Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގަން އަބޫ ދާބީގެ އީގަލް ހިލްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގަން އަބޫ ދާބީގެ އީގަލް ހިލްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު އީމާން
16 ގަޑިއިރު ކުރިން - 21 ސެޕްޓެންބަރު 2026 11:28
20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގަން ދުބާއީގެ އީގަލް ހިލްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރަނީ.
20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ހިންގަން ދުބާއީގެ އީގަލް ހިލްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރަނީ.
ޚުލާސާ

ދަ ނެޝަނަލް ނޫހުން ރިޕޯޓްކުރި ގޮތުގައި، ރިސޯޓުތަކާއި މަތީ ފަންތީގެ ރެޒިޑެންސްތައް ހިމެނޭ މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް 18 ބިލިއަން ޑޮލަރުގެ ސާފު ފޮރިން އިންވެސްޓްމަންޓް ލިބި، 54،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ. އަދި އަހަރަކު 2 ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީއެއް ލިބޭނެ.

ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫޢުގެ ގޮތުގައި، ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީ ކުރުމަށް ޔޫއޭއީގެ އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ޚަބަރު ރިޕޯޓްކޮށްފައިވަނީ ޔޫއޭއީގެ ނޫހެއް ކަމަށްވާ "ދަ ނެޝަނަލް" އިންނެވެ.

"ދަ ނެޝަނަލް" އިން މަޢުލޫމާތު ދޭ ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ދާދި ދެންމެއަކި ދުބާއީގައެވެ. މި ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލަޢައްބާރު އާއި ދިވެހި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވެރިރަށް މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ "ރަސްމާލެ" ގައި ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، މަތީ ފަންތީގެ ބްރޭންޑެޑް ރެޒިޑެންސްތައް، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް، ވޯޓަރފްރަންޓް ޕްރޮމެނާޑްތައް، ރެސްޓޯރެންޓްތައް، ފިހާރަތައް އަދި ހިތްހަމަޖައްސައިލުމާއި ދުޅަހެޔޮކަމުގެ މަރުކަޒުތައް ޤާއިމުކުރެވިގެންދާނެއެވެ.

Advertisement

Advertisement 1

އީގަލް ހިލްސްއާ ޙަވާލާދީ ނޫހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ތަފާތު އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެއެވެ. މިއީ އެ ކުންފުނިން އެއްފަހަރާ ކުރާ ކެޕިޓަލް އިންވެސްޓްމަންޓަކަށް ވުރެ ބޮޑަށް، މަޝްރޫޢުގެ އެކި މަރުޙަލާތަކުގައި ހިނގާނެ ކަމަށް ލަފާކުރެވޭ އިންވެސްޓްމަންޓްގެ އަދަދެވެ. މި މަޝްރޫޢަށް ފައިސާ ހަމަޖައްސާނެ ގޮތާއި، މަސައްކަތް ނިންމާނެ ތާވަލު އަދި އީގަލް ހިލްސްއިން ސީދާ އިންވެސްޓްކުރާނެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ބޮޑެތި އިޤްތިޞާދީ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. އެގޮތުން، މި މަޝްރޫޢުގެ ދައުރުގެ ތެރޭގައި ޖުމްލަ 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބި، ރާއްޖެއަށް ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދި، މަޝްރޫޢު ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން ގާތްގަނޑަކަށް 65،000 ހައުސިން ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވާ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ މެއި 2025 ގައި ދުބާއީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ގުޅިގެން މާލޭގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

އީގަލް ހިލްސް އަކީ ބުރްޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްޤީކުރި އެމާރ ޕްރޮޕަޓީސްގެ ބާނީ މުޙައްމަދު އަލަޢައްބާރުގެ ޕްރައިވެޓް ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ވޯޓަރފްރަންޓް މަޝްރޫޢުތައް ހިންގަމުންނެވެ. އޭގެ ތެރޭގައި އަބޫދާބީގެ ލުލު އައިލެންޑް އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢާއި، އަލްބޭނިއާގައި ހިންގާ 2.5 ބިލިއަން ޑޮލަރުގެ ޑުރެސް ޔޮޓްސް އެންޑް މެރީނާ މަޝްރޫޢުގެ އިތުރުން ޝާރްޖާގައި ހިންގާ 1.2 ބިލިއަން ޑޮލަރުގެ މަރްޔަމް އައިލެންޑް މަޝްރޫޢު ހިމެނެއެވެ.

ދުބާއީދިވެހިރާއްޖެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ބޭނުމީ ދުނިޔޭގެ ފެންވަރުގެ ހަގީގީ މަންޒިލެއް އުފެއްދުން": އެމާރުގެ ބާނީ މުހައްމަދު އަލައްބާރު

"ބޭނުމީ ދުނިޔޭގެ ފެންވަރުގެ ހަގީގީ މަންޒިލެއް އުފެއްދުން": އެމާރުގެ ބާނީ އަލައްބާރު

14 ގަޑިއިރު ކުރިން - 13:03

ސައުދީއާއި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި، ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ސައުދީއާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

83 ދުވަސް ކުރިން - 22:38

އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީ އެމްއެމްއޭއިން ދައްކައި ހަލާސްކޮށްފި

އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދައްކައިފި

151 ދުވަސް ކުރިން - 22:54

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

163 ދުވަސް ކުރިން - 23:00

އެމެރިކާގެ ދެކޮޅުވެރިކަމާ ގުޅިގެން ޗާގޯސް ރަށްތައް ދޫކޮށްލުމުގެ މަސައްކަތް އިނގިރޭސިވިލާތުން މެދުކަނޑާލައިފި

ޗާގޯސް ރަށްތައް ދޫކޮށްލުމުގެ މަސައްކަތް އިނގިރޭސިވިލާތުން މެދުކަނޑާލައިފި

163 ދުވަސް ކުރިން - 22:34

އީރާނުގެ ސްކޫލަކަށް ހަމަލާދީ 168 އަންހެން ކުދިން ޝަހީދުކޮށްލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

168 ކުދިން ޝަހީދުކޮށްލި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

178 ދުވަސް ކުރިން - 19:04