Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ޓްރަމްޕުގެ މަންދޫބުންނާއެކު މަޝްވަރާ ކުރަމުންދަނީ: ޤަތަރުގެ ބޮޑުވަޒީރު

ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ޓްރަމްޕުގެ މަންދޫބުންނާއެކު މަޝްވަރާ ކުރަމުންދަނީ: ޤަތަރުގެ ބޮޑުވަޒީރު

އާނާ ފަހީމް
551 ދުވަސް ކުރިން - 8 ޑިސެންބަރު 2024 08:30
ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ޓްރަމްޕުގެ މަންދޫބުންނާއެކު މަޝްވަރާ ކުރަމުންދަނީ: ޤަތަރުގެ ބޮޑުވަޒީރު
ޚުލާސާ

ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ޤަތަރުގެ ބޮޑުވަޒީރު އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕާއި މަޝްވަރާ ކޮށް މި މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާކަމަށް ހާމަކުރައްވައިފި.

ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިންތިޚާބީ ސަރުކާރާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ޤަތަރުގެ ބޮޑުވަޒީރު އަދި ދާޚިލީ ވަޒީރު އަލް-ޝައިޚް މުޙައްމަދު ޢަބްދުއްރަޙްމާން އަލް-ޘާނީ ހާމަކުރައްވައިފިއެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އަލް-ޘާނީ ވިދާޅުވީ، ޓްރަމްޕު ވެރިކަމުގެ ހުވައި ކުރެއްވުމުގެ ކުރިން އެއްބަސްވުމަކާއި ހަމައަށް އައުމަށް އެމެރިކާއިން ބޭނުންވާކަމުގެ އިޝާރާތްތައް ފެންނަމުންދާ ކަމަށެވެ. މިގޮތުން ފާއިތުވި ހަފުތާތަކުގައި އިންތިޚާބީ ސަރުކާރުގެ މަންދޫބުންނާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

2023 އޮކްޓޫބަރު 7 އިން ފެށިގެން ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި މިހާތަނަށް 44,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. ފާއިތުވި 14 މަސްދުވަހުގެ ތެރޭގައި ޣައްޒާގެ ބޮޑުބައެއް ސުންނާފަތިވެ ނެތިގޮސްފައި ވީ ނަމަވެސް، ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢަމަލުތައް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ.

Advertisement

Advertisement 1

ޓްރަމްޕުގެ މެދުއިރުމަތީގެ މަންދޫބުން ވަނީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އޭނާ ރައީސްކަމުގެ ހުވައި ކުރެއްވުމުގެ ކުރިން ހަނގުރާމަ ހުއްޓައިލައި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަކާއި ހަމައަށް އައުމަށް މަޝްވަރާކުރުމަށް ޤަތަރަށާއި ޔަހޫދީ ދަޢުލަތަށް ދަތުރުކޮށްފައެވެ.

ޓްރަމްޕުގެ އައު ސަރުކާރުގައި މެދުއިރުމައްޗަށް ޚާއްސަ މަންދޫބުގެ މަޤާމާއި ޙަވާލުވެވަޑައިގަންނަވާ ސްޓީވް ވިޓްކޮފް ނޮވެމްބަރު މަހުގެ ފަހުކޮޅު ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ބޮޑުވަޒީރު އަލް-ޘާނީއާ ވަކިވަކިން ބައްދަލުކުރައްވާފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. މި ބައްދަލުވުންތަކުގައި، 14 މަހުގެ މަސައްކަތަށް ފަހު ނާކާމިޔާބުވެފައިވާ މަޝްވަރާތަކުގެ އޮއިވަރު ބަދަލު ކުރުމަށް ވިޓްކޮފް މަސައްކަތް ކުރައްވާފައިވާ ކަމަށް ބައްދަލުވުންތަކުގެ މަޢުލޫމާތު އެނގޭ މަޞްދަރުތަކުން ހާމަކޮށްފައިވެއެވެ.

މި މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ހަލާކު ހުއްޓުވުމާއި، ދެފަރާތުގެ މެދުގައި ވަގުތީ ހަނގުރާމަ ހުއްޓުމެއް ގެނައުމެވެ.

ޣައްޒާޤަތަރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

900 އަށްވުރެ ގިނަ ދުވަހު ޖަލުގައި ބޭއްވުމަށް ފަހު ޙަމާސްގެ ލީޑަރެއް މިނިވަން ކޮށްފި

900 އަށްވުރެ ގިނަ ދުވަހު ޖަލުގައި ބޭއްވުމަށްފަހު ޙަމާސްގެ ލީޑަރެއް މިނިވަންކޮށްފި

20 މިނެޓު ކުރިން - 13:14

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

ޣައްޒާގެ އެތައް ތަނަކަށް ޔަހޫދީން އެބަ ޙަމަލާދޭ

23 ގަޑިއިރު ކުރިން - 13:37

ބޭސް ހުސްވެ ޣައްޒާގެ 4000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ނުރައްކަލުގަ

ބޭސް ހުސްވެ ޣައްޒާގެ 4000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ނުރައްކަލުގަ

8 ދުވަސް ކުރިން - 12:37

ޣައްޒާއިން އަނެއްކާވެސް އިތުރު 8 މީހުން ޝަހީދުކޮށްލައިފި

ޣައްޒާއިން އަނެއްކާވެސް އިތުރު 8 މީހުން ޝަހީދުކޮށްލައިފި

8 ދުވަސް ކުރިން - 07:38

ހަނގުރާމަ ނިމިއްޖެއޭ ބުނެ ޝަހީދުކޮށްލި މީހުންގެ ޢަދަދު 930 އަށް

ހަނގުރާމަ ނިމިއްޖެއޭ ބުނެ ޝަހީދުކޮށްލި މީހުންގެ ޢަދަދު 930 އަށް

11 ދުވަސް ކުރިން - 20:23

ފައިސާ ނުލިބުމުން ޓްރަމްޕްގެ ގާޒާ “ބޯޑް އޮފް ޕީސް" ފެއިލްވަނީ

ޓްރަމްޕްގެ ގާޒާ “ބޯޑް އޮފް ޕީސް" އަށް ފަންޑު ނުލިބި ފެއިލްވަނީ

14 ދުވަސް ކުރިން - 00:39