Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"ބޭނުމީ ދުނިޔޭގެ ފެންވަރުގެ ހަގީގީ މަންޒިލެއް އުފެއްދުން": އެމާރުގެ ބާނީ މުހައްމަދު އަލައްބާރު

"ބޭނުމީ ދުނިޔޭގެ ފެންވަރުގެ ހަގީގީ މަންޒިލެއް އުފެއްދުން": އެމާރުގެ ބާނީ މުހައްމަދު އަލައްބާރު

އައިޝަތު ރުވާ ރިފްޢަތު
14 ގަޑިއިރު ކުރިން - 21 ސެޕްޓެންބަރު 2026 13:03
އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރު---
އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރު---
ޚުލާސާ

ރަސްމާލޭގައި ހިންގާ މި މަޝްރޫއާ ގުޅޭގޮތުން އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރު ވިދާޅުވީ، އަމާޒަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ބިނާކޮށް ހަގީގީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއް އުފެއްދުން ކަމަށް. މިއީ 54،000 ވަޒީފާއާއި އިގްތިސާދީ ބޮޑު ކުރިއެރުމެއް ގެނުވާނެ ތާރީހީ ބިޔަ އިންވެސްޓްމަންޓެއް.

ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމަށް ބިނާކޮށް، ދުނިޔޭގެ ފެންވަރުގެ މަންޒިލެއް ތަރައްގީކުރުމަށްޓަކައި އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން 20 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ވޯޓާފްރަންޓް އަދި މެރީނާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރު ވިދާޅުވީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކާ އެއްވަރުނުވާ ފަދަ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ހާއްސަ ގައުމެއް ކަމަށެވެ.

"ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެ ވަރުގަދަ ސިފަތަކުގެ މައްޗަށް ބިނާކޮށް، ޒިންމާދާރުކަމާއެކު ދުނިޔޭގެ ފެންވަރުގެ ހަގީގީ މަންޒިލެއް އުފެއްދުން"
އެމާރުގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލައްބާރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދަވާ މި ބިޔަ މަޝްރޫއު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ، ވެރިރަށް މާލެއިން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ރަސްމާލެ (ފުށިދިއްގަރު ފަޅު) ހިއްކައިގެންނެވެ. މިއީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. މިހާރު ސޮއިކުރެވުނު އެއްބަސްވުމަކީ މައިގަނޑު ވިޔަފާރީގެ އޮނިގަނޑާއި ތަސައްވުރު އެކަށައެޅުމަށް ވެވުނު އެއްބަސްވުމެކެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ، މަތީ ފަންތީގެ ރެސިޑެންސްތައް، ބްރޭންޑެޑް ރެސިޑެންސްތައް، ދުނިޔޭގެ ފެންވަރުގެ މެރީނާ، ޕްރޮމެނާޑްތައް، ވިޔަފާރި އާއި ކެއިންބުއިމުގެ ހިދުމަތްތައް، މުނިފޫހިފިލުވުމާއި ސިއްހީ އަދި ތައުލީމީ ހިދުމަތްތައް ހިމެނޭ ފުރިހަމަ ސިޓީއެއް ގާއިމުކުރެވޭނެއެވެ.

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު މި މަޝްރޫއު ސިފަކުރެއްވީ ދިވެހި ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ދައުލަތުން ލޯނު ނުނަގައި އަދި ޓެކްސް ލުއިތަކެއް ނުދީ ހިންގާ މި މަޝްރޫއުގެ ސަބަބުން ބޭންކިން ނިޒާމުގެ ތެރެއިން ބޭރުގެ އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް ރާއްޖެއަށް ވަދެ، 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދި، އެތައް ހާސް އާއިލާއަކަށް ބޯހިޔާވަހިކަން ލިބިގެންދާނެއެވެ. މީގެ އިތުރުން މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ މަތީ އާމްދަނީ ލިބޭ ގައުމަކަށް ވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި މަންޒިލް ފުރިހަމައަށް ތަރައްގީވެ ނިމުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މަޝްރޫއުގެ މުޅި މުއްދަތުގައި ބޭރުގެ އިންވެސްޓްމަންޓްގެ ގޮތުގައި 30 ބިލިއަން ޑޮލަރު ލިބޭއިރު، އޭގެ ތެރެއިން 18 ބިލިއަން ޑޮލަރަކީ ރާއްޖޭގެ އިގްތިސާދަށް ސީދާ ވަންނާނެ ފައިސާ ކަމަށް އަންދާޒާކުރެވެއެވެ.

އީގަލް ހިލްސް އަކީ ދުނިޔޭގެ 18 ގައުމެއްގައި މަޝްރޫއުތައް ހިންގަމުން އަންނަ އަދި 45 ހޮޓާ ހިންގާ ކުންފުންޏެކެވެ. މީގެ އިތުރުން މުޙައްމަދު އަލައްބާރަކީ ދުބާއީގެ މަޝްހޫރު އީމާރު ޕްރޮޕަޓީސްގެ ވެސް ބާނީއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުގެ މާހައުލަށް ހާއްސަ ސަމާލުކަމެއް ދީގެން ދެމެހެއްޓެނިވި އުސޫލުތަކުގެ މަތިންނެވެ.

ދުބާއީދިވެހިރާއްޖެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގަން އަބޫ ދާބީގެ އީގަލް ހިލްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް އަބޫދާބީގެ ކުންފުންޏަކުން ހިންގަނީ

16 ގަޑިއިރު ކުރިން - 11:28

ސައުދީއާއި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި، ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ސައުދީއާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

83 ދުވަސް ކުރިން - 22:38

އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީ އެމްއެމްއޭއިން ދައްކައި ހަލާސްކޮށްފި

އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދައްކައިފި

151 ދުވަސް ކުރިން - 22:54

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

163 ދުވަސް ކުރިން - 23:00

އެމެރިކާގެ ދެކޮޅުވެރިކަމާ ގުޅިގެން ޗާގޯސް ރަށްތައް ދޫކޮށްލުމުގެ މަސައްކަތް އިނގިރޭސިވިލާތުން މެދުކަނޑާލައިފި

ޗާގޯސް ރަށްތައް ދޫކޮށްލުމުގެ މަސައްކަތް އިނގިރޭސިވިލާތުން މެދުކަނޑާލައިފި

163 ދުވަސް ކުރިން - 22:34

އީރާނުގެ ސްކޫލަކަށް ހަމަލާދީ 168 އަންހެން ކުދިން ޝަހީދުކޮށްލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

168 ކުދިން ޝަހީދުކޮށްލި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

178 ދުވަސް ކުރިން - 19:04