Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

އައިޝަތު ރުވާ ރިފްޢަތު
92 ދުވަސް ކުރިން - 9 ޖޫން 2026 13:56
ރައީސް ޑރ. މުއިއްޒު އަދި ފިލިޕީންސް ރައީސް ފަރޑިނަންޑް ރޮމުއަލްޑޭޒް މާކޯސް ޖޫނިއަރ---
ރައީސް ޑރ. މުއިއްޒު އަދި ފިލިޕީންސް ރައީސް ފަރޑިނަންޑް ރޮމުއަލްޑޭޒް މާކޯސް ޖޫނިއަރ---
ޚުލާސާ

މިންޑަނާއޯއަށް އައި މި ބާރުގަދަ ބިންހެލުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމަޔާއެކު ކަމަށް ރައީސް ވަނީ ވިދާޅުވެފަ. ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް އިންޑޮނޭޝިއާ، ޕަލާއޫ އަދި ޖަޕާނުގެ ދެކުނު ސަރަހައްދުތަކާ ހަމައަށް ފޯރާފައިވޭ.

ފިލިޕީންސްގެ މިންޑަނާއޯ އައްސޭރިފަށަށް އިއްޔެ އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ގައުމުގެ ރައީސް ފަރޑިނަންޑް ރޮމުއަލްޑޭޒް މާކޯސް ޖޫނިއަރއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިންޑަނާއޯއަށް އައި މި ބާރުގަދަ ބިންހެލުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފިލިޕީންސްގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ވަކިން ހާއްސަކޮށް މި ހާދިސާގައި ފުރާނަ ގެއްލުނު އާއިލާތަކަށް ނުހަނު އިހްލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާފައެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށާއި، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.

ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް އިންޑޮނޭޝިއާ، ޕަލާއޫ އަދި ޖަޕާނުގެ ދެކުނު ސަރަހައްދުތަކާ ހަމައަށް ފޯރާފައިވާއިރު، ފިލިޕީންސްގެ ބައެއް އައްސޭރިފަށުގެ އަވަށްތަކަށް ސުނާމީގެ ސަބަބުން ގެއްލުންތައް ލިބިފައިވެއެވެ.

ހާދިސާއާ ގުޅިގެން ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއަރ ވަނީ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އަމުރުކުރައްވައި، ކަމާބެހޭ އިދާރާތަކުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފެށުމަށް އިރުޝާދު ދެއްވާފައެވެ. ފަރޑިނަންޑް ވިދާޅުވީ ގައުމީ ސަރުކާރުން މިންޑަނާއޯގެ ރައްޔިތުންނަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މި ކާރިސާއާ ގުޅިގެން އެމެރިކާ، ފްރާންސް، ޖަޕާން އަދި ނިއުޒީލަންޑުން ވަނީ ފިލިޕީންސަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ. ބިންހެލުމުގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ އިމާރާތްތައް ވެއްޓުމާއި، މިސްކިތެއްގެ ފާރު ވެއްޓުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލިޕީންސްބިންހެލުން، ޒަލްޒަލާރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05