ކޮންގޯގައި ފެތުރެމުންދާ ސިއްރު ބައްޔެއް ދެނެގަތުމަށް ޑަބްލިޔުއެޗްއޯއިން ސިއްޙީ މާހިރުން ފޮނުވައިފި. މި ބަލީގެ ސަބަބުން މިހާތަނަށް 30 އަށްވުރެ ގިނަ މީހުން މަރުވެފައިވޭ
687 ދުވަސް ކުރިން - 18:25
ބަންގްލަދޭޝްގައި ނިރުބަވެރި ހަމަލާތަކެއް ދީފާނެކަމުގެ އިންޒާރެއް އިނގިރޭސި ވިލާތުން ނެރެ، އެ ޤައުމުގައި ދިރިއުޅޭ އިނގިރޭސި ރައްޔިތުންނަށް ސަމާލުވުމަށް އަންގައިފި. މި ހަމަލާތައް އެހެން ޤައުމުތަކުގެ މީހުންނަށް އަމާޒުކޮށްފާނެ.
687 ދުވަސް ކުރިން - 18:08
ފިލިޕީންސްގައި އުޅެމުންދިޔަ އެމެރިކާގެ 26 އަހަރުގެ ޔޫޓިއުބަރެއް ކަމުގައިވާ އެލިއަޓް އީސްޓްމަން ރަހީނުކޮށް މަރާލުމަށްފަހު މޫދަށް އެއްލާލާފައިވާކަމަށް ފިލިޕީންސް ފުލުހުން ބުނެފި.
687 ދުވަސް ކުރިން - 17:53
ފަލަސްޠީނާއި ސީރިއާގެ މައްސަލަތަކާބެހޭ ގޮތުން މާދަމާ ބާއްވަން ނިންމާފައި އޮތް ޢަރަބި ޤައުމުތަކުގެ ވަޒީރުންގެ ކުއްލި ބައްދަލުވުން ކެންސަލް ކޮށްފި.
688 ދުވަސް ކުރިން - 15:47
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަންނަ ހަފްތާގައި މުޒާހަރާއެއް ބޭއްވުމަށް ގޮވާލައްވައި، މަދަނީ ބަސްނޭހުމުގެ ހަރަކާތެއް ފަށާނެކަމަށް ވިދާޅުވެއްޖެ. އިމްރާން ވިދާޅުވީ ސަރުކާރުގައި އެދިވަޑައިގަތް ކަންތައްތައް ނުކޮށްފިނަމަ މި ހަރަކާތް ފަށްޓަވާނެ ކަމަށް.
688 ދުވަސް ކުރިން - 14:13
ސެމްބަރ 3 ވަނަ ދުވަހު ރައީސް ޔޫން ކުއްލިހާލަތު އިޢުލާނުކުރެއްވުމާއި ގުޅިގެން ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް މަޤާމުން ދުރުކުރަންޖެހޭ ކަމަށް، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ވެރިކަންކުރާ ޕީޕަލް ޕަވަރ ޕާޓީއިން ބުނެފި.
688 ދުވަސް ކުރިން - 22:49
2023ވަނަ އަހަރު އިންގްލެންޑާއި ވޭލްސްގައި އުފަންވި 4,600 ފިރިހެން ކުދިންނަށް މުޙައްމަދު މި ނަން ދީފައިވާކަމަށް އޯއެންއެސްގެ ތަފާސްހިސާބުތަކުން ދައްކާފި.
688 ދުވަސް ކުރިން - 19:39
ދެކުނުކޮރެއާގެ ގާނޫނުގައިވާ ގޮތުން ކޮންމެ މީހަކުވެސް ވަކި މުއްދަތެއް ވަންދެން އަސްކަރިއްޔާގައި މަސައްކަތް ކުރަންޖެހޭ. އެކަމުން ރެކެންވެގެން ބަރުދަން 105 ކިލޯއަށް އިތުރުކުރޮ މީހަކަށް އިއްވީ 1 އަހަރުގެ ޖަލު ހުކުމެއް.
688 ދުވަސް ކުރިން - 17:56
އޮސްޓްރޭލިއާގެ މެލްބަންގައި މިއަދު ހެނދުނު ގޮތްނޭނގޭ ބަޔަކު ޔަހޫދީންގެ ސިނަގަގެއްގައި އަލިފާން ރޯކޮށްލައިފި. އިމާރާތަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވޭ.
689 ދުވަސް ކުރިން - 16:00
ބަޣުނިޔޭގެ ސަރުކާރާ ދެކޮޅަށް 331 މެންބަރުން ވޯޓުދިންއިރު މިއީ 1958 ވަނަ އަހަރަށް ފަހު ފަރަންސޭސިވިލާތުގައި އެންމެ ކުރު މުއްދަތަކަށް ވެރިކަން ކޮށްފައިވާ ސަރުކާރު. ގިނަބަޔަކު މިހާރު ދަނީ މެކްޚޮންގެ އިސްތިއުފާއަށްވެސް ގޮވަމުން.
689 ދުވަސް ކުރިން - 15:55
އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހަޝް މަނީ މައްސަލަ ބާތިލް ކުރުމަށް ނިއުޔޯކް ސްޓޭޓްގެ ގާޒީއަށް އެދިވަޑައިގެންފަ. މިއީ ޕޯން ސްޓާރަކަށް ފައިސާ ދިނުމުގެ މައްސަލަ.
689 ދުވަސް ކުރިން - 15:28
އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހަޝް މަނީ މައްސަލަ ބާތިލް ކުރުމަށް ނިއުޔޯކް ސްޓޭޓްގެ ގާޒީއަށް އެދިވަޑައިގެންފަ. މިއީ ޕޯން ސްޓާރަކަށް ފައިސާ ދިނުމުގެ މައްސަލަ.
689 ދުވަސް ކުރިން - 15:28