7.4 މެގްނިޓިއުޑްގެ ބިންހެލުމެއް ދެކުނު ފިލިޕީންސްއަށް މިއަދު އަރައި، މިހާތަނަށް ދެމީހުން މަރުވެއްޖެއެވެ. މަނައި، ޑަވާއޯ އޮރިއަންޓަލް ގެ އައްސޭރިފަށަށް އައި މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ ސަތަޙައިގެ 20 ކިލޯމީޓަރު އަޑިން ކަމަށް ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޯލްކެނޮލޮޖީ އެންޑް ސެއިސްމޮލޮޖީ އިން ބުނެއެވެ.
ފިލިޕީންސުން ބުނާ ގޮތުގައި މި ބިންހެލުމުގެ ސަބަބުން އައްސޭރިފަށުގެ ގެތައް ވެއްޓި، މަގުތަކުގައި ރެނދުލައި، ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެތަންތަން ވެއްޓިދާނެތީވެ އެޑްމިޓް ކޮށްފައިވާ 250 އަށް ވުރެ ގިނަ ބަލިމީހުން ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން ބިންހެލުމުގެ ލިބުނު އަނިޔާތަކާއި ގުޅިގެން ދިހަވަރަކަށް ދަރިވަރުންނަށް ފަރުވާ ދީފައިވާ ކަމަށް ވެސް ފިލިޕީންސްގެ ޚަބަރުތައް ބުނެއެވެ..
ޕެސިފިކް ސުނާމީ އިންޒާރުދޭ ސެންޓަރުން ވަނީ 3 ފޫޓަށް ރާޅު އަރާނެ ކަމަށާއި އޭގެތެރޭގައި ފިލިޕީންސް، އިންޑޮނޭޝިއާ، އަދި ޕަލާއޫ ހިމެނޭ ކަމަށް ބުނެފައެވެ. ނަމަވެސް އެ އިންޒާރު މިހާރު ވަނީ ބާޠިލް ކޮށްފައެވެ.
ސެޕްޓެމްބަރު 30 ގައި ވެސް 6.9 މެގްނިޓިއުޑްގެ ބިންހެލުމެއް ފިލިޕީންސަށް އައިސް ގިނަ ބަޔަކު މަރުވިއެވެ.