Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އައިޝަތު ރުވާ ރިފްޢަތު
98 ދުވަސް ކުރިން - 10 ޖުލައި 2026 06:41
އީރާނުގެ ދެކުނު އިރުމަތީ ސިޓީއެއް ކަމަށްވާ ޗަބަހާރުގައި ހުންނަ މައި ބަނދަރުގެ ކޮންޓްރޯލް ޓަވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި---
އީރާނުގެ ދެކުނު އިރުމަތީ ސިޓީއެއް ކަމަށްވާ ޗަބަހާރުގައި ހުންނަ މައި ބަނދަރުގެ ކޮންޓްރޯލް ޓަވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި---
ޚުލާސާ

ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެމެރިކާއިން ދިން ހަމަލާތަކުގައި 14 މީހުން މަރުވެ، 5 ޕްރޮވިންސަކުން 78 މީހުން ވަނީ ޒަހަމްވެފަ. ރައްދުގައި އީރާނުން ވަނީ ކުވައިތު، ބަހްރޭން އަދި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފަ.

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ދެވަނަ ބުރަކަށްފަހު، އޭގެ ރައްދުގައި އީރާނުން ބުރާސްފަތި ދުވަހު ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ދެ ގައުމުގެ ދެމެދުގައި ބަދަލުކުރަމުންދާ މި ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް މުހައްލިލުން ބުނެއެވެ.

އެމެރިކާއިން ބުނާ ގޮތުގައި އެގައުމުން ވަނީ އީރާނުގެ އަސްކަރީ 90 އަމާޒަކަށް ހަމަލާދީފައެވެ. މީގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ހުރި ބައެއް އަމާޒުތައް ވެސް ހިމެނެއެވެ. އީރާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެމެރިކާއިން ދިން ހަމަލާތަކުގައި 14 މީހުން މަރުވެ، 5 ޕްރޮވިންސަކުން 78 މީހުން ވަނީ ޒަޚަމްވެފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޫޝެހެރު ނިއުކްލިއަރ ޕަވަރ ޕްލާންޓް ކައިރީގައި ހުރި ބައެއް ތަންތަނަށް ވެސް ހަމަލާތައް ވަނީ އަރާފައެވެ. ނަމަވެސް އެމެރިކާއިން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement

Advertisement 1

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ ކުވައިތު، ބަހްރޭން އަދި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. އަދި ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައި އުރުދުން އާއި އިރާގުގައި ހުރި ބައެއް ތަންތަނަށް ވެސް އީރާނުން ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކާ ގުޅިގެން ބަހްރޭންގެ ވެރިރަށް މަނާމާގައި ބާރުގަދަ ގޮވުންތަކެއް އިވިފައިވާއިރު، ކުވައިތުން ވަނީ އެގައުމަށް އަމާޒުވި މިސައިލްތަކާއި ޑްރޯންތައް ވައްޓާލާފައެވެ. އަދި ގަތަރުން ވަނީ ސަލާމަތީ އެލާޓެއް ނެރެފައެވެ.

މި ހަމަލާތައް ކުރިއަށްދާއިރު، ފާއިތުވި ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއެއްގައި އަވަހާރަވި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާގެ ކަންކަން ހަ ދުވަހަށްފަހު އީރާނުގެ މަޝްހަދު ސިޓީގައި ވަނީ ބާއްވާފައެވެ. މި ޖަނާޒާގައި ބައިވެރިވި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް މަރުގެ އިންޒާރު ހިމެނޭ ބޯޑުތައް އުފުލާފައެވެ.

އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ އެމެރިކާގެ މި ހަމަލާތަކަކީ "ބޮޑު ހަނގުރާމައިގެ ކުށެއް" ކަމަށް ސިފަކޮށް، އެމެރިކާ ސަރުކާރަކީ "ނުބައި އަދި ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލުކުރާ" ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ބްރިޖްތަކާއި ރޭލްވޭ މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައި އީރާނުގެ ދެކުނު ބަނދަރެއް ކަމަށްވާ ކޮނާރަކްގައި ވެސް ބާރުގަދަ ގޮވުންތަކެއް އިވިފައިވެއެވެ. އީރާނުގެ އޮފިޝަލުން ބުނާ ގޮތުގައި އެއީ "ދުޝްމަނުން" އެގައުމުގެ ކަނޑުގެ ސިފައިންގެ މަރުކަޒަކަށް ދިން ހަމަލާއެކެވެ. ނަމަވެސް އެމެރިކާގެ އަސްކަރީ އޮފިޝަލަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފާއިތުވި ގަޑިއިރުތަކުގައި އެމެރިކާއިން އީރާނަށް އެއްވެސް ހަމަލާއެއް ދީފައިނުވާނެ ކަމަށެވެ.

އީރާން - އެމެރިކާއީރާންއީރާން ކްރައިސިސް 2026އެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެމެރިކާ-އީރާން ހަނގުރާމައިގެ ސަބަބުން ޢިރާޤަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ

އެމެރިކާ-އީރާން ހަނގުރާމައިގެ ސަބަބުން ޢިރާޤަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ

13 ގަޑިއިރު ކުރިން - 14:30

އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހައި 3 ކުޑަކުދިންނާއި ޓީޗަރަކު މަރާލައިފި

އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހައި 3 ކުޑަކުދިންނާއި ޓީޗަރަކު މަރާލައިފި

14 ގަޑިއިރު ކުރިން - 14:08

އޯޕަންއޭއައިގެ އޮފީހުގައި އަޑުއަހާ ވަސީލަތެއް ހަރުކުރި ސައުދީ ރައްޔިތަކު އެމެރިކާއިން ހައްޔަރުކޮށްފި

އޯޕަންއޭއައިގެ އޮފީހުގައި އަޑުއަހާ ވަސީލަތެއް ހަރުކުރި ސައުދީ ރައްޔިތަކު އެމެރިކާއިން ހައްޔަރުކޮށްފި

16 ގަޑިއިރު ކުރިން - 11:41

އެމެރިކާ ބަލިވަންދެން ހަނގުރާމަކުރާނެ ކަމަށް އީރާނުން ބުނެފި

އެމެރިކާ ބަލިވަންދެން ހަނގުރާމަކުރާނެ ކަމަށް އީރާނުން ބުނެފި

1 ދުވަސް ކުރިން - 09:17

ހުރްމުޒް ކަނޑުއޮޅިން ކޮންޓޭނަރުތަކަކާއެކު ބޯޓެއް ގޮވައިފި

ހުރްމުޒް ކަނޑުއޮޅިން ކޮންޓޭނަރުތަކަކާއެކު ބޯޓެއް ގޮވައިފި

2 ދުވަސް ކުރިން - 15:28

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް، 5 މިލިއަން ޓަނުގެ ތެޔޮ ބޭރުކޮށްފި

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް، 5 މިލިއަން ޓަނުގެ ތެޔޮ ބޭރުކޮށްފި

3 ދުވަސް ކުރިން - 10:27