Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޚާމަނާއީގެ ޖަނާޒާ އަށް ފަހު އެމެރިކާ-އީރާން މަޝްވަރާތައް އަލުން ފަށާނެ

ޚާމަނާއީގެ ޖަނާޒާ އަށް ފަހު އެމެރިކާ-އީރާން މަޝްވަރާތައް އަލުން ފަށާނެ

ހުސައިން އިސްމާއިލް
55 ދުވަސް ކުރިން - 2 ޖުލައި 2026 12:18
މެދުއިރުމަތީގެ މައްސަލަތަކާއި ގުޅިގެން ޕާކިސްތާނާއި އީރާނާއި ދެމެދު މީގެ ކުރިން ބޭއްވި މަޝްވަރާގެ ތެރެއިން. / ފޮޓޯ: ޕާކިސްތާން ފޮރިން މިނިސްޓްރީ
މެދުއިރުމަތީގެ މައްސަލަތަކާއި ގުޅިގެން ޕާކިސްތާނާއި އީރާނާއި ދެމެދު މީގެ ކުރިން ބޭއްވި މަޝްވަރާގެ ތެރެއިން. / ފޮޓޯ: ޕާކިސްތާން ފޮރިން މިނިސްޓްރީ
ޚުލާސާ

އީރާނު ހަނގުރާމަ ހުއްޓުވައި މެދުއިރުމަތިގައި ޞުލްޙަ ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގައި ޕާކިސްތާނުން ބުނީ މިހާތަނަށް ދެ ފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުން އެމްއޯޔޫގެ އެކި މާއްދާތަކާއި ގުޅޭގޮތުން އުންމީދީ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް.

އެމެރިކާއާއި އީރާނާއި ދެމެދު ގަތަރުގެ ދޯހާގައި މެދުކަނޑާލާފައިވާ ނުސީދާ މަޝްވަރާތައް، އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތަކަށް ފަހު އަލުން ފަށާނެ ކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ބުނެފިއެވެ.

މީޑިއޭޓަރުން މިއަދު ދޯހާގައި މަޝްވަރާ ކުރާއިރު އީރާނުން ނުސީދާ މަޝްވަރާތަކުގައި ބައިވެރިވާނީ ޚާމަނާއީގެ ޖަނާޒާ އަށް ފަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ، ނަ،ަވެސް އީރާނުން އަދި ރަސްމީކޮށް މިކަން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement 1

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ދޯހާގައި ކުރިއަށްދިޔަ ބައްދަލުވުންތައް މިވަގުތަށް ނިންމާލާފައި ވަނީ ކުރިއަށް އޮތް ތަނުގައި މި މަޝްވަރާތައް ހަރުދަނާ ކަމާއެކު ކުރިއަށް ގެންދިއުމުގެ އަޒުމުގައެވެ.

މި މަޝްވަރާތަކަކީ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ އަދި އިގްތިސާދީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި "އިސްލާމްއާބާދު އެމްއޯޔޫ" ގެ ދަށުން ކުރިއަށްގެންދާ މުހިންމު ބައްދަލުވުންތަކެކެވެ. މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، މިހާތަނަށް ދެ ފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުން އެމްއޯޔޫގެ އެކި މާއްދާތަކާ ގުޅޭގޮތުން އުންމީދީ ކުރިއެރުންތަކެއް ވަނީ ހޯދިފައެވެ.

މީޑިއޭޓަރުން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ބައްދަލުވުން ބާއްވާނެ ވަގުތެއް ކަނޑައަޅާނީ، ޚާމަނާއީގެ ރަސްމީ ޖަނާޒާގެ ކަންކަން މުޅިން ނިމުމުންނެވެ.

އީރާން - އެމެރިކާއީރާންޕާކިސްތާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

1 ދުވަސް ކުރިން - 09:54

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

1 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

3 ދުވަސް ކުރިން - 11:25

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

7 ދުވަސް ކުރިން - 04:34

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

10 ދުވަސް ކުރިން - 11:18

އީރާނުން 15،000 ކިލޯމީޓަރަށް ދަތުރުކުރާ މިސައިލް އުފައްދަނީ ކަމަށް ބުނެފި

އީރާނުން 15،000 ކިލޯމީޓަރަށް ދަތުރުކުރާ މިސައިލް އުފައްދަނީ ކަމަށް ބުނެފި

13 ދުވަސް ކުރިން - 10:11