Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް އަރައިފި

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް އަރައިފި

އައިޝަތު ރުވާ ރިފްޢަތު
2 ގަޑިއިރު ކުރިން - 4 ޖުލައި 2026 21:30
އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއަކަށްފަހު ދުން އަރަނީ---
އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއަކަށްފަހު ދުން އަރަނީ---
ޚުލާސާ

މި ހަމަލާތަކުގައި އެކި މިންވަރަށް ޒަޚަމްވި މީހުންގެ އަދަދު 12،202 އަށް އަރާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވޭ. އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ، އެމެރިކާ މެދުވެރިވެގެން އެކުލަވާލި ހަމަލާތައް ހުއްޓާލުމުގެ އޮނިގަނޑެއްގައި މިދިޔަ ހަފުތާގައި ސޮއިކޮށްފައި ވަނިކޮށް.

ލުބުނާނުގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންދާ ވަރުގަދަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،300 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ޤައުމުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މާޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4،303 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި ހަމަލާތަކުގައި އެކި މިންވަރަށް ޒަޚަމްވި މީހުންގެ އަދަދު 12،202 އަށް އަރާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ، އެމެރިކާ މެދުވެރިވެގެން އެކުލަވާލި ހަމަލާތައް ހުއްޓާލުމުގެ އޮނިގަނޑެއްގައި މިދިޔަ ހަފުތާގައި ސޮއިކޮށްފައި ވަނިކޮށެވެ. ނަމަވެސް، އެ އެއްބަސްވުމަށް ބޯލެނބުމެއް ނެތި އިސްރާއީލުން ދަނީ ލުބުނާނުގެ އެކި ސަރަޙައްދުތަކަށް ބޮން އަޅަމުންނެވެ.

Advertisement

Advertisement 1

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ އެ ޤައުމުގެ ހަމަލާތައް އަމާޒުކުރަނީ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާޢަތުގެ މަރުކަޒުތަކަށް ކަމަށެވެ. އެހެންނަމަވެސް، މި ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ސުލްހައިގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން އެ އެއްބަސްވުމާ ޚިލާފަށް ހިންގަމުންދާ އުދުވާނުގެ ސަބަބުން ލުބުނާނުގެ އިންސާނީ ހާލަތު އިތުރަށް ގޯސްވެ، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

އިސްރާއީލްލުބްނާންލުބްނާން ހަނގުރާމަ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

11 ގަޑިއިރު ކުރިން - 11:40

ތިންފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

5 ދުވަސް ކުރިން - 07:05

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

10 ދުވަސް ކުރިން - 22:23

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

12 ދުވަސް ކުރިން - 17:47

ހިޒްބުﷲ އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސޫރިޔާ ސިފައިން ލުބްނާނަށް ނުވަންނާނެ: ރައީސް އަލްޝަރާ

ހިޒްބުﷲ އާ ދެކޮޅަށް ސޫރިޔާ ސިފައިން ލުބްނާނަށް ނުވަންނާނެ: އަލްޝަރާ

12 ދުވަސް ކުރިން - 10:13

އިސްރާއީލާއި އެމެރިކާއިން އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ބުނެ، ހޯރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ބުނެ، ހޯރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރުދީފި

14 ދުވަސް ކުރިން - 21:28