Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ހުސައިން އިސްމާއިލް
1 ގަޑިއިރު ކުރިން - 9 ޖުލައި 2026 21:05
ނޭޓޯ ސަމިޓުގައި ޓްރަމްޕް ކޯފާ އިސްކުރައްވައި ވާހަކަފުޅު ދައްކަވަނީ (ތުރްކިޔޭ، އަންކާރާ)
ނޭޓޯ ސަމިޓުގައި ޓްރަމްޕް ކޯފާ އިސްކުރައްވައި ވާހަކަފުޅު ދައްކަވަނީ (ތުރްކިޔޭ، އަންކާރާ)
ޚުލާސާ

ގްރީންލޭންޑްގެ މުސްތަގުބަލު ނިންމާނީ އެ ގައުމުގެ ރައްޔިތުން ކަމަށާއި ބޭރުގެ ބާރުތަކަށް އެ ފުރުސަތު ނޯންނާނެ ކަމަށް ވިދާޅުވުމުން، އެކަމާއި ނުރުހުން ފާޅުކުރައްވައި ޓްރަމްޕް ވަނީ، އެމެރިކާއިން ޔޫރަޕްގެ ސަލާމަތަށް ކުރާ ހޭދަ ކުޑަކޮށް، ސިފައިން މަދުކޮށްފާނެ ކަމުގެ އިންޒާރު ދެއްވާފަ.

ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓުގައި، އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގްރީންލޭންޑް ގެނައުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުން އިއްތިހާދުގެ ގައުމުތަކުން ތާއީދު ނުކޮށް ބޭރުކޮށްލައިފިއެވެ.

މި ބައްދަލުވުމަށް ޓްރަމްޕް ވަޑައިގެންނެވީ ގްރީންލޭންޑަކީ އެމެރިކާގެ ސަލާމަތަށް މުހިންމު ތަނެއް ކަމަށާއި، އެތަން ކޮންޓްރޯލް ކުރަންޖެހޭނީ ޑެންމާކުން ނޫން ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް، ނޭޓޯގެ މެންބަރު ގައުމުތަކުން މިކަމަށް އެއްވެސް ތާއީދެއް ނުދިނުމުން، ޓްރަމްޕް ވަނީ އިއްތިހާދުގެ ގައުމުތަކުން އެމެރިކާގެ މިލިޓަރީ މަސްލަހަތުތަކަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ހުށަހެޅުމާ ގުޅިގެން ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަން ވަނީ ވަގުތުން ރައްދު ދެއްވައި، ގްރީންލޭންޑަކީ ވިއްކާލަން އޮތް ތަނެއް ނޫން ކަމަށް ހަރުކަށި އިބާރާތުން ވިދާޅުވެފައެވެ. އަދި ޑެންމާކުގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ކޮންމެ އިންޗިއެއް ދިފާއުކުރުމަށް އެ ގައުމު އޮތީ ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ގްރީންލޭންޑްގެ ބޮޑުވަޒީރު ޖެންސް-ފްރެޑްރިކް ނީލްސަން ވެސް ވަނީ މީސްމީޑިއާގައި ބަޔާނެއް ނެރުއްވައި، ގްރީންލޭންޑްގެ މުސްތަގުބަލު ނިންމާނީ އެ ގައުމުގެ ރައްޔިތުން ކަމަށާއި ބޭރުގެ ބާރުތަކަށް އެ ފުރުސަތު ނޯންނާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ހުށަހެޅުމަށް ފުރަގަސްދެއްވާފައެވެ.

Advertisement

Advertisement 1

ނޭޓޯގެ ބައިވެރިން މި ހުށަހެޅުން ބޭރުކޮށްލުމާ ގުޅިގެން، ޓްރަމްޕް ވަނީ ޔޫރަޕްގެ ގައުމުތަކަށް ނުރުހުން ފާޅުކުރައްވައި، އެމެރިކާއިން ޔޫރަޕްގެ ސަލާމަތަށް ކުރާ ހޭދަ ކުޑަކޮށް، ސިފައިން މަދުކޮށްފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާއިން އަބަދުވެސް ނޭޓޯގެ ގައުމުތަކުގެ ދިފާއުގައި ކުރިއަށް ނުކުންނަ އިރު، އެމެރިކާއިން ބޭނުންވާ ކަންކަމުގައި ބައިވެރިންގެ ފަރާތުން އެއްބާރުލުން ނުލިބުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.

ގްރީންލޭންޑްގެ އިތުރުން އިރާނާއި ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައަށް ނޭޓޯއިން އެހީތެރިނުވާތީ ވެސް ޓްރަމްޕް ވަނީ ބައެއް މެންބަރު ގައުމުތައް ދެކެ ވަރަށް ބޮޑަށް ކޯފާވެފައެވެ.

ނޭޓޯޑެންމާކްއެމެރިކާޑޮނަލްޑް ޓްރަމްޕު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް ފަށަން ރާވައިފި

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް!

1 ދުވަސް ކުރިން - 18:47

ނޭޓޯ ބައްދަލުވުން؛ އީރާން މައްސަލައިގައި ޓްރަމްޕަށް އެރްދޮޣާން ނޯ ޖަހައިފި

ނޭޓޯ ބައްދަލުވުން؛ އީރާން މައްސަލައިގައި ޓްރަމްޕަށް އެރްދޮޣާން ނޯ ޖަހައިފި

1 ދުވަސް ކުރިން - 17:15

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

1 ދުވަސް ކުރިން - 14:36

ޓްރަމްޕު ނުފޫޒު ފޯރުވައި ހުރިހާ ބާރެއް ބޭނުންކުރީމާ ވެސް އެމެރިކާ ކަޓައިފި

ޓްރަމްޕު ނުފޫޒު ފޯރުވައި ހުރިހާ ބާރެއް ބޭނުންކުރީމާ ވެސް އެމެރިކާ ކަޓައިފި

2 ދުވަސް ކުރިން - 10:30

ގިނަމީހުން ބޭނުމީ އެމެރިކާ ބަލިވާތަން ދެކެން

ގިނަމީހުން ބޭނުމީ އެމެރިކާ ބަލިވާތަން ދެކެން

2 ދުވަސް ކުރިން - 23:09

ޓްރަމްޕް މައްސަލަ ޖެއްސުމުން ބަލޯގަންގެ ރަތްކާޑު ސަސްޕެންޝަން އުވާލައިފި!

ޓްރަމްޕް މައްސަލަ ޖެއްސުމުން ބަލޯގަންގެ ރަތްކާޑު ސަސްޕެންޝަން އުވާލައިފި!

2 ދުވަސް ކުރިން - 23:05