
އަލްއައްބާރު ވިދާޅުވީ، މި މަޝްރޫއަކީ ހަމައެކަނި ވަޒީފާގެ ފުރުސަތުތަކެއް ނޫން ކަމަށާއި، މީގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ސީދާ މަންފާ ލިބި، ތަރައްގީގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް. މިއީ އީގަލް ހިލްސްއިން ރާއްޖޭގައި ކުރިއަށްގެންދަން ނިންމާފައިވާ ބޮޑު މަޝްރޫއެއް.
13 ގަޑިއިރު ކުރިން - 15:29

އެއްވެސް ބިމެއް ނުވިއްކައި ހިންގާ މި މަޝްރޫއުން 54،000 ވަޒީފާ އުފެދި، އާއިލާއާ ދުރުނުވެ މަސައްކަތް ކުރުމުގެ ފުރުސަތު ޒުވާނުންނަށް ލިބޭނެ. އަދި ހުޅުމާލޭގައި 5،000 ފްލެޓް އަޅައިދިނުމުގެ އިތުރުން، ދައުލަތަށް 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެންދާނެ. މިއީ ޒުވާނުންގެ މުސްތަގުބަލަށް އޮތް އައު އުންމީދެއް.
13 ދުވަސް ކުރިން - 17:31
ރަސްސްމާލޭގެ 500 ހެކްޓަރުގައި 20 ބިލިއަން ޑޮލަރުގެ މި މަޝްރޫޢުގައި ހޮޓާތަކާއި، ރެޒިޑެންސްތަކާއި މެރީނާއެއް ހިމެނެއެވެ. 2027 ގައި ފަށާ މި މަޝްރޫޢުން ދިވެހިންނަށް ގިނަ ވަޒީފާތަކާއި، ބޯހިޔާވަހިކަން އަދި ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ. އަދި ދިވެހިންނަށް ވެސް އިންވެސްޓްކުރުމުގެ ފުރުސަތު އޮންނާނެ.
13 ދުވަސް ކުރިން - 15:13