގައި ކުރިއަށްވުރެ މާ ބޮޑަށް ވަނީ ވަރުގަދަވެފައެވެ.

ޣައްޒާއިސްރާއީލްރިޕޯޯޓް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް އަރައިފި

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް

2 ގަޑިއިރު ކުރިން - 21:30

ޖަބަލިޔާ މިސްކިތް ތަޅާލަން އުޅުނު މީހާގެ ބޮލަށް މުންނާރު ވެއްޓި މަރުވެއްޖެ

ޖަބަލިޔާ މިސްކިތް ތަޅާލަން އުޅުނު މީހާގެ ބޮލަށް މުންނާރު ވެއްޓި މަރުވެއްޖެ

7 ދުވަސް ކުރިން - 07:37

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

10 ދުވަސް ކުރިން - 22:23

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

12 ދުވަސް ކުރިން - 17:47

އިސްރާއީލާއި އެމެރިކާއިން އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ބުނެ، ހޯރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ބުނެ، ހޯރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރުދީފި

14 ދުވަސް ކުރިން - 21:28

އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކެއްގައި 32 މީހުން ޝަހީދުވެ، ސުލްހައިގެ ވާހަކަތަކަށް ހުރަސް އެޅިއްޖެ

އިސްރާއީލުން ލުބުނާނަށް ހަމަލާދީ 32 މީހަކު ޝަހީދުކޮށް ސުލްހައިގެ ވާހަކަތަކަށް ހުރަސްއަޅައިފި

14 ދުވަސް ކުރިން - 21:21