ދިވެހިން ދިރިއުޅޭ ފިލިޕީންސަށް އިތުރު ތޫފާނެއްގެ ބިރު

ޢަބްދުﷲ ޖުނައިދު | 29 ދުވަސް ކުރިން - 6 ނޮވެންބަރު 2025 14:09
ފިލިޕީންސް އަށް އެރި ތޫފާން ކަލްމެއީގީ ގެ ސަބަބުން ފެންބޮޑުވެފައިވާއިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި.
ފިލިޕީންސް އަށް އެރި ތޫފާން ކަލްމެއީގީ ގެ ސަބަބުން ފެންބޮޑުވެފައިވާއިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި.
ޚުލާސާ

ތޫފާން ކަލްމެއީގީ ގެ ސަބަބުން ފިލިޕީންސް ފަނާކޮށްލައި 114 މީހުން މަރުވެފައިވާއިރު، އިތުރު ތޫފާނެއްގެ ބިރާއި ކުރިމަތިލުން އެކަށީޣެންވާ ކަމަށް ފިލިޕީންސުން ބުނޭ.

ގިނަ ދިވެހީން ކިޔަވަން ގޮސް އުޅޭ ފިލިޕީންސް އަށް އެރި ކަލްމެއިގީ ގެ ނަމުން ނަން ދީފައިވާ ތޫފާނުގައި އެގައުމުގައި ފެންބޮޑުވުމާއި ބިންހެލުމުގެ ސަބަބުން މަދުވެގެން 114 މީހުން މަރުވެ އެއް ބަޔަކު ގެއްލި ބޮޑެތި ޢުމްރާނީ ގެއްލުންތަކާއި ކުރިމަތިވެފައިވާއިރު، އަނެއްކާ ވެސް އިތުރު ތޫފާނެއް އައުމުގެ ބިރުވެރިކަން އެބައޮތް ކަމަށް އެ ޤައުމުގެ ނޭޝަނަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް ކައުންސިލް (އެންޑީއާރުއެމްސީ) އިން ބުނެފިއެވެ.

މި މަހުގެ ތިންވަނަ ދުވަހު އެރި ތޫފާނުގެ ސަބަބުން އެގައުމުގެ ސޭބޫ ޕްރޮވިންސަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ގާތްގަނޑަކަށް 1.2 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.

މި ތޫފާނުގައި ގަޑިއަކު 175 ކިލޯމީޓަރު (ގަޑިއަކު 110 މޭލު) ގެ ބާރުމިނުގައި ވައި ޖެހުނުއިރު ބައެއް ހިސާބުތަކަށް 220 ކިލޯމީޓަރަށް ވައި ޖެހުނު ކަމަށާއި އަދިވެސް އައްސޭރިފަށުގެ ބައެއް ހިސާބުތަކުގެ މުވާޞަލާތީ ޚިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%