ދެކުނު ކޮރެއާގެ ދިފާއީ ވަޒީރު ކިމް ޔޮންގް ހިޔުންގް އިސްތިއުފާ ދެއްވުމާއި ގުޅިގެން، ރައީސް ޔޫން ސުކް ޔޮލް ވަނީ އާ ދިފާއީ ވަޒީރަކަށް ސައުދީގައި ހުންނެވި ސަފީރު ޗޮއި ބިޔުންގް ހިއުކް ހަމަޖައްސަވާފަ.
689 ދުވަސް ކުރިން - 15:09
ސޫރިޔާގެ ހުޅަނގުގައިވާ ޙަމާއަށް އެޗްޓީއެސްގެ ހަނގުރާމަވެރިން އަތްގަދަކޮށްފިއެވެ. މިއީ އަސަދުގެ ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. ޙަމާއަށް އަތްގަދަކުރުމަށްފަހު ހަނގުރާމަވެރިން ދެން މިސްރާބުޖަހާނީ ޙުމްޞަށެވެ.
689 ދުވަސް ކުރިން - 15:04
ސީރިއާގައި މިހާރު ކުރިޔަށްދާ ހަމަނުޖެހުން ތަކުގައި މިއަދު 12 މީހުން މަރުވެ 23 މީހުން ޒަޚަމްވިއިރު ސީރިއާ ސަރުކާރުގެ އެދުމަށް ރަޝިއާއިން ދަނީ ހަނގުރާމަވެރިންނަށް ޙަމަލާދީ ފަހަތަށް ޖައްސަމުން.
689 ދުވަސް ކުރިން - 01:03
އިންޑިއާގައި މީހުން މަރާ ނިސްބަތް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު މިހާތަނަށް %10 އިތުރުވެފައިވާއިރު، އެހެނިހެން ކުށްތައްވެސް އާބަން ސަރަޙައްދު ތަކުގައި ދަނީ އިތުރުވަމުން.
690 ދުވަސް ކުރިން - 13:25
އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 23000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އަޑީގައި އެމެރިކާއާއި ހުޅަނގުގެ ބައެއް ބާރުތައް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ.
691 ދުވަސް ކުރިން - 17:19
އޮސްޓްރޭލިއާ އާއެކު 156 ޤައުމަކުން ވޯޓު ދިނީ ފަލަސްޠީނުގައި ހިފާފައިވާ ސަރަޙައްދު ތަކުގައި އިސްރާއީލުން ވަޒަންވެރިވުމާއި ދެކޮޅަށް. އޮސްޓްރޭލިއާއިން ޢާންމުކޮށް މިފަދަ ކަންކަމުގައި އިސްރާއީލާއި ދެކޮޅަށް ވޯޓެއް ނުދޭ.
691 ދުވަސް ކުރިން - 12:50
ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް ޗައިނާއިން އަޅާ ފިޔަވަޅުތަކާއި ދެކޮޅްށް އެމެރިކާއިން އަޅާ ފިޔަވަޅެއްގެ ސަބަބުން ޗައިނާ އިން އެމެރިކާގެ ޓްރެޜަރީ ބޮންޑުތައް ވިއްކާލުމާއި، މައުދަން އެކްސްޕޯޓު ނުކުރާނެ ކަމަށް ބުނެ އިންޒާރުދީފި.
692 ދުވަސް ކުރިން - 07:17
2027 ވަނަ އަހަރު ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި އިންޑިއާ ޖަޕާނަށް ވުރެ ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ލަފާކުރޭ.
692 ދުވަސް ކުރިން - 07:05
މިދިޔަ މަހު ޣައްޒާގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 12000 އަށްވުރެ ގިނަ މީހުން ޝަހީދުވެ 20000 އަށްވުރެ ގިނަ މީހުން ޒަޚަމްވިއިރު ޙަމަލާތައް ދަނީ އިތުރަށް ވަރުގަދަވަމުން.
693 ދުވަސް ކުރިން - 12:37
ދެޤައުމުގެ ދެމެދުގައި ދިފާޢީ ދާއިރާ ހިމެނޭ ގޮތަށް ހުރިހާ ދާއިރާއެއްގައި ގުޅުން ބަދަހިކުރުމަށް އެއްބަސްވެ، ރަޝިއާގެ "ސިޔާދަތާއި ސަރަޙައްދީ ސަލާމަތް" ދިފާޢުކުރުމަށް އެ ޤައުމުން ގެންގުޅޭ ސިޔާސަތަށް ތާއީދު ކުރައްވާކަން އުތުރު ކޮރެއާއިން ހާމަކުރައްވައިފި.
694 ދުވަސް ކުރިން - 11:55
މެލޭޝިއާ އަދި ތައިލެންޑުގައި ފެންބޮޑުވުންތަކުގެ ސަބަބުން 12 މީހުން މަރުވެ، 135,000 އަށްވުރެ ގިނަ މީހުން ހިޖުރަކުރަން މަޖުބޫރުވެފައިވާއިރު، ދެ ޤައުމުގެ އިމަޖެންސީ ޓީމުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށް ގެންދަނީ.
694 ދުވަސް ކުރިން - 08:58
ނޭޓޯއަށް ވަނުމަށް ޔުކްރޭނުގެ ޝަރުޠުތައް އަދި ފުރިހަމަ ނުވާއިރު، ރަޝިއާއިން ހިފާފައިވާ ތަންތަން ޔުކްރޭނުން ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދެއްވަމުން ޒެލެންސްކީ ވިދާޅުވީ ބާކީ ތިބި ބިންތަކަށް ނޭޓޯގެ ޙިމާޔަތްދީ ޞުލްޙަ ވެވިދާނެ ކަމަށް.
694 ދުވަސް ކުރިން - 08:29