ޔޫޓިއުބަރ އަކު ރަހީނުކޮށް، މަރާލުމަށްފަހު އެއްލާލީ މޫދަށް

އާނާ ފަހީމް | 318 ދުވަސް ކުރިން - 7 ޑިސެންބަރު 2024 17:53
އެލިއަޓް އީސްޓްމަން (26 އަހަރު)
އެލިއަޓް އީސްޓްމަން (26 އަހަރު)
ޚުލާސާ

ފިލިޕީންސްގައި އުޅެމުންދިޔަ އެމެރިކާގެ 26 އަހަރުގެ ޔޫޓިއުބަރެއް ކަމުގައިވާ އެލިއަޓް އީސްޓްމަން ރަހީނުކޮށް މަރާލުމަށްފަހު މޫދަށް އެއްލާލާފައިވާކަމަށް ފިލިޕީންސް ފުލުހުން ބުނެފި.

ފިލިޕީންސްގައި ދިރިއުޅެމުންދިޔަ އެމެރިކާގެ ޔޫޓިއުބަރެއް ކަމުގައިވާ އެލިއަޓް އީސްޓްމަން (26 އަހަރު) ރަހީނުކޮށް މަރާލުމަށްފަހު މޫދަށް އެއްލާލާފައިވާކަމަށް ފިލިޕީންސް ފުލުހުން މަޢުލޫމާތު ދީފިއެވެ.

ފުލުހުން ބުނާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިދިޔަ އޮކްޓޯބަރު 17 ވަނަ ދުވަހު ޒަމްބޯންގާ ޑެލް ނޯޓްގެ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ސިބޫކޯގައެވެ. ފުލުހުންގެ ޔުނިފޯމު އަޅައިގެން ތިބި ހަތިޔާރުއެޅި ބަޔަކު އީސްޓްމަން ދިރިއުޅޭ ގެއަށް ވަދެ، އޭނާ ރަހީނު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެލިއަޓް އީސްޓްމަން ހޯދުމަށް އެފްބީއައި އިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

އީސްޓްމަން ސަލާމަތްވާން މަސައްކަތްކުރުމުން އޭނާގެ ފަޔަށް ބަޑިޖަހައި، ޑިންގީއަކަށް އަރުވައިގެން ކަނޑުމައްޗަށް ގެންގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި އީސްޓްމަން މަރުވެފައިވަނީ އެރޭގެ ވަގުތެއްގައި ލިބުނު ޒަޚަމްތަކާއި ގުޅިގެންނެވެ. އަދި މަރުވުމުން އޭނާގެ ހަށިގަނޑު މޫދަށް އެއްލާލާފައިވާކަމަށް ބެލެވެއެވެ.

އީސްޓްމަންގެ ހަށިގަނޑު އަދިވެސް ފެނިފައިނުވާއިރު، އޭނާ ރަހީނުކުރި މީހުން ހޯދުމުގެ މަސައްކަތުގައި ތުހުމަތުކުރެވޭ ގިނަ ބަޔަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ޖިނާއީ ދަޢުވާތައް ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފިލިޕީންސްގައި އުޅޭތާ 18 މަސްވެފައިވާ އީސްޓްމަންއަކީ އޭނާގެ އަނބިމީހާއާއެކު ސިބޫކޯގެ ދިރިއުޅުމާ ބެހޭ ވީޑިއޯތައް ޔޫޓިއުބާއި ފޭސްބުކްގައި ޕޯސްޓްކުރަމުން އައި މީހެކެވެ. އޭނާގެ އެންމެ ފަހު ޔޫޓިއުބް ވީޑިއޯ ޕޯސްޓްކޮށްފައިވަނީ އޭނާ ރަހީނުކުރުމުގެ ދެ ދުވަސް ކުރިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%