ސީރިއާގެ ހަމަނުޖެހުންތަކުގައި އަލުން ހަނގުރާމަތައް ވަރުގަދަވެ، މިއަދު ހަލަބުގައި 12 މީހުން މަރާލައިފިއެވެ. ރަޝިޔާ އާއި ސީރިއާ ސިފައިންގެ ވައިގެ ހަމަލާތައް ހަލަބް ޔުނިވާސިޓީ ހޮސްޕިޓަލް ކައިރީގައި ހުރި ސަރަހައްދުތަކަށް ވަނީ އަމާޒުކޮށްފައެވެ. އެ ހަމަލާގައި އިތުރު 23 މީހަކު ވަނީ ޒަހަމްވެފައި ކަމަށް ޚަބަރުތައް ބުނެއެވެ. މި ހަމަލާތަކަކީ އެ ސިޓީއާ ދިމާލަށް ކުރިއަށްދާ އިސްލާ ޖަމާއަތްތައް ފަހަތަށް ޖައްސައިދިނުމަށް ސީރިއާ ސަރުކާރުން ކުރަމުންދާ ބޮޑު މަސައްކަތުގެ ބައެކެވެ. މިހާރު ފެށިގެން އުޅޭ މި ހަމަނުޖެހުމަކީ 2016 ވަނަ އަހަރަށްފަހު ހަލަބަށް ބައްޝާރާއި އިދިކޮޅު ފަރާތްތަކުން ދިން ފުރަތަމަ ބޮޑު ހަމަލާއެވެ.
ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) އިސްކޮށް ހުރެ އެހެން ޖަމާއަތްތަކުގެ ތާއީދާއެކު ދާދި ފަހުން ވަނީ ހަލަބާއި އިދްލިބުގެ ރަށްރަށުގެ ބޮޑު ސަރަހައްދެއް ހިފާފައެވެ. ނަމަވެސް ރަޝިޔާގެ ވައިގެ ބާރުގެ ތާއީދާއެކު ސީރިއާ ސިފައިން ދަނީ އެޗްޓީއެސް އަށް ޙަމަލާދީ އެމީހުން ފަހަތަށް ޖައްސަމުންނެވެ. އެޗްޓީއެސް އަކީ ކުރިން އަލްޤައިދާ އާއެކު މަސައްކަތްކުރި ނުސްރާ ޖަމާޢަތެވެ. އެ ޖަމާޢަތުގެ ނަން މިހާރު ވަނީ ރީބްރޭމްޑްކޮށްފައެވެ. އެމީހުނގެ ދަޢުވާއަކީ ޑިމޮކްރަސީ އުވާލައި އިސްލާމީ ޙިލާފަތެއް ޤާއިމް ކުރުމެވެ. އެމެރިކާއާއި އދ އިން ވަނީ އެމީހުންނަކީ ޓެރަރިސްޓުން ކަމުގައި ކަނޑައަޅާފައެވެ.
އެ ޖަމާޢަތުން ވަނީ ސީރިއާގެ ހަމާގެ މިލިޓަރީ އެއާޕޯޓެއްގެ ވެސް ކޮންޓުރޯލް ނަގައިފައެވެ. އެމީހުންނަށް މިހާރު ވެސް ބައްޝާރުގެ އެދުމަށް ރަޝިއާއިން ދަނީ ޙަމަލާ ދެމުންނެވެ.








