ސީރިއާގެ ސިޓުއޭޝަން ވަރަށް "ހަލަބޮލި" ކަމަށާއި، އެމެރިކާ އެކަމުގައި ބައިވެރިވެގެން ނުވާނެ ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ވިދާޅުވީ ސީރިއާއަކީ އެމެރިކާގެ ރައްޓެއްސެއް ނޫން ކަމަށާއި، އެމެރިކާ އެކަމުގައި ބައިވެރިވެގެން ނުވާނެ ކަމަށެވެ. "މިއީ އަހަރެމެންގެ ހަނގުރާމައެއް ނޫން. އެކަން ހިނގާދާނެ ގޮތަކަށް ދޫކޮށްލާ. ބައިވެރިނުވޭ!" މިހެން ޓްރަމްޕް ވިދާޅުވިއެވެ.
ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން ވަނީ ގިނަ ސިޓީތަކެއް ހިފައި، ވެރިރަށް ދިމިޝްޤަށްވެސް އަރާފައެވެ. ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށް ބޮޑު ހަމަލާއެއް ދޭން ހަނގުރާމަވެރިން ދަނީ ތައްޔާރުވަމުންނެވެ.
ނޮވެމްބަރު 27 ގައި ހަލަބުގެ ހުޅަނގު ސަރަހައްދުގައި ފެށުނު ހަނގުރާމަ މިހާރު ވަނީ ރައީސް ބައްޝާރުގެ ގެކޮޅާއި ހައެއްކަ ކިލޯ މީޓަރަށް ގާތްވެފައެވެ. ކުރީގެ ޖިހާދީ ނުޞްރާ ލަޝްކަރު ވަރަށް ވަރުގަދައަށް ޙަމަލާދީ ސީރިއާގެ ޖަލުތަކުގައި ތިބި 3000 މުސްލިމުން މިނިވަން ވެސް ކޮށްފިއެވެ. އަދި މިލިޓަރީ އެއާޕޯޓެއް ފައިޓާޖެޓުތަކާއެކު ކޮންޓުރޯލްވެސް ނަގައިފިއެވެ.
ޖިހާދިސްޓުންގެ ޢަޒުމު ވަރުގަދަކަމުން އެކަމާއި ބޮރުން ސީރޮއާގެ 2000 އަށްވުތެ ގިނަ ސިފައިން ވަނީ ފިލައިފައި ކަމަށް ޚަބަރުތައް ބުނެއެވެ.
ޖިހާދީ ލަޝްކަރު މިހާރު ވަނީ ދިމިޝްޤުގެ ދެކުނު ފަރާތުގެ ގިނަ ސަރަހައްދުތަކަށް ވަދެފައެވެ.









