Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބަންގްލަދޭޝްގައި ނިރުބަވެރި ހަމަލާތަކެއް ދީފާނެކަމުގެ އިންޒާރު ދީފި

ބަންގްލަދޭޝްގައި ނިރުބަވެރި ހަމަލާތަކެއް ދީފާނެކަމުގެ އިންޒާރު ދީފި

އާނާ ފަހީމް
641 ދުވަސް ކުރިން - 7 ޑިސެންބަރު 2024 18:08
ބަންގްލަދޭޝްގެ ސިފައިން ތަމްރީނުތަކެއްގައި - ދީފާނެ ޓެރަރިސްޓު ހަމަލާއަކަށް އެޤައުމު އޮތީ ތައްޔާރަށް ކަމަށް ސަރުކާރުން ބުނޭ.
ބަންގްލަދޭޝްގެ ސިފައިން ތަމްރީނުތަކެއްގައި - ދީފާނެ ޓެރަރިސްޓު ހަމަލާއަކަށް އެޤައުމު އޮތީ ތައްޔާރަށް ކަމަށް ސަރުކާރުން ބުނޭ.
ޚުލާސާ

ބަންގްލަދޭޝްގައި ނިރުބަވެރި ހަމަލާތަކެއް ދީފާނެކަމުގެ އިންޒާރެއް އިނގިރޭސި ވިލާތުން ނެރެ، އެ ޤައުމުގައި ދިރިއުޅޭ އިނގިރޭސި ރައްޔިތުންނަށް ސަމާލުވުމަށް އަންގައިފި. މި ހަމަލާތައް އެހެން ޤައުމުތަކުގެ މީހުންނަށް އަމާޒުކޮށްފާނެ.

ބަންގްލަދޭޝްގައި ކުރިއަށް އޮތް ދުވަސްތަކުގައި ޓެރަރިސްޓުންގެ ނިރުބަވެރި ހަމަލާތަކެއް ދީފާނެކަމުގެ އިންޒާރެއް އިނގިރޭސިވިލާތުން ދީފިއެވެ. މި އިންޒާރުގައި އެ ޤައުމުގައި ދިރިއުޅޭ އިނގިރޭސި ރައްޔިތުން ސަމާލުވެ ތިބުމަށް އަންގާފައިވެއެވެ.

އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބަންގްލަދޭޝްގައި ނިރުބަވެރިކަމުގެ ހަރަކާތްތައް ހިންގުމުގެ ފުރުސަތު އިތުރުވެފައިވާ ކަމަށެވެ. އަދި މި ހަމަލާތައް އެ ޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނަށް އަމާޒުކޮށްފާނެ ކަމަށް ވެސް އިންޒާރު ދީފައިވެއެވެ.

ނިރުބަވެރިން ހަމަލާ ދޭނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގެ ތެރޭގައި މީހުން ތޮއްޖެހިފައިވާ ހިސާބުތަކާއި، ދީނީ އަޅުކަންކުރާ އިމާރާތްތަކާއި، ސިޔާސީ އެއްވުންތައް ހިމެނޭ ކަމަށް އިނގިރޭސި ސަރުކާރުން ލަފާކޮށްފައި ވެއެވެ. މީގެ އިތުރުން ބައެއް ދީންތަކުގެ މީހުންނާއި ފުލުހުންނާއި ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަމަލާ ދިނުން އާންމުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement

Advertisement 1

"ބަންގްލަދޭޝް ސަރުކާރުން ދަނީ މިފަދަ ހަމަލާތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން. އެގޮތުން ސަލާމަތީ ބާރުތައް ހަރަކާތްތެރިވުން އިތުރު ކުރުމާއި މީހުން ހަރަކާތްތެރިވާ ތަންތަން މަދު ކުރުން ހިމެނޭ،" އިނގިރޭސި ވިލާތުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިނގިރޭސި ސަރުކާރުން ވަނީ ބަންގްލަދޭޝްގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުންނަށް ބަންގްލަދޭޝް ސަރުކާރުގެ އެންގުންތަކަށް ތަބާވުމަށާއި، މި ދުވަސްކޮޅު މީހުން ގިނަ ތަންތަނަށް ނުދިއުމަށް އިރުޝާދު ދީފައެވެ.

ބަންގްލަދޭޝް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"އަހަރެން ހައްޔަރުވެސް ކޮށްފާނެ ނުވަތަ މަރާވެސް ލަފާނެ، ނަމަވެސް އެނބުރި ގައުމަށް ދާން ނިންމައިފިން": ޝެއިހް ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ ކޯޓަށް ހާޒިރުވާން ނިންމަވައިފި

61 ދުވަސް ކުރިން - 16:10

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

69 ދުވަސް ކުރިން - 13:33

އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

105 ދުވަސް ކުރިން - 13:09

ދިގުރަށު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް, ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ, ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފި

176 ދުވަސް ކުރިން - 15:10

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ބަނގުލަދޭޝަށް ގެންދަނީ

އަލިފާނުގައި މަރުވި 2ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވާލަނީ

178 ދުވަސް ކުރިން - 15:42

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް ފަށައިފި

181 ދުވަސް ކުރިން - 16:58