އާ ސަރުކާރަކީ އެމެރިކާގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ހިނގާނެ ސަރުކާރެއް. މައިގަނޑު ބޭނުމަކީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން. އެމެރިކާއިން އެކުލަވާލި މި ރޭވުމުގެ ސަބަބުން، އުފެދޭ އާ ސަރުކާރަކީ އިސްރާއީލަށް ނުރައްކަލެއް ނުވާނެ، "ވަފާތެރި" ސަރުކާރަކަށް ހެދުމަށް ވަނީ މަގުފަހިވެފަ.
97 ދުވަސް ކުރިން - 11:26
ސަރަޙައްދީ މަސްލަޙަތު ހިމާޔަތްކުރުމަށާއި، މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އުމާނުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ. މި ދަތުރުފުޅަކީ މެދުއިރުމަތީގައި އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން މަސްލަޙަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ކުރައްވާ މުހިންމު ދަތުރުފުޅެއް.
98 ދުވަސް ކުރިން - 01:17
މިއީ އެގައުމުގެ ތާރީހުގައުވެސް ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ. މި ހާދިސާގައި މީހުން މަރުވާން މެދުވެރިވި މައިގަނޑު ސަބަބަކީ ރައްކާތެރި އިރުޝާދުތަކަށް ނުބަލައި ކާރުތަކުގައި ފިލަން މަސައްކަތްކުރި ބައެއް. މަރުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ފްރާންސް، އިންގްލެންޑް އަދި ބެލްޖިއަމް ރައްޔިތުން.
98 ދުވަސް ކުރިން - 17:24
ހަސީނާ ފާހަގަކުރެއްވި ގޮތުގައި އޭނާގެ ޕާޓީގެ ލީޑަރުންނާއި މަސައްކަތްތެރިންނަށް ގައުމުގައި ބޮޑެތި އަނިޔާތަކާއި ފިއްތުންތައް ކުރިމަތިވަމުންދާއިރު، މަރުވާން ބޭނުންވަނީ އަމިއްލަ ފަސްގަނޑުގައި ކަމަށް. ހަސީނާ އިންޑިއާގައި ހުންނެވުމުގެ ސަބަބުން ބަންގްލަދޭޝާއި އިންޑިއާގެ ސިޔާސީ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ.
98 ދުވަސް ކުރިން - 16:10
ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ހަ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔައިރު، މިއީ ފަހުގެ ތާރީޚެއްގައި ދުނިޔޭގައި ބޭއްވުނު އެންމެ ބޮޑު އެއް ޖަނާޒާ. ޚާމަނާއީއާ އެކު އެ ހަމަލާގައި އަވަހާރަވި އޭނާގެ އާއިލާގެ ހަތަރު ބޭފުޅެއްގެ ހަށިކޮޅު ވެސް ވަނީ އޭނާއާ އެކު އެއްތަނެއްގައި ފަސްދާނުލާފަ.
98 ދުވަސް ކުރިން - 13:38
ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެމެރިކާއިން ދިން ހަމަލާތަކުގައި 14 މީހުން މަރުވެ، 5 ޕްރޮވިންސަކުން 78 މީހުން ވަނީ ޒަހަމްވެފަ. ރައްދުގައި އީރާނުން ވަނީ ކުވައިތު، ބަހްރޭން އަދި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ.
98 ދުވަސް ކުރިން - 06:41
ގްރީންލޭންޑްގެ މުސްތަގުބަލު ނިންމާނީ އެ ގައުމުގެ ރައްޔިތުން ކަމަށާއި ބޭރުގެ ބާރުތަކަށް އެ ފުރުސަތު ނޯންނާނެ ކަމަށް ވިދާޅުވުމުން، އެކަމާއި ނުރުހުން ފާޅުކުރައްވައި ޓްރަމްޕް ވަނީ، އެމެރިކާއިން ޔޫރަޕްގެ ސަލާމަތަށް ކުރާ ހޭދަ ކުޑަކޮށް، ސިފައިން މަދުކޮށްފާނެ ކަމުގެ އިންޒާރު ދެއްވާފަ.
99 ދުވަސް ކުރިން - 21:05
ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، 78 މީހުން ވަނީ ޒަހަމްވެފަ. ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، 78 މީހުން ވަނީ ޒަހަމްވެފައެވެ. މަރުވި މީހުންގެ ތެރޭގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ގެ މެންބަރަކާއި، އެއާޕޯޓެއްގައި މަސައްކަތްކުރި ފަޔަރފައިޓަރެއް ހިމެނޭ.
99 ދުވަސް ކުރިން - 19:25
އިސްރާއީލު ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު ވަނީ އާދަޔާ ހިލާފަށް އިތުރުވާން ފަށާފަ. މިދިޔަ އަހަރު ވެސް 22 ސިފައިން ވަނީ އަމިއްލައަށް މަރުވެފަ. އިޒުރޭލު ސިފައިން އަމިއްލަ އަށް މަރުވާ މިންވަރު ގިނަވެ، އިސްރާއީލުގެ ޕާލަމަންޓުން ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ.
99 ދުވަސް ކުރިން - 13:08
ޔޫއޭއީން ޕާކިސްތާނަށް ދަތުރުކުރި ކޭޓޫ އެއާވޭސްގެ ބޯއިން ކާގޯ ބޯޓު ނެވިގޭޝަން މައްސަލައަކަށްފަހު އަރަބި ކަނޑަށް ވެއްޓިފައިވަނިކޮށް، ބޯޓުގެ ބައިތައް ފެނިއްޖެ. އޭގައި ތިބި ފަސް ފަޅުވެރިން ހޯދުމަށް ކަނޑުގެ ސިފައިން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން.
100 ދުވަސް ކުރިން - 00:39
ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ފްރާންސާއި އިނގިރޭސިވިލާތް އިސްވެ، ނޭޓޯ އާއި ގަލްފުގެ އަރަބި ގައުމުތަކާ ގުޅިގެން މަލްޓިނޭޝަނަލް މެރިޓައިމް މިޝަނެއް ކުރިއަށް ގެންދިއުމުގެ ޕްލޭންތަކެއް ނޭޓޯ ސަމިޓުގެ ހަވާސާގައި ބޭއްވި ބައްދަލުވުންތަކުގައި ވަނީ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފަ
100 ދުވަސް ކުރިން - 18:47
ޓްރަމްޕް ވިދާޅުވީ އީރާނާއެކު އޮތް ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން މިހާރު މިއޮތީ މުޅިން ނިމުމަކަށް އައިސްފައި ކަމަށާއި އީރާނަށް ހަމަލާދޭން ތުރުކީގެ އަސްކަރީ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ކޮންމެހެން ބޭނުންވާ ކަމަށް. އެރްދޮޣާން ވިދާޅުވީ ނޫނެކޭ.
100 ދުވަސް ކުރިން - 17:15