Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވެނެޒުއެލާ އަށް އައި ޒަލްޒަލާގައި މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި!

ވެނެޒުއެލާ އަށް އައި ޒަލްޒަލާގައި މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި!

ހުސައިން އިސްމާއިލް
59 ދުވަސް ކުރިން - 26 ޖޫން 2026 22:35
ވެނެޒުއެލާ އަށް އައި ބިންހެލުމުގައި ވެއްޓިފައިވާ ޢިމާރާތްތައް ކައިރިން ކުޑަކުއްޖަކު އުރައިގެން މީހަކު ހިނގާފައި ދަނީ: މި ބިންހެލުމުގައި 49000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ.
ވެނެޒުއެލާ އަށް އައި ބިންހެލުމުގައި ވެއްޓިފައިވާ ޢިމާރާތްތައް ކައިރިން ކުޑަކުއްޖަކު އުރައިގެން މީހަކު ހިނގާފައި ދަނީ: މި ބިންހެލުމުގައި 49000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ.
ޚުލާސާ

މި ހާދިސާގައި 4,500 އަށްވުރެ ގިނަ މީހުން ޒަހަމްވެ، 49,000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. ބިންހެލުމުގެ ސަބަބުން ވެރިރަށް ކަރާކަސް އާއި އައްސޭރިފަށުގެ ރަށެއް ކަމަށްވާ ލާ ގުއައިރާގެ ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފަ.

ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 589 އަށް އަރައިފިއެވެ. އިއްޔެގެ ވަގުތެއްގައި އެ ގައުމުގެ އުތުރު ސަރަހައްދަށް 39 ސިކުންތުގެ ތެރޭގައި 7.2 އަދި 7.5 މެގްނިޓިއުޑްގެ ދެ ބިންހެލުން ވަނީ އައިސްފައެވެ. މިއީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

މި ހާދިސާގައި 4,500 އަށްވުރެ ގިނަ މީހުން ޒަހަމްވެ، 49,000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބިންހެލުމުގެ ސަބަބުން ވެރިރަށް ކަރާކަސް އާއި އައްސޭރިފަށުގެ ރަށެއް ކަމަށްވާ ލާ ގުއައިރާގެ ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. މި ކާރިސާއާ ގުޅިގެން ވެނެޒުއޭލާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ހޯދުމަށް ކޮންމެ މިނެޓަކީވެސް މުހިންމު ވަގުތަކަށް ވުމުން ރޭގަނޑާއި ދުވާލު ކަނޑަނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ.

މުވާސަލާތީ ހިދުމަތްތައް މެދުކެނޑުމާއި ކަރަންޓުގެ ހިދުމަތް ހުއްޓުމުގެ ސަބަބުން މައުލޫމާތު ހޯދުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

Advertisement

Advertisement 1

މި ބިންހެލުމަކީ ވެނެޒުއޭލާގެ ސިޔާސީ އަދި އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި ކުރިމަތިވި އިތުރު ހިތާމައެކެވެ. މިހާރު ދުނިޔޭގެ އެކި ގައުމުތަކުންނާއި، އދ. ގެ އެޖެންސީތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބިންހެލުން، ޒަލްޒަލާވެނެޒުއެލާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމަށްފަހު 230 ލޮޅުން

އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމަށްފަހު 230 ލޮޅުން

8 ދުވަސް ކުރިން - 10:03

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

9 ދުވަސް ކުރިން - 23:48

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 38 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 38 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

9 ދުވަސް ކުރިން - 19:32

މިސްރަށް ބިންހެލުމެއް އައިސްފި

މިސްރަށް ބިންހެލުމެއް އައިސްފި

21 ދުވަސް ކުރިން - 09:36

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

26 ދުވަސް ކުރިން - 15:06

ޖަޕާނަށް އައި ބިންހެލުން: 13 މީހުން މަރުވެ 400އެއްހާ މީހުންނަށް އަނިޔާވެއްޖެ

ޖަޕާނަށް އައި ބިންހެލުން: 13 މީހުން މަރުވެ 400އެއްހާ މީހުންނަށް އަނިޔާވެއްޖެ

26 ދުވަސް ކުރިން - 14:43

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%