Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކޮންގޯގައި ފެތުރޭ ގޮތްނޭނގޭ ބައްޔެއް ދެނެގަތުމަށް ޑަބްލިޔުއެޗްއޯއިން މަސައްކަތް ފަށައިފި

ކޮންގޯގައި ފެތުރޭ ގޮތްނޭނގޭ ބައްޔެއް ދެނެގަތުމަށް ޑަބްލިޔުއެޗްއޯއިން މަސައްކަތް ފަށައިފި

އާނާ ފަހީމް
550 ދުވަސް ކުރިން - 7 ޑިސެންބަރު 2024 18:25
ކޮންގޯގައި ފެތުރޭ ގޮތްނޭނގޭ ބައްޔެއް ދެނެގަތުމަށް ޑަބްލިޔުއެޗްއޯއިން މަސައްކަތް ފަށައިފި
ޚުލާސާ

ކޮންގޯގައި ފެތުރެމުންދާ ސިއްރު ބައްޔެއް ދެނެގަތުމަށް ޑަބްލިޔުއެޗްއޯއިން ސިއްޙީ މާހިރުން ފޮނުވައިފި. މި ބަލީގެ ސަބަބުން މިހާތަނަށް 30 އަށްވުރެ ގިނަ މީހުން މަރުވެފައިވޭ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރެމުންދާ ގޮތްނޭނގޭ ބައްޔެއް ދެނެގަތުމަށް އެހީތެރިވުމަށްޓަކައި ސިއްޙީ މާހިރުން އެ ޤައުމަށް ފޮނުވުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ނިންމައިފިއެވެ.

ޑަބްލިޔުއެޗްއޯގެ ސިއްޙީ މާހިރުން ފޮނުވަނީ ކޮންގޯގެ ކުވަންގޯ ޕްރޮވިންސްގެ ހުޅަނގުދެކުނުގައި އޮންނަ ޕެންޒީ ސަރަޙައްދަށެވެ. މި ސަރަޙައްދުގައި ގޮތްނޭނގޭ ބައްޔެއް ޖެހިގެން ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.

ޑަބްލިޔުއެޗްއޯގެ އެފްރިކާގެ ރީޖަނަލް ޑިރެކްޓަރު މެޓްޝިޑިސޯ މޯޓީ ވިދާޅުވި ގޮތުގައި، މި ބަލީގެ އަސަރުކޮށްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ބަލި ޖެހޭ ސަބަބާއި ފެތުރޭ ގޮތްތައް ދެނެގަނެ، ވީހާވެސް އަވަހަކަށް އެކަށީގެންވާ ގޮތެއްގައި ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރަމުންދެއެވެ.

Advertisement

Advertisement 1

ކޮންގޯގެ ސިއްޙީ ވުޒާރާގެ މަޢުލޫމާތުތަކަށް ބަލާއިރު، މި ބަލި ޖެހިގެން މިހާތަނަށް ރިޕޯޓުކޮށްފައިވާ 394 މީހުންގެ ތެރެއިން 30 މީހުން ވަނީ މަރުވެފައެވެ. ނަމަވެސް ކޮންގޯގެ ބައެއް ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި، މިދިޔަ މަހުގެ ތެރޭގައި ޕެންޒީ ސަރަޙައްދުން މި ބަލި ޖެހިގެން 143 މީހަކު ވަނީ މަރުވެފައެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި، މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުން، ކެއްސުން، ހުން އައުން، ނޭވާލާން އުނދަގޫވުން އަދި ލޭ މަދުވުން ހިމެނެއެވެ. މި ބަލި ދެނެގަތުމަށް ހަދަމުންދާ ތަހުލީލުތަކަށްފަހު އެއްކުރެވޭ މަޢުލޫމާތުތައް ވަރަށް އަވަހަށް ޙިއްސާކުރާނެ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ.

ކޮންގޯޑަބްލިޔޫއެޗްއޯސިއްހަތު
Ad
Ad

ގުޅޭ ޚަބަރުތައް

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

9 ދުވަސް ކުރިން - 23:07

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިން ފަސް މީހަކު ރަނގަޅުވެއްޖެ

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިން ފަސް މީހަކު ރަނގަޅުވެއްޖެ

10 ދުވަސް ކުރިން - 20:36

ކޮންގޯގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާތީ އެމް.އެސް.އެފް އިން އިންޒާރު ދީފި

ކޮންގޯގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާތީ އެމް.އެސް.އެފް އިން އިންޒާރު ދީފި

11 ދުވަސް ކުރިން - 05:33

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

17 ދުވަސް ކުރިން - 10:58

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

އޭޑީއެޗްޑީގެ ފަރުވާއަށް މިތައިލްފެނިޑޭޓް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިފި

29 ދުވަސް ކުރިން - 20:27

ހެންޓަވައިރަސްގެ 11 ކޭސް، 3 މަރު!

ހެންޓަވައިރަސްގެ 11 ކޭސް، 3 މަރު!

33 ދުވަސް ކުރިން - 23:35

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%