Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލުބުނާނުގެ މަޝްރަޙު ގޯސްވަމުންދާތީ، ނަތަންޔާހޫ ހުއްޓުވުމަށް ޓްރަމްޕަށް ޕްރެޝަރު ކުރިމަތިވެއްޖެ

ލުބުނާނުގެ މަޝްރަޙު ގޯސްވަމުންދާތީ، ނަތަންޔާހޫ ހުއްޓުވުމަށް ޓްރަމްޕަށް ޕްރެޝަރު ކުރިމަތިވެއްޖެ

ހުސައިން އިސްމާއިލް
70 ދުވަސް ކުރިން - 20 ޖޫން 2026 01:22
ނަތަންޏާހޫ އާއި ޓްރަމްޕު---
ނަތަންޏާހޫ އާއި ޓްރަމްޕު---
ޚުލާސާ

ޓްރަމްޕު ބުނީ އެމެރިކާއިން އޮތީ ފުރިހަމައަށް ސުލްހައަށް ބާރު އަޅަން ތައްޔާރަށް ކަމަށާއި އަދި މެދުއިރުމަތީ ހުރިހާ ގައުމުތައް ވެސް އެގޮތަށް ކުރިއަށް ދިއުމަށް ގޮވާލާ ކަމަށް. ނަމަވެސް އިސްރާއީލުން މިކަމަށް ފަރުވާލެއް ނެތި ހަނގުރާމަ ކުރިއަށްދާތީ ޓްރަމްޕަށް ވަނީ ޕްރެޝަރާ ކުރިމަތިލާން ޖެހިފައި.

މެދުއިރުމަތީގެ މަޝްރަޙު ގޯސްވެ، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކަށް ހުރަސް އެޅެމުންދާތީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމަލުތައް ހުއްޓުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޔާސީ މުހައްލިލުން ބާރުއަޅަން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، އެމެރިކާއިން އޮތީ ސުލްހައަށް ފުރިހަމައަށް ބާރުއަޅާ ގޮތަށް ކަމަށާއި، މެދުއިރުމަތީގެ ހުރިހާ ފަރާތްތަކަކުންވެސް ސުލްހައިގެ މަޝްވަރާތަކަށް އެއްބާރުލުން ދިނުމަށް ގޮވާލައްވާ ކަމަށެވެ. އަދި ލުބުނާނާއި، ހިޒްބުالله އަދި އިސްރާއީލް ހިމެނޭހެން ހުރިހާ ފަރާތްތަކަކުން ހަނގުރާމަ ހުއްޓާލުމަކަށް އެމަނިކުފާނު އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މަޝްރަޙު ވަނީ އިތުރަށް ގޯސްވެފައެވެ. އީރާނުން ބުނަމުންދަނީ ލުބުނާނަށް ހަމަލާދެމުންދާހާ ހިނދަކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިނުކުރާނެ ކަމަށެވެ. މި ސަބަބާހުރެ، އެމެރިކާއާއި އީރާނާ ދެމެދު ބޭއްވުމަށް ހަމަޖެހިފައި އޮތް ފަންނީ މަޝްވަރާތައްވެސް މިހާރު ވަނީ ފަސްކުރަން ޖެހިފައެވެ.

Advertisement

Advertisement 1

އިސްރާއީލުން ލުބުނާނަށް ދިން އެންމެ ފަހުގެ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެފައިވާއިރު، މިއީ އެމެރިކާއިން ކުރިއަށްގެންދާ ސުލްހައިގެ މަސައްކަތްތަކަށް އިސްރާއީލުން ކުރިމަތިކުރި ގޮންޖެހުމެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ. އެހެންކަމުން، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ނަތަންޔާހޫގެ ހަރުކަށި ސިޔާސަތުތައް ކޮންޓްރޯލްކުރުމަށް ޓްރަމްޕްގެ ސަރުކާރަށް މިހާރު ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ.

ލުބްނާން ހަނގުރާމަޑޮނަލްޑް ޓްރަމްޕުނަތަންޔާހޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

9 ދުވަސް ކުރިން - 04:34

ޓްރަމްޕުގެ މަގުބޫލުކަން %33 އަށް ދަށަށް!

ޓްރަމްޕުގެ މަގުބޫލުކަން %33 އަށް ދަށަށް!

11 ދުވަސް ކުރިން - 11:21

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

12 ދުވަސް ކުރިން - 11:18

ކަންކަމުން ރެކެން ވެގެން ނަތަންޔާހޫގެ ދަރި އޭނާގެ ނަން ބަދަލުކޮށްފި

ކަންކަމުން ރެކެން ވެގެން ނަތަންޔާހޫގެ ދަރި އޭނާގެ ނަން ބަދަލުކޮށްފި

31 ދުވަސް ކުރިން - 06:15

މަމްދާނީ އަށް ގޮންޖަހާލައި، އދ. ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

މަމްދާނީ އަށް ގޮންޖަހާލައި، އދ.ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

32 ދުވަސް ކުރިން - 12:57

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

32 ދުވަސް ކުރިން - 02:21