Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްކަން ލިބިވަޑައިގެންނެވުމުން ޓްރަމްޕްގެ މައްސަލަ ބާޠިލް ކުރުމަށް އެދިއްޖެ

ރައީސްކަން ލިބިވަޑައިގެންނެވުމުން ޓްރަމްޕްގެ މައްސަލަ ބާޠިލް ކުރުމަށް އެދިއްޖެ

ޖަވާދު
642 ދުވަސް ކުރިން - 6 ޑިސެންބަރު 2024 15:28
ޓްރަމްޕާއި ދެކޮޅަށް 34 ދަޢުވާއެއް އުފުލާފައިވާއިރު ޕޯންސްޓާރަށް ފައިސާދިން މައްސަލަ ބާޠިލް ކުރުމަށް ކޯޓުގައި ވަނީ އެދިފައި.
ޓްރަމްޕާއި ދެކޮޅަށް 34 ދަޢުވާއެއް އުފުލާފައިވާއިރު ޕޯންސްޓާރަށް ފައިސާދިން މައްސަލަ ބާޠިލް ކުރުމަށް ކޯޓުގައި ވަނީ އެދިފައި.
ޚުލާސާ

އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހަޝް މަނީ މައްސަލަ ބާތިލް ކުރުމަށް ނިއުޔޯކް ސްޓޭޓްގެ ގާޒީއަށް އެދިވަޑައިގެންފަ. މިއީ ޕޯން ސްޓާރަކަށް ފައިސާ ދިނުމުގެ މައްސަލަ.

އެމެރިކާގެ އިންތިޚާބު ކާމިޔާބު ކުރެވުމާއި ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ހަޝް މަނީ މައްސަލަ ބާތިލް ކުރުމަށް ނިއުޔޯކް ސްޓޭޓްގެ ގާޒީއަށް އެދިވަޑައިގެންފިއެވެ. މިއީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ޕޯން ސްޓާރަކަށް ފައިސާ ދިނުމުގެ މައްސަލައެކެވެ.

ރޮއިޓާސްއިން ބުނާ ގޮތުގައި ޓްރަމްޕް ވަނީ ޖިނާއީ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތު ނުކުރުމަށް ކޯޓުގައި އާދޭސްކޮށްފައެވެ. ޓްރަމްޕްގެ މައްޗަށް މާލީ މުއާމަލާތްތަކާއި ގުޅުން ހުރި 34 ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ޕޯން ސްޓާރ ސްޓޯމީ ޑެނިއަލްސް އަށް ފައިސާ ދިނުމުގެ ދައުވާ ވެސް ހިމެނެއެވެ.

ކުށް ސާބިތުވުމުން ރައީސްގެ މަގާމު އަދާކުރުމުގެ ގާބިލްކަން ހަނިވި ނަމަވެސް، ނޮވެމްބަރު 5 ގައި ބޭއްވި އިންތިޚާބުގައި ޓްރަމްޕް ހޮވުނެވެ. މެންހަޓަން ޑިސްޓްރިކްޓް އެޓާނީ އެލްވިން ބްރެގްގެ އޮފީހުގެ ޕްރޮސެކިއުޓަރުން ވަނީ ޓްރަމްޕް މަގާމުން ވަކިކުރުމަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހުކުމް ލަސްކުރުމަށް ތާއީދުކޮށްފައެވެ.

Advertisement

Advertisement 1

2016 ވަނަ އަހަރުގެ އިންތިޚާބުގެ ތެރޭގައި ޓްރަމްޕް ވަނީ ޕޯން ސްޓާރ ސްޓޯމީ ޑެނިއަލްސް އަށް 130،000 ޑޮލަރު ދީގެން ހިމޭންކަން ދެއްވާފައެވެ. އެ ފައިސާ ސްޓޯމީ ޑެނިއަލްސް އަށް ދީފައި ވަނީ ޓްރަމްޕްގެ ވަކީލު މައިކަލް ކޯހެންއެވެ. ފަހުން ޓްރަމްޕް ވަނީ އެ ފައިސާ މައިކަލް ކޯހެން އަށް ދައްކައި، ވަކީލުންގެ ފީގެ ގޮތުގައި ދައްކަން ފައިސާ ދިނީ ކަމަށް ބުނެ ވިޔަފާރީގެ ލިޔެކިޔުންތައް ބަދަލުކޮށްފައެވެ.

ޕޯން ސްޓާރ ސްޓޯމީ ޑެނިއަލްސް ވަނީ ޓްރަމްޕާ އެކު ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ބުނެފައެވެ. މިކަމާއި ގުޅިގެން އެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި ސްޓޯމީ ޑެނިއަލްސް އަށް ޓްރަމްޕް ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ދީފައެވެ.

ޓްރަމްޕްގެ މައްޗަށް އުފުލާފައި ވަނީ ޕޯން ސްޓާ ސްޓޯމީ ޑެނިއަލްސް އަށް ދެއްކި ފައިސާ ފޮރުވުމަށް ވިޔަފާރީގެ ރެކޯޑްތައް ދޮގުކުރުމުގެ 34 ދައުވާއެކެވެ.

އަލަށް އިންތިޚާބުވި އެމެރިކާގެ ރައީސްގެ މައްޗަށް ހުކުމް އިއްވަން ހަމަޖެހިފައި އޮތީ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ނަމަވެސް ކޯޓުން ވަނީ ހުކުމް އިއްވުމުގެ ތާރީޚު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ޓްރަމްޕް މައްސަލަ ބާތިލް ކުރުމަށް އެދިވަޑައިގަތުމުން ހުކުމް ކުރައްވާނީ ކޮން އިރަކު ކަމެއް ގާޒީ ވިދާޅެއް ނުވެއެވެ. ހުކުމް އިއްވާނެ އާ ތާރީޚެއް ވެސް ކަނޑައަޅާފައެއް ނުވެއެވެ. މިކަމުގައި ޖަވާބުދާރީވުމަށް މި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮސެކިއުޓަރުންނަށް ފުރުސަތު ލިބެއެވެ.

އެމެރިކާޑޮނަލްޑް ޓްރަމްޕު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

19 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

3 ދުވަސް ކުރިން - 20:35

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

6 ދުވަސް ކުރިން - 12:47

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

12 ދުވަސް ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57