Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފްލިޕީންސް އިން ރާއްޖެ ބަލިކުރުމާއެކު ފަހު މެޗު ފޯރިގަދަވެއްޖެ

ފްލިޕީންސް އިން ރާއްޖެ ބަލިކުރުމާއެކު ފަހު މެޗު ފޯރިގަދަވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
294 ދުވަސް ކުރިން - 19 ނޮވެންބަރު 2025 06:54
ރާއްޖެ-ފިލިޕީންސް ބައްދަލުކުރި މެޗުގެ ތެރެއިން---ފޮޓޯ: ސިޑިބަރި
ރާއްޖެ-ފިލިޕީންސް ބައްދަލުކުރި މެޗުގެ ތެރެއިން---ފޮޓޯ: ސިޑިބަރި
ޚުލާސާ

ފިލިޕީންސްއާ މި ގްރޫޕުގެ އެއްވަނައިގައި އޮތް ތަޖިކިސްތާނަށް ލިބިފައިވަނީ 13 ޕޮއިންޓް. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވާދަކުރާނީ މި ދެޓީމު.

2027 ވަނަ އަހަރު ސައުދީ އަރަބިއާގައި އޮންނަ އޭޝިއަން ކަޕުގެ ކޮލިފިކޭޝަނުގައި ދިވެހިރާއްޖެ އަތުން ފިލިޕީންސް މޮޅުވެ ގްރޫޕް ފަހު މެޗުގެ ފޯރި ގަދަވެއްޖެ އެވެ.

ރަށުން ބޭރުގައި 0-2 ގެ ނަތީޖާއިން ފްލިޕީންސް މޮޅުވެފައިވާއިރު އެ ޓީމަށް މިވަނީ 13 ޕޮއިންޓު ލިބިފަ އެވެ. އަދި ޓީމޯ-ލެސްޓޭ އަތުން 0-5 ގެ ނަތީޖާއިން މޮޅުވެ 13 ޕޮއިންޓާއެކު ނަމަވެސް ގޯލުގެ ތަފާތުން އެއްވަނައިގައި އޮތީ ތަޖިކިސްތާނެވެ.

ގްރޫޕް ސްޓެޖުގެ ފަހު މެޗު އަންނަ މާޗު މަހުގެ 31 ވަނަ ދުވަހު އޮންނައިރު މި މެޗު ކުޅޭނީ ތަޖިކިސްތާނުގަ އެވެ. ގްރޫޕް ސްޓޭޖުގައި މި ދެޓީމު ކުޅުނު ފުރަތަމަ މެޗު 2-2 އިން ވަނީ އެއްވަރުވެފަ އެވެ.

Advertisement

Advertisement 1

މުބާރާތުގެ އުސޫލުގައިވާ ގޮތުން އެއްވަރަށް ޕޮއިންޓް ލިބިފައިވާނަމަ ދެން ބަލާނީ ހެޑް-ޓު-ހެޑް އަށެވެ. މާނައަކީ ދެ ޓީމު ބައްދަލުކުރި މެޗު ތަކުގެ ތެރެއިން މޮޅުވެފައިވާ ޓީމެވެ. އަދި ދެ މެޗު ވެސް އެއްވަރުވެއްޖެ ނަމަ ދެން ބަލާނީ ގޯލުގެ ގޮތުން ކުރީގައި އޮތް ޓީމެކެވެ. އެހެންކަމުން މި މެޗު އެއްވަރުވެއްޖެ ނަމަ އެއްވަނަ ލިބޭނީ މިވަގުތު އެއް ގޯލު ކުރީގައި އޮތް ތަޖިކިސްތާނަށެވެ. އަދި މި މެޗުން މޮޅުވާން ފިލިޕީންސް އަށް މަޖުބޫރެވެ. 2027 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ކޮލިފައި ވާނީ ގްރޫޕުން އެއްވަނަ ހޯދާ ޓީމުތައް އެކަންޏެވެ.

ރާއްޖެ ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ދެ ގޯލުވެސް ފްލިޕީންސް އިން ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ.

މިހާތަނަށް ރާއްޖެ-ފިލިޕީންސް ޖުމްލަ ހަތް ފަހަރު ވާދަކޮށްފައިވާއިރު ރާއްޖެ މޮޅުވެފައިވަނީ އެންމެ ފަހަރެއްގަ އެވެ. އެއީ 2009 ވަނަ އަރު އޭއެފްސީ ޗެލެންޖް ކަޕުގައި މާލޭގައި ކުޅުނު މެޗު 2-3 ގެ ނަތީޖާ އިންނެެވެ. އެއީ އެންމެ ފުރަތަމަ ކުރިމަތިލުމެވެ. އޭގެ ފަހުން ފަސް މެޗު ފިލިޕީންސް މޮޅުވެފައިވާއިރު އެއް މެޗު އެއްވަރުވެފައިވެ އެވެ.

މި ގްރޫޕުގައި ރާއްޖެ ފުލުގައި އޮތީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބަލިވެގެންނެވެ. ފަހު މެޗުގައި ރާއްޖެ ވާދަކުރާނީ ޓީމޯ-ލެސްޓޭއާ އެވެ.

ފިލިޕީންސްދިވެހިރާއްޖެއޭޝިއަން ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެ، ފެތުރެމުންދާ ވަރުގަދަ ދުމުގެ އަސަރު މެލޭޝިއާއާއި ފިލިޕީންސަށް

އިންޑޮނޭޝިއާ އަލިފާނުގެ އަސަރު މެލޭޝިއާއާއި ފިލިޕީންސަށް

6 ދުވަސް ކުރިން - 12:45

ސައުދީއާއި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި، ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ސައުދީއާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

70 ދުވަސް ކުރިން - 22:38

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

92 ދުވަސް ކުރިން - 13:56

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، 12 މީހުން މަރުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، 12 މީހުން މަރުވެއްޖެ

93 ދުވަސް ކުރިން - 11:06

އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީ އެމްއެމްއޭއިން ދައްކައި ހަލާސްކޮށްފި

އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދައްކައިފި

138 ދުވަސް ކުރިން - 22:54

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

150 ދުވަސް ކުރިން - 23:00