Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ހަށިކޮޅު ފަސްދާނުލައިފި

އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ހަށިކޮޅު ފަސްދާނުލައިފި

ހުސައިން އިސްމާއިލް
9 ގަޑިއިރު ކުރިން - 10 ޖުލައި 2026 13:38
ޚާމަނާއީހެ ޖަނާޒާގެ ތެރެއިން (ފޮޓޯ: އަލްޖަޒީރާ)
ޚާމަނާއީހެ ޖަނާޒާގެ ތެރެއިން (ފޮޓޯ: އަލްޖަޒީރާ)
ޚުލާސާ

ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ހަ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔައިރު، މިއީ ފަހުގެ ތާރީޚެއްގައި ދުނިޔޭގައި ބޭއްވުނު އެންމެ ބޮޑު އެއް ޖަނާޒާ. ޚާމަނާއީއާ އެކު އެ ހަމަލާގައި އަވަހާރަވި އޭނާގެ އާއިލާގެ ހަތަރު ބޭފުޅެއްގެ ހަށިކޮޅު ވެސް ވަނީ އޭނާއާ އެކު އެއްތަނެއްގައި ފަސްދާނުލާފަ.

އީރާނުގެ އެންމެ މަތީ ދީނީ އަދި ސިޔާސީ ލީޑަރުގެ މަގާމު ފުރުއްވި އާޔަތުﷲ އަލީ ޚާމަނާއީގެ ހަށިކޮޅު، އޭނާ އުފަންވެވަޑައިގެންނެވި މަޝްހަދު ސިޓީގައި ހުންނަ ޝީޢީންގެ އެންމެ މުގައްދަސް ބިނާ ކަމަށްވާ "އިމާމް ރިޒާ" ގެ މަރުކަޒުގައި ފަސްދާނުލައިފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް ދިން ކުއްލި ވައިގެ ހަމަލާތަކެއްގައި ޚާމަނާއީ އަވަހާރަވި ނަމަވެސް، ގައުމުގައި ހިނގަމުންދިޔަ ހަނގުރާމައިގެ ސަބަބުން އޭނާގެ ޖަނާޒާ ބޭއްވުން 100 އަށް ވުރެ ގިނަ ދުވަހަށް ލަސްވެގެންދިޔައީއެވެ.

ޚާމަނާއީއާ އެކު އެ ހަމަލާގައި އަވަހާރަވި އޭނާގެ އާއިލާގެ ހަތަރު ބޭފުޅެއްގެ ހަށިކޮޅު ވެސް ވަނީ އޭނާއާ އެކު އެއްތަނެއްގައި ފަސްދާނުލާފައެވެ.

Advertisement

Advertisement 1

ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ހަ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔައިރު، މިއީ ފަހުގެ ތާރީޚެއްގައި ދުނިޔޭގައި ބޭއްވުނު އެންމެ ބޮޑު އެއް ޖަނާޒާ އެވެ. އޭނާގެ ސަންދޯއް ވަނީ އީރާނުގެ ވެރިރަށް ތެހެރާނާއި، ދީނީ މަރުކަޒެއް ކަމަށްވާ ގޮމްގެ އިތުރުން، އަވަށްޓެހި އިރާގުގެ މުގައްދަސް ރަށްތައް ކަމަށްވާ ނަޖަފް އަދި ކަރުބަލާގެ މަގުތަކުގައި އުފުލާފަ އެވެ. މި ހުރިހާ ސިޓީތަކެއްގެ މަގުތަކަށް އެތައް މިލިއަން ބަޔަކު ކަޅު ހެދުމުގައި ޖަމާވެ، ހިތާމަ ފާޅުކުރަމުން ދިޔައިރު، މަޝްހަދުގައި ބޭއްވި އެންމެ ފަހުގެ ރަސްމިއްޔާތަށް އެކަނިވެސް 15 މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން އެއްވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ބިޔަ ޖަނާޒާގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ އީރާނުގެ ރައްޔިތުން އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ކުރަމުންދިޔަ ހަރުކަށި މުޒާހަރާތަކާއި ބަދަލުހިފުމުގެ ޝިއާރުތަކެވެ. ޖަނާޒާގެ ބައިވެރިން ދިޔައީ ރަތް ކުލައިގެ ދިދަތަކާއި ޚާމަނާއީގެ ފޮޓޯތައް ހިފައިގެން "އެމެރިކާ ހަލާކުވެދާށި" އަދި "އިސްރާއީލް ނެތިދާށި" ގޮވަމުންނެވެ. އަދި ހަމަލާ ދިނުމަށް އަމުރުކުރެއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރާނަ ދުއްވާލާނެ ކަމަށް ބުނެ "ޓްރަމްޕް، ތިމަންމެން ކަލޭ ގަތުލުކުރާނަން" ލިޔެފައިވާ ބޮޑެތި ބެނާތައް މީހުންގެ ތެރޭގައި ހުޅުވާލާފައި ހުއްޓެވެ. އީރާނުގެ ދައުލަތުން މި ރަސްމިއްޔާތު ބޭނުންކުރީ އެގައުމުގެ ދީނީ އަދި އައިޑިއޮލޮޖިކަލް ބާރު ދުނިޔެއަށް ދައްކާލުމުގެ ވަސީލަތެއްގެ ގޮތުގަ އެވެ.

ޚާމަނާއީއީރާން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

16 ގަޑިއިރު ކުރިން - 06:41

ޚާމަނާއީ ފަސްދާނުލުން ބުރާސްފަތި ދުވަހު

ޚާމަނާއީ ފަސްދާނުލުން ބުރާސްފަތި ދުވަހު

5 ދުވަސް ކުރިން - 10:02

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

6 ދުވަސް ކުރިން - 11:15

ޚާމަނާއީގެ ޖަނާޒާ އަށް ފަހު އެމެރިކާ-އީރާން މަޝްވަރާތައް އަލުން ފަށާނެ

ޚާމަނާއީގެ ޖަނާޒާ އަށް ފަހު އެމެރިކާ-އީރާން މަޝްވަރާތައް އަލުން ފަށާނެ

8 ދުވަސް ކުރިން - 12:18

ރިވޮލިއުޝަނަރީ ގާޑުންގެ ދެމީހަކު މަރާލައިފި

ރިވޮލިއުޝަނަރީ ގާޑުންގެ ދެމީހަކު މަރާލައިފި

10 ދުވަސް ކުރިން - 12:16

ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއި އީރާނުން މަޝްވަރާކުރަން ނިންމައިފި

ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއި އީރާނުން މަޝްވަރާކުރަން ނިންމައިފި

11 ދުވަސް ކުރިން - 09:10