Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނޭޓޯ ބައްދަލުވުން؛ އީރާން މައްސަލައިގައި ޓްރަމްޕަށް އެރްދޮޣާން ނޯ ޖަހައިފި

ނޭޓޯ ބައްދަލުވުން؛ އީރާން މައްސަލައިގައި ޓްރަމްޕަށް އެރްދޮޣާން ނޯ ޖަހައިފި

ހުސައިން އިސްމާއިލް
51 ދުވަސް ކުރިން - 8 ޖުލައި 2026 17:15
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރްދޮޣާން.
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރްދޮޣާން.
ޚުލާސާ

ޓްރަމްޕް ވިދާޅުވީ އީރާނާއެކު އޮތް ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން މިހާރު މިއޮތީ މުޅިން ނިމުމަކަށް އައިސްފައި ކަމަށާއި އީރާނަށް ހަމަލާދޭން ތުރުކީގެ އަސްކަރީ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ކޮންމެހެން ބޭނުންވާ ކަމަށް. އެރްދޮޣާން ވިދާޅުވީ ނޫނެކޭ.

ތުރުކިޔޭގެ ވެރިރަށް އަންކާރާގައި މިހާރު ކުރިއަށްދާ ނޭޓޯ ސަމިޓުގެ ތެރެއިން، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ އަސްކަރީ ހަމަލާތަކަށް ތުރުކީވިލާތުގައި ހުރި ނޭޓޯގެ އަސްކަރީ ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންނެވި ނަމަވެސް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރްދޮޣާން އެކަމަށް އިންކާރު ކުރައްވައިފިއެވެ.

މެދުއިރުމަތީގައި މަސްރަހު ގޯސްވެ، އެމެރިކާ އާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕް ވަނީ ނޭޓޯގެ ބައެއް ގައުމުތަކުން އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް އެއްބާރުލުން ނުދޭތީ ސަމިޓުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް، ތުރުކީގެ ހާރިޖީ ވުޒާރާއިންނާއި ސަލާމަތީ ބާރުތަކުން ހާމަކޮށްފައިވާ ގޮތުގައި، ތުރުކީގެ އިސްތިގުލާލީ ބާރު ހިނގާ އިންޖިރްލިކް ބޭސް ފަދަ އެއްވެސް އަސްކަރީ މަރުކަޒެއް އީރާނާ ދެކޮޅު ހަނގުރާމައިގެ އޮޕަރޭޝަންތަކަށް ބޭނުންކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދޭނެއެވެ.

ތުރުކީގެ ޑިސިންފޮމޭޝަން ސެންޓަރުން ވެސް ވަނީ މިއީ ތުރުކީން ބައިވެރިވާ ހަނގުރާމައަކަށް ނުވާތީ، ގައުމުގެ ވައިގެ ސަރަހައްދާއި، ބިމާއި، ކަނޑުގެ އެއްވެސް ވަސީލަތެއް މި ހަމަލާތަކުގައި ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ބުނެ، ތުރުކީން މި މައްސަލައިގައި ގެންގުޅޭ މިނިވަން އަދި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ތަކުރާރުކޮށްފައެވެ.

Advertisement

Advertisement 1

މި ސަމިޓުގައި ރައީސް އެރްދޮޣާން ވަނީ ހަނގުރާމަ ފުޅާކުރުމުގެ ބަދަލުގައި، ސިޔާސީ އަދި ހާރިޖީ މަގުން މި މައްސަލައަށް ހައްލެއް ހޯދުމަށް ޓްރަމްޕަށް ގޮވާލައްވާފައެވެ. ނަމަވެސް ޓްރަމްޕް މިއަދު ވިދާޅުވީ އީރާނާއެކު އޮތް ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން މިހާރު މިއޮތީ މުޅިން ނިމުމަކަށް އައިސްފައި ކަމަށެވެ.

ރަޖަބް ތައްޔިބް އެރްދޮގާންނޭޓޯއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

9 ދުވަސް ކުރިން - 04:34

ތުރުކީ، ސައޫދީ އަދި ޕާކިސްތާނުގެ ދިފާއީ އެއްބަސްވުމާ މިސްރު ގުޅުމުގެ ފުރުސަތު އެބައޮތް: އެރްދޮގާން

"ތުރުކީ، ސައޫދީ އަދި ޕާކިސްތާނުގެ އެއްބަސްވުމާ މިސްރު ގުޅުމުގެ ފުރުސަތު އެބައޮތް"

13 ދުވަސް ކުރިން - 09:38

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުންދީފި

25 ދުވަސް ކުރިން - 13:10

އީރާނާއެކު މަޝްވަރާ ކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވީ ސައޫދީ

އީރާނާއެކު މަޝްވަރާ ކުރުމަށް ޓްރަމްޕަށް މަޖުބޫރުކުރުވީ ސައޫދީ

26 ދުވަސް ކުރިން - 10:26