އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ރަޝިޔާއަށް ތިން ދުވަހުގެ ދަތުރެއް ކުރައްވަމުންދާއިރު، އިންޑިއާ-ރަޝިއާ އިންޓަގަވަރމަންޓަލް ކޮމިޝަންގެ ބައްދަލުވުމެއް ބާއްވާނެ.
686 ދުވަސް ކުރިން - 15:35
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު އެގައުމުން ފިލައިގެން ދިއުމާ ގުޅިގެން، އދ. ގެ ސަލާމަތީ ކައުންސިލުގައި މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެ ހަނގުރާމަވެރިން ވަނީ ވެރިރަށް އަތުލައިގަނެ، އަސަދުގެ ވެރިކަން ނިމުމަކަށް ގެނެސްފަ. ރަޝިޔާއިން ވަނީ އަސަދާއި އޭނާގެ އާއިލާއަށް ހިމާޔަތް ދީފަ
686 ދުވަސް ކުރިން - 11:51
ރަޝިއާގެ ޤައުމީ ޓީވީން ބުނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު މޮސްކޯގައި ހުންނެވި ކަމަށާއި ރަޝިޔާއިން އެ މަނިކުފާނަށާއި އާއިލާއަށް ހިމާޔަތް ދީފައިވާ ކަމަށް.
686 ދުވަސް ކުރިން - 09:58
ސޫރިޔާގެ ވެރިކަން ވެއްޓުނު ދަނޑިވަޅާއި ދިމާކޮށް އިސްރާއީލުގެ ޤައުމީ ދިފާޢީ ބާރުން ދިމިޝްޤާއި އެހެން ދެ ސަރަޙައްދަކަށް ޙަމަލާދީ، ސޫރިޔާގެ އަސްކަރިއްޔާއިން ދޫކޮށްލާފައިވާ ހަތިޔާރުތައް ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަތްދަށަށް ދިޔުން ހުއްޓުވުމަށް މަސައްކަތްކޮށްފި.
686 ދުވަސް ކުރިން - 22:21
ބައްޝާރުގެ އަނިޔާވެރި ވެރިކަން ވެއްޓުމުގެ އުފަލުގައި ހަވަޔަށް ބަޑި ނުޖެހުމަށާއި، ވެރިކަމަށް މީހަކު އައްޔަން ކުރެވެންދެން ޤައުމުގެ އެންމެ އިސް ވެރިޔަކީ މިހާރުގެވެސް ބޮޑުވަޒީރު ކަމަށް އަންގަވައިފި.
686 ދުވަސް ކުރިން - 21:23
ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ އެންބަސީއަށް ޙަމަލާ ދީ، އިމާރާތަށާއި މުދަލަށް ގެއްލުން ދީފައިވާއިރު، އެންބަސީގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާ ކަމަށް އީރާނުގެ ސަފީރު ވިދާޅުވެއްޖެ.
686 ދުވަސް ކުރިން - 20:49
ޕާކިސްތާނު-އަފްޣާނިސްތާން ސަރަޙައްދީ ރޮނގުގައި ހިނގި ހަމަނުޖެހުންތަކެއްގައި ޕާކިސްތާނުގެ 6 ސިފައިންނާއި 22 ހަނގުރާމަވެރިން މަރުވެއްޖެކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ހާމަކޮށްފި.
687 ދުވަސް ކުރިން - 11:58
ސީރިއާގެ ސަރުކާރު ވައްޓާލައިފި. އަސަދު ދިމިޝްޤު ދޫކުރައްވައި ފިއްލަވައިވަޑައިގެންފި. ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި، ދައުލަތުގެ ޓީވީއާއި ރޭޑިއޯ މަރުކަޒުތައް އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި.
687 ދުވަސް ކުރިން - 08:47
ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ޤަތަރުގެ ބޮޑުވަޒީރު އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕާއި މަޝްވަރާ ކޮށް މި މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާކަމަށް ހާމަކުރައްވައިފި.
687 ދުވަސް ކުރިން - 08:30
ދެކުނު ކޮރެއާގެ ޤާނޫނުހަދާ މަޖިލީހުގައި ރައީސް ޔޫން ސޫކް-ޔޯލްގެ އިތުބާރު ނެތްކަމުގެ ވޯޓު ބާޠިލުވުމާއެކު، އޭނާގެ އަމިއްލަ ޕާޓީއާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިނގަމުންދާ ބަހުސްތައް އިތުރުވެ، ޤައުމުގެ ސިޔާސީ މާޙައުލު އިތުރަށް ގޯސްވެއްޖެ.
687 ދުވަސް ކުރިން - 08:24
ހަނގުރާމަވެރިން ބައްޝާރުލް އަސަދުގެ ވެރިކަމަށް ނުރައްކާ ކޮށްފައިވާއިރު ޓްރަމްޕް ވިދާޅުވީ ސީރިއާއަކީ އެމެރިކާގެ ރައްޓެއްސެއް ނޫން ކަމަށާއި، ސީރިއާގެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ނުވަނުމަށް.
687 ދުވަސް ކުރިން - 22:13
އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން އަވަސްކޮށް، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރާއި ގާތް ވެފައިވާ ކަމަށް އައިއޭއީއޭގެ ވެރިޔާ ވިދާޅުވެ މިކަމާއި ގުޅިގެން ބައިނަލްއަޤްވާމީ ކަންބޮޑުވުން އިތުރުވެފައިވާއިރު، އީރާނުން މިކަން ދޮގުކޮށްފި.
687 ދުވަސް ކުރިން - 20:26